އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ދައުލަތުން އާސަންދައަށް ހަރަދުކުރާ ފައިސާ މަދުކުރީ ޚިދުމަތް މަދުކޮށް ކޮލެޓީ ދަށްކުރުމަށް ނޫން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެއެވެެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި ރާއްޖޭގައި ވިއްކާ ބޭހުގެ އަގު ކޮންޓްރޯލްކޮށްގެން، އާސަންދައިގެ ބަޖެޓު 730 މިލިއަން ރުފިޔާއަށް ވަނީ ދަށްކޮށްފައެވެ. މީގެ ކުރިން ބިލިއަަނަކަށްވުރެ ގިނަ ރުފިޔާ އާސަންދައަށް ބަޖެޓް ކުރެއެވެ.
އާސަންދައަށް ބަޖެޓުން ހޭދަކުރާ ފައިސާ ދަށްކޮށް ސިޔާސީ މަގާމުތައް އުފެއްދުމަށް ދައުލަތުން ބޮޑު ހޭދައެއް ކުރާތީ ޕީޕިއެމްގެ ނާއިބް ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ބަޖެޓް ކޮމިޓީގައި ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ފިނޭސް މިނސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ އާސަންދައަށް ހޭދަކުރާ ފައިސާ މަދުކުރީ އެފައިސާ އެހެން ކަމަކަށް ބޭނުންކުރުމަށް ނޫން ކަމަށާއި، އޭގެ ބޭނުމަކީ އިސްރާފު މަދުކުރަން ކަމަށެވެ.
ރާއްޖޭގައި ބޭސް ވިއްކާ އަގު މި ސަރަހައްދުގެ އެހެން ގައުމުތަކަށްވުރެ 75.9 ގުނަަ ބޮޑު ކަން ފާހަގަކުރައްވައި މިނިސްޓަރު އަމީރު ވިދާޅުވީ އާސަންދައަށް ހަރަދުކުރާ ފައިސާ އިސްރާފުވާ ގޮތަށް އެ ސްކީމް ހިންގުމަކީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށެވެ. އަދި އެގޮތަށް ރައްޔިތުންގެ ޓެކްސް ފައިސާ އިސްރާފު ކުރަން ދޫ ނުކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އެއްގޮތަކަށްވެސް އާސަންދަ އިން ރައްޔިތުންނަށް ލިބޭ ޚިދުމަތެއް މަދުކޮށްފައި ނޫނީ ކޮލެޓީ ދަށް ކުރުމަށްފަހު އެހެން ކަމެއް ކުރަނީއެކީ ނޫން، އެއީ އިއްޒަތްތެރި މެމްބަރު ޝިޔާމް ސިޔާސީ ގޮތުން ދެެއްކި ވާހަކަ އެއް." ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.
މީގެ އިތުރުން ފިނޭސް މިނިސްޓަރު އަމީރު ވިދާޅުވީ ސަރުކާރުގެ މަގުސަދަކީ އާސަންދައިން ދޭ ޚިދުމަތްތައް އެންމެ ކޮލެޓީކޮށް ދިނުން ކަމަށެވެ. އާސަންދައިގެ ބަޖެޓުން މަދުކުރި ފައިސާއަކީ ސިޔާސަތަށް ގެންނަ ބަދަލުގެ ތެރެއިން ސަލާމަތް ކުރެވޭ ފައިސާ ކަމަށް އަމީރު ވިދާޅުވިއެވެ.
"އިސްރާފަށް އެކަންކަން މަގުފަހިވެފައި އޮތުމަކީ ރައްޔިތުން އެދޭ ޓެކްސް ފައިސާ ޒިންމާދާރު ކަމަކާއެކުގައި ކުރެވޭ ކަމެއް ނޫން. އެކަންތައްތައް އެގޮތަށް ފުރުސަތު ދީގެން ހުންނާކަށް އަޅުގަނޑު ބޭނުމެއް ނޫން. ސިޔާސަތުތަކަށް ގެންނަ ބަދަލުގެ ތެރެއިން އަޅުގަނޑުމެންނަށް ސޭވް ކުރެވޭ އަދަދު މި އަންދާޒާ ކުރެވެނީ." އަމީރު ވިދާޅުވިއެވެ.
އާސަންދަ ބަޖެޓް ކުޑަކޮށް އެއްވެސް ލިމިޓެއްނެތި ސިޔާސީ އިސް ވެރިންނަށް ބޭނުން ގައުމަކުން ބޭސްފަރުވާ ކުރަން ރައްޔިތުންގެ ޓެކްސް ފައިސާއިން ހޭދަ ކުރާއިރު އާންމު ރައްޔިތަކު ރާއްޖޭގެ އަމިއްލަ ހޮސްޕިޓަލަކުން ފަރުވާއެއް ހޯދިޔަސް ލިމިޓް ކަނޑައަޅައި، އޭގެ ބައިކުޅަބައި އަމިއްލައަށް ދައްކަންޖެހޭ ކަމަށް ބުނެ ގިނަބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.

ބަޖެޓު ދިރާސާކުރާ ކޮމިޓީއިން 2022 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސްގެ ބޭފުޅުންނާ ބައްދަލުކުރުން pic.twitter.com/ZWAJQV8GPI
— People's Majlis (@mvpeoplesmajlis) November 14, 2021
"އެއްގޮތަކަށްވެސް އާސަންދަ އިން ރައްޔިތުންނަށް ލިބޭ ޚިދުމަތެއް މަދުކޮށްފައި ނޫނީ ކޮލެޓީ ދަށް ކުރުމަށްފަހު އެހެން ކަމެއް ކުރަނީއެކީ ނޫން، އެއީ އިއްޒަތްތެރި މެމްބަރު ޝިޔާމް ސިޔާސީ ގޮތުން ދެެއްކި ވާހަކަ އެއް." ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.
މީގެ އިތުރުން ފިނޭސް މިނިސްޓަރު އަމީރު ވިދާޅުވީ ސަރުކާރުގެ މަގުސަދަކީ އާސަންދައިން ދޭ ޚިދުމަތްތައް އެންމެ ކޮލެޓީކޮށް ދިނުން ކަމަށެވެ. އާސަންދައިގެ ބަޖެޓުން މަދުކުރި ފައިސާއަކީ ސިޔާސަތަށް ގެންނަ ބަދަލުގެ ތެރެއިން ސަލާމަތް ކުރެވޭ ފައިސާ ކަމަށް އަމީރު ވިދާޅުވިއެވެ.
"އިސްރާފަށް އެކަންކަން މަގުފަހިވެފައި އޮތުމަކީ ރައްޔިތުން އެދޭ ޓެކްސް ފައިސާ ޒިންމާދާރު ކަމަކާއެކުގައި ކުރެވޭ ކަމެއް ނޫން. އެކަންތައްތައް އެގޮތަށް ފުރުސަތު ދީގެން ހުންނާކަށް އަޅުގަނޑު ބޭނުމެއް ނޫން. ސިޔާސަތުތަކަށް ގެންނަ ބަދަލުގެ ތެރެއިން އަޅުގަނޑުމެންނަށް ސޭވް ކުރެވޭ އަދަދު މި އަންދާޒާ ކުރެވެނީ." އަމީރު ވިދާޅުވިއެވެ.
އާސަންދަ ބަޖެޓް ކުޑަކޮށް އެއްވެސް ލިމިޓެއްނެތި ސިޔާސީ އިސް ވެރިންނަށް ބޭނުން ގައުމަކުން ބޭސްފަރުވާ ކުރަން ރައްޔިތުންގެ ޓެކްސް ފައިސާއިން ހޭދަ ކުރާއިރު އާންމު ރައްޔިތަކު ރާއްޖޭގެ އަމިއްލަ ހޮސްޕިޓަލަކުން ފަރުވާއެއް ހޯދިޔަސް ލިމިޓް ކަނޑައަޅައި، އޭގެ ބައިކުޅަބައި އަމިއްލައަށް ދައްކަންޖެހޭ ކަމަށް ބުނެ ގިނަބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު