ހިޔާގެ ކުދިންގެ ރައްކާތެރިކަމަށް އަޅުވަން ޖެހޭނީ ބިޑިއެއް ނޫން ކަމަށާއި، އެކުދިން ރައްކާތެރިކުރުމަށް އަޅަންޖެހޭނީ ލައިފް ޖެކެޓް ކަމަށް ޕްރޮސެކިއުޓާ ޖެެނެރަލް ހުސެއިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.
ޝަމީމް މިހެން ވިދާޅުވީ މީގެ ހަތަރު އަހަރު ކުރިން ކުޑަކުދިންގެ ހިޔާގެ ކުދިންތަކެއް ކޭމްޕެއްގައި ތުލުސްދޫއަށް ގެންދަނިކޮށް އެ ކުދިން ކަނޑުމަތީގައި ހަމަނުޖެހުން ހިންގަން ފެށުމުން އެ ކުދިންގެ އަތުގައި ފުލުހުން ބިޑި އެޅުވި މައްސަލައިގައި 13 ފުލުހަކަށް ދައުވާ ކުރަން ނިއްމި މައްސަލައިގައި ފުލުހުން ކަންބޮޑުވުން ފާޅުކުރުމާއި ގުޅިގެންނެވެ.
އެކަމާއި ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުދިންގެ ގައިގައި ބިޑި އެޅުވީ އެކުދިންގެ ރައްކާތެރިކަމަށްޓަކައި ކަމަށެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕްރޮސެކިއުޓާ ޖެެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ ކުދިންގެ ރައްކާތެރި ކަމަށްޓަކައި އަޅުވަން ޖެހޭނީ ލައިފް ޖެކެޓު ކަމަށެެވެ. އަދި ކުރިމައްޗަށް ވެސް ފަހަތަށް ވިޔަސް ބިޑި އަޅުވާފައި ހުއްޓާ ކުއްޖަކު ކަނޑަށް ފުންމާލައިފި ނަމަ ދާނީ އަޑިއަށްކަން ޝަމީމް ވަނީ ފާހަގަކުރައްވާފައެވެ. ޕީޖީ ޝަމީމް ވިދާޅުވީ ދައުލަތް ހިންގަން ތިބި މީހުންނަށް ވެސް ގާނޫނާ ހިލާފު ކަމެއް ކޮށްފައި ރެކިގަނެގެން ނުދެވޭނެ ކަން އެނގެން ޖެހޭ ކަމަށާއި ފުލުހުންނަށް ދައުވާ ކުރަންޖެހުމަކީ ދެރަކަމެއް ކަމަށެވެ.
"އެކަމަކު ދައުވާކުރުމަކީ ގާނޫނީ ގޮތުން އަޅުގަނޑު ކުރަން ޖެހޭ ކަމެއް." ޝަމީމް ވިދާޅުވި އެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހިޔާ ކުދިންގެ އެ ދަތުރުގައި ބައިވެރިވި ބައެއް ކުދިން ނުކިޔަމަންތެރިކަން ދެއްކުމުން އެކުދިން ކޮންޓްރޯލްކުރުމަށާއި އެ ކުދިންނާއި އެހެނިހެން ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފުލުހުން އަމަލުކޮށްފައިވަނީ ފުލުހުންގެ ގާނޫނާއި ގަވާއިދުތަކުގެ ތެރެއިންކަން، މިހާތަނަށް ލިބިފައިވާ މައުލޫމާތުން ގަބޫލު ކުރެވޭ ކަމަށެވެ.
މި މައްސަލައިގައި ދައުވާ ކުރި 13 ފުލުހުންގެ ތެރޭގައި ތިން އަންހެން ފުލުހަކު ވެސް ހިމެނެއެވެ.
ފުލުހުންގެ މައްޗަށް އުފުލާފައިވަނީ އެންޓި ޓޯޗާ ގާނޫނުގެ 21 ވަނަ މާއްދާއާއި 26 ވަނަ މާއްދާގެ (ހ) އާއި އެގާނޫނުގެ 15 ވަނަ މާއްދާއާ ހަވާލާދީ، އަދި އެ ގާނޫނުގެ 23 ވަނަ މާއްދާގެ (ކ)ގެ އެއްވަނަ ނަންބަރުގެ ދަށުންނެވެ.
އެއީ އެ ދަތުރުގައި ބައިވެރިވި ކުދިން ކޮންޓްރޯލްކުރުމުގެ ގޮތުން ބިޑި އަޅުވައިފައިވުމާއި، ބާރަށް ހަޅޭއްލަވާފައިވާ ކަމަށް ތުހުމަތުކުރެވޭތީ، ރަހުމުކުޑަ ލާއިންސާނީ އަމަލެއް ހިންގުމުގެ އަމަލު ހިންގި ކަމަށް ބުނެ އެެވެ. މި ދައުވާ ސާބިތުވެއްޖެ ނަމަ، އެއް އަހަރާއި ތިން އަހަރާ ދެމެދުގެ މުއްދަތެއްގެ ޖަލު ހުކުމެއް އެ ފުލުހުންގެ މައްޗަށް އަންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު