މުއައްސަސާތަކުން އެދޭގޮތަށް ބަޖެޓް ބޮޑުކުރާނަމަ ބަޖެޓް 60 ބިލިއަނަށް އަރާނެ ކަަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެއެވެ.
ބަޖެޓް ކޮމެޓީގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ މިހާރު ހުށަހަޅާފައިވާ ބަޖެޓަށް މުއައްސަސާތަކުން އެދޭ ބަޖެޓް އިތުރުކުރުމަކީ މި ދަނޑިވަޅުގައި ކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެގޮތަށް ބަޖެޓް ބޮޑުކުރާނަމަ 60 ބިލިއަން ރުފިޔާއަށް ބަޖެޓް އަރާނެ ކަމަށެވެ.
ބަޖެޓް އެކުލަވާލުމުގައި މިނިވަން މުއައްސަސާތަކާއިއެކުވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި ކަމަށް އަމީރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ 2021 ވަނަ އަހަރު ފާސް ކުރި ބަޖެޓުން ފެށިގެން 2023ވަނަ އަހަރަށް ލަފާކުރާ ބަޖެޓަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރާ 36 ބިލިއަން ނުވަތަ 40 ބިލިއަންގެ އާމްދަނީ ގެއްލިފައިވާ ކަމަށެވެ. ކޮވިޑްގެ މިހާލަތާއެކު، އެންމެ ބޮޑަށް ބަޖެޓް ހުށަހެޅޭނީ މިހާރު އޮތް ވަރަށް ކަމަށާއި، އެއަށް ވުރެ ބަޖެޓް ބޮޑުކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް އަމީރު ވިދާޅުވިއެވެ.
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ކަނޑައަޅާފައިވާ ބަޖެޓަށް 7 މިލިއަން ރުފިޔާ އިތުރުކުރަން ބަޖެޓު ކޮމިޓީއަށް ހުށަހަޅަން އާންމު ކޮމިޓީން ވަނީ ނިއްމާފައެވެ.
ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި 36.9 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އަންނަ އަހަރު ދައުލަތަށް 24.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ. އަދި ބަޖެޓުން 34.03 ބިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެހެންކަމުން އަންނަ އަހަރުގެ ބަޖެޓަކީ 9.7 ބިލިއަން ރުފިޔާ ޑެފިސިޓް ބަޖެޓެއް ކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު