މާލޭގެ ގެއެއްގެ ތެރޭގައި މަރުވެ ކުނިވެފައި އޮތް މީހަކު ފެނިއްޖެ އެވެ.
ފުލުހުންގެ އިދާރާއިން ބުނީ މާލޭ މައްޗަންގޯޅީގައި ހުންނަ ފަޅު ގެއެއްގެ ތެރެއިން ކުނިވަސް ދުވާ ކަމުގެ މައުލޫމާތު ލިބިގެން މިއަދު 15:42 އެހާކަންހާއިރު ފުލުހުން ގޮސް ބެލިއިރު، މަރުވެފައި އޮތް ފިރިހެނަކު އެގޭގެ ތެރެއިން ފެނިފައިވާ ކަމަށެވެ.
ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނުނީ އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
މަރުވެފައިވާ މީހެއްގެ ހަށިގަނޑު ފަޅު ގެއެއްގެ ތެރެއިން ފެނުމާއި ގުޅިގެން މިވަގުތު ފުލުހުން އެސަރަހައްދުގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.
މަރުވެފައި އޮތް މީހާ ފެނިފައިވަނީ ބުރުޒުމަގުގައި ހުންނަ މ. އާފަލުގެ ތެރެއިންނެވެ. އެމީހާ ފެނުނުއިރު ހަށިގަނޑު ވަނީ ވަރަށް ބޮޑަށް ކުނިވެފައެވެ. އެ ގެ ފަޅަށް ހުންނަތާ ދުވަސްތަކެއް ވެފައިވާކަން ވަނީ އެނގިފައެވެ.

ކިޔުންތެރިންގެ ހިޔާލު