އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި މާބަނޑު އަންހެނަކު ވިހެއުމުގެ ތެރޭގައި ތުއްތު ކުއްޖަކު ނިޔާވި މައްސަލަ ފުލުހުން ތަހްގީގު ކުރަން ފަށައިފިއެވެ.
ނިޔާވި ކުއްޖާގެ އާއިލާއިން ފުލުހުންނަށް މި މައްސަލަ ހުށަހަޅާފައިވާކަމަށާއި، މި މައްސަލަ ހުށަޅާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށްވެސް މައުލޫމާތު ލިބެއެވެ. އެހެންކަމުން މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި ހާދިސާއާ ގުޅިގެން އޭއީއެޗުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ތުއްތު ކުއްޖާ ނިޔާވެފައިވަނީ ވިހެއުމުގެ ތެރޭގައި ކުއްޖާގެ ކޮނޑު ތާށިވެ ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ.
ކުއްޖާ ވިހެއުމަށް ފަހު ރިސަސިކޭޓްކުރެވުނު ކަމަށާއި، ނަމަވެސް ތުއްތު ކުއްޖާގެ ފުރާނަ ސަލާމަތްކުރަން ޑޮކްޓަރުންގެ ޓީމުން ކުރި މަސައްކަތް ނާކާމިޔާބުވީ ކަމަށް އޭއައިއެޗުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން އޭއައިއެޗުން ބުނީ ވިހެއުމުގެ ތެރޭގައި ކޮނޑު ތާށިވުމަކީ މަދުން ނަމަވެސް ދިމާވާ ހާލަތެއް ކަމަށާއި، އެފަދަ ހާލަތްތަކުގައި މައި މީހާ އަދި ދަރިފުޅުގެ ފުރާނައަށް ވެސް ނުރައްކާ ވެގެންދާ ކަމަށެވެ. އަދި މިފަދަ ކޮންމެ މައްސަލައެއް ފެންމަތިވުމުން ވެސް އެކަމެއް ބަލައި، ރަނގަޅުކުރެވެން ހުރި ކަންކަން ރަނގަޅު ވެސް ކުރާ ކަމަށް ހޮސްޕިޓަލުން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު