އިންޑިއާއާއެކު މި ސަރުކާރުން ވެފައިވާ އެއްބަސްވުންތައް ހާމަކުރީ ދިވެހި އެތައް ރައްޔިތުންނާއި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ޕްރެޝަރާހެދި ކަމަށާއި މިއީ ދިވެހީންނާއި އެ ކޯލިޝަނަށް ވެސް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ސިފަކޮށްފިއެެވެ.
ޕީޕީއެމް/ޕީއެންސީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ދިވެހި ރައްޔިތުން ސަރުކާރާއި ވެރިކަން ހަވާލުކޮށްފައިވަނީ އެއްވެސް ހާލެއްގައި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލުވާލައި ބޭރު ބައެއްގެ ފައިބުޑަށް ވެއްޓި ސަލާންޖަހާ ހިސާބަށް މި ގައުމު ގެންދަން ނޫން ކަމަަށެވެ. ވެރިކަން ހަވާލު ކުރީ ޤައުމުގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކޮށް އިސްލާމް ދީނުގެ ހިދާޔަތުގައި ތިބެ ގައުމު ތަރައްގީ ކުރުމަށް ކަމަށް ބަޔާނުގައިވެއެވެ.
އެހެންނަމަވެސް ފެންނަމުންދާ މަންޒަރަކީ ގައުމު ތަރައްގީ ކުރުމުގެ ބަދަލުގައި ގައުމުގެ ހަރުމުދާ ވިއްކާ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު އެހެން ބައެއްގެ އަތްދަށަށް ފުރޮޅާލާތަންކަމަށް އިދިކޮޅުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އަދި އެއްބަސްވުންތަކުން މިހާތަނަށް ހާމަވެފައިވާ މައުލޫމާތުތައްވެސް ހާމަވެފައިވަނީ، މިހާތަނަށް ދިވެހިރައްޔިތުންނާއި ގުޅިގެން އެކޯލިޝަނުން ސަރުކާރަށް ކުރަމުން ގެންދާ ޕްރެޝަރުތަކާ ހެދިކަމަށް ވާތީ އެއީވެސް ދިވެހި ރައްޔިތުން ކުރަމުން ގެންދާ މަސައްކަތަށް ލިބުނު ކާމިޔާބީއެއްގެ ގޮތުގައި އިދިކޮޅު ކޯލިޝަނުން ވަނީ ސިފަކޮށްފައެވެ.
"ގައުމުގެ މިނިވަންކަމުގެ ދިފާއުގައި ދިވެހީން ކުރަމުން ގެންދާ މަސައްކަތް ހުއްޓާ ނުލާ ކުރިއަށް ގެންދިއުމަށާއި، އެ މަސައްކަތަށް އަވަސް ކާމިޔާބީއެއް ލިބޭނެކަމުގެ އުންމީދުތައް އިތުރުވެފައިވާކަންވެސް ފާހަގަ ކުރަމެވެ." އިދިކޮޅުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެެ.
ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގައި އެ އެއްބަސްވުންތަކުގެ ބައެެއް މައުލޫމާތު އެމްއެންޑީއެފުން ވަނީ ހިއްސާކޮށްފައެެވެ.
އިދިކޮޅުގެ ކޯލިޝަންގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ހިއްސާކޮށްފައިވާ އެއްބަސްވުންތަކުން، ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލިގެންދާނެ އެތައްކަމެއް ހުރިކަމުގެ މަޢުލޫމާތުތައް އެނގިގެން ހިގައްޖެ ކަމަށެވެ.
އިދިކޮޅު ކޯލިޝަނުން މިހެން ބުނެފައިވާއިރު ރާއްޖޭގައި ދުއްވާ އިންޑިއާގެ ޑޯނިއާ މަތިންދާ ބޯޓު ދުއްވުމަށް އިންޑިއާގެ 25 ސިފައިންނާއި، އެ ގައުމުން ހަދިޔާކޮށްފައިވާ ކަމަށް ބުނާ ދެ ހެލިކޮޕްޓަރު ދުއްވަން ދެ ސަރަހައްދެއްގައި ތިބި 50 ސިފައިންނާއެކު ޖުމްލަ، އެގައުމުގެ 75 ސިފައިން ރާއްޖޭގައި މިވަގުތު ތިބިކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފައެެވެ.
މީގެ އިތުރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި ކަނޑުގެ ވަސީލަތްތަކާއި ދިރުންތައް ހުރި ގޮތް ދެނެގަތުމަށް ހައިޑްރޯގްރަފީ އެއްބަސްވުން އިންޑިއާއާއި އެކު ދިވެހި ސަރުކާރުން ހަދާފައިވަނީ ރާއްޖޭގެ ޗާޓު ގައުމުތަކަށް ވިއްކައިގެން ރާއްޖެއަށް ވުރެ ބޮޑު ފައިދާއެއް އިންޑިއާއަށް ލިބޭގޮތަށް ކަން ޑިފެންސް މިނިސްޓްރީން ހާމަކުރި މައުލޫމާތުތަކުން ވަނީ އެނގިފައެވެެ.

ކިޔުންތެރިންގެ ހިޔާލު