ބަޖެޓްގައި ހުށަހަޅާފައިވާ ގޮތަށް އާމްދަނީތައް ނުލިބި، ބަޖެޓްގެ ދަރަންޏަށް ބިލިއަނެއްހާ ރުފިޔާ އިތުރުވުމުގެ ފުރުޞަތު އެބައޮތްކަމަށް އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓާއި ގުޅޭގޮތުން ބަޖެޓް ކޮމިޓީގައި ވާހަކަފުޅުދައްކަވަމުން ނިޔާޒީ ވިދާޅުވީ އަންނަ އަހަރުވެސް އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރާ އަދަދުގެ ބޮޑުބައެއް ޓޫރިޒަމަށް ބަރޯސާވެފައިވާއިރު، ކޮވިޑުގެ ހާލަތުގެ ސަބަބުން ހުށަހަޅާފައިވާ މިންވަރަށް އާމްދަނީ ނުލިބުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
މީގެއިތުރުން، އާމްދަނީ އިތުރުކުރަން އަލަށް ހުށަހަޅާފައިވާ ބައެއް ކަންކަމަކީ ގާނޫނުތަކަށް ބަދަލު ގެނެސްގެން، ބޮޑެތި މަސައްކަތްތަކެއް ކޮށްގެން ކުރަންޖެހޭ މަސައްކަތްތަކަކަށްވާއިރު، އެކަމަށް ވަގުތު ނަގާނެކަމުގެ ކަންބޮޑުވުން އޮޑިޓަރ ޖެނެރަލް ފާޅުކުރެއްވިއެވެ.
އޭގެ އިތުރުން، ހިލޭ އެހީގެ ގޮތުގައި ފާއިތުވި ދެ އަހަރު ވެސް އަންދާޒާ ކުރި މިންވަރުގެ ބޮޑު އަދަދެއް ނުލިބޭއިރު، އަންނަ އަހަރު ވެސް ހިލޭ އެހީގެ ގޮތުގައި ލަފާކުރާ އަދަދު ނުލިބިދާނެކަމުގެ ބިރު އެބައޮތްކަމަށް ނިޔާޒީ ވިދާޅުވިއެވެ.
ނިޔާޒީ ވިދާޅުވީ ބަޖެޓްގައި ޖަހާފައިވާ ބައެއް ހިސާބުތައް ހާސިލުނުވެއްޖެނަމަ އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓަށް ބިލިއަނެއްހާ ރުފިޔާ އިތުރުވެ، ބަޖެޓްގެ ޖުމްލަ ދަރަނި 10 ބިލިއަން ރުފިޔާއަށް އެރުމުގެ ފުރުސަތު އެބައޮތްކަމަށެވެ.
ނިޔާޒީ ވިދާޅުވީ ދަރަނި ބޮޑުވެއްޖެނަމަ ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށަށް ގޮސް، ސުކޫކާއި ބޮންޑު ވިއްކުން ފަދަ ކަންކަމަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެކަމަށެވެ.
އޮޑިޓަރ ޖެނެރަލްގެ ވާހަކަފުޅުގައި ބަޖެޓު ހިފެހެއްޓުމަށްޓަކައި އާމްދަނީ ލިބޭ މިންވަރަކުން ޕްރޮޖެކްޓުތައް ކުރިއަށް ގެންދިޔުމަކީ ވަރަށް މުހިންމު ކަމެއްކަމަށްވެސް ވިދާޅުވިއެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވަނީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ފިނޭންސް މިނިސްޓްރީން ލަފާކުރާ ގޮތުގައި އަންނަ އަހަރު އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 24.3 ބިލިއަން ރުފިޔާ ލިބޭނެއެވެ. އަދި ބަޖެޓް ޑެފިސިޓް އުޅޭނީ 9.7 ބިލިއަން ރުފިޔާގައިކަމަށްވެސް ލަފާކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު