އެމެރިކާގެ ހާރިޖީ ވުޒާރާ، ސްޓޭޓް ޑިޕާޓްމަންޓުގެ އެސިސްޓަންޓް ސެކެޓްރީ އޮފް ސްޓޭޓް ފޯ ސައުތު އެންޑް ސެންޓްރަލް އޭޝިއަން އެފެއާޒް ޑޮނާލްޑް ލޫ މާދަމާ ރާއްޖެ ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ.
އެމެރިކާގެ ހާރިޖީ ވުޒާރާއިން މައުލޫމާތުދޭ ގޮތުގައި ޑޮނާލްޑް ލޫގެ މި ދަތުރުފުޅުގައި ރާއްޖޭގެ ފޮރިން މިނިސްޓްރީ ހިންގެވުމާއި ހަވާލުވެ ހުންނެވި ސްޓޭޓް މިނިސްޓަރު އަހުމަދު ޚަލީލާ ބައްދަލުކުރައްވާނެއެވެ. މީގެއިތުރުން ސަރުކާރުގެ އެހެން ބައެއް އޮފިޝަލުންނާ އަދި އަމިއްލަ ޖަމިއްޔާތަކުގެ މެމްބަރުންނާއިިވެސް ބައްދަލުކުރައްވާނެއެވެ.
ރާއްޖެއަށް ކުރައްވާ ދަތުރުފުޅަށްފަހު އޭނާ ވަޑައިގަންނަވަނީ ނޭޕާލްގެ ކަތަމަންޑޫއަށެވެ.
އެމެރިކާގެ ތަޖުރިބާކާރު ޑިޕްލޮމޭޓެެއްކަމަށްވާ ލޫ އަކީ އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮމާބާގެ ދައުރުގައި އަލްބޭނިއާގައި ހުންނަވާ ސަފީރުގެ މަގާމް، އަދި ޓްރަމްޕުގެ ދައުރުގައި ކިރްގިސްތާނުގައި ހުންނަވާ ސަފީރުގެ މަގާމް ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ސައުތު އެންޑް ސެންޓްރަލް އޭޝިއަން އެފެއާޒް ބިއުރޯގެ އިސްވެރިޔާ ލޫގެ ޒިންމާތަކުގެ ތެރޭގައި ރާއްޖެއާއި ނޭޕާލުގެ އިތުރުން އަފްޣާނިސްތާން، ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ކިރްގިސްތާން، ކަޒަކިސްތާން، ޕާކިސްތާން، ސްރީ ލަންކާ، ތަޖިކިސްތާން، ތުރްކުމެނިސްތާން އަދި އުޒްބެކިސްތާންގެ ގުޅުންތައް ވިލަރެސްކުރުން ހިމެނެއެވެ.
އެމެރިކާގެ ހާރިޖީ ވުޒާރާ، ސްޓޭޓް ޑިޕާޓްމަންޓުގެ އެސިސްޓަންޓް ސެކެޓްރީ އޮފް ސްޓޭޓް ފޯ ސައުތު އެންޑް ސެންޓްރަލް އޭޝިއަން އެފެއާޒް މާދަމާ ރާއްޖެ ވަޑައިގަންނަވާއިރު، މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ ތެރޭގައި އޭރުގެ ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭވެސް ވަނީ ރާއްޖެ ވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު