ސިވިލް ސާވަންޓުންގެ މަސައްކަތު ގަޑި އިތުރު ކުރުމުގެ މަޝްވަރާއެއް މިހާތަނަށް ކުރެވިފައި ނުވާކަމަށް ކަމާއިބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.
ސިވިލް ސަރވިސްގެ މަސައްކަތު ގަޑިއަކީ ހެނދުނު :8:00 އިން މެންދުރުފަހު 2:00 އެވެ. ސިވިލް ސާވިސް މުވައްޒަފުން ވަޒީފާގައި ހޭދަކުރަންޖެހޭ ވަގުތު އަށްގަޑިއިރަށް އިތުރުކުރަން ސަރުކާރުން ވިސްނަމުންދާކަން މިދިޔަ ހޯމަ ދުވަހު އިކޮނޮމިކް މިނިސްޓަރ ފައްޔާޒު ވަނީ ވިދާޅުވެފައެވެ. އެއީ މިނިމަމް ވޭޖު ބޯޑުން ދިން ލަފައެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ސިވިލް ސަރވިސްގެ ވަގުތަށް ގެންނަ ބަދަލާއި ގުޅޭގޮތުން ވާހަކަތައް ދައްކަމުންދާއިރު، ސިވިލް ސާވިސް ކޮމިޝަނާއި ރައީސް އޮފީހުން ބުނީ އެފަދަ މަޝްވަރާއެއް ކުރިއަށް ނުދާކަމަށެވެ.
ސިވިލް ސާވިސް މުވައްޒަފުން މަސައްކަތް ކުރާ ގަޑި ކަނޑައަޅަނީ ރައީސް އޮފީހުންނެވެ. އަދި އެ ނިންމުން މުރާޖާކޮށް، ސިވިލް ސާވަންޓުންގެ ގަޑިއަށް ބަދަލު ގެނައުމުގެ އިހްތިޔާރު ސިވިލް ސާވިސް ކޮމިޝަނަށް ލިބިގެންވެއެވެ.
ސިވިލް ސަރވިސް ކޮމިޝަންގެ މެމްބަރަކު ވިދާޅުވީ މަސައްކަތު ވަގުތަށް ބަދަލު ގެނައުމުގެ މަޝްވަރާއެއް ކޮމިޝަންގެ މެމްބަރުންގެ މެދުގައި ހިނގާފައި ނުވާކަމަށެވެ. އަދި އެފަދަ ނިންމުމެއް ސަރުކާރުންވެސް ނިންމާނީ ސިވިލް ސާވިސް ކޮމިޝަނާއި މަޝްވަރާ ކުރުމަށްފަހުކަމަށްވެސް އެ މެމްބަރު ވިދާޅުވިއެވެ.
މެމްބަރު ވިދާޅުވީ މިހާތަނަށް ސަރުކާރުގެ އެއްވެސް އިދާރާއަކުން ސިވިލް ސާވިސް ކޮމިޝަނާއި މަސައްކަތު ވަގުތު ބަދަލުކުރުމާއި ގުޅޭ އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާކަމަށެވެ.
ސިވިލް ސަރވިސް ކޮމިޝަންގެ އިތުރުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވެސް ވަނީ ސިވިލް ސާވިސް މުވައްޒަފުންގެ މަސައްކަތު ގަޑި އިތުރުކުމުގެ މަޝްވަރާއެއް އެ އޮފީހުގައިވެސް ހިނގާފައި ނުވާކަން ޔަގީންކޮށްދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު