ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް, މޯލްޑިވްސް ޕޮލިޓެކްނިކަށް ޒިޔާރަތްކުރައްވައި، އެތަނުގައި ކުރިއަށްދާ ކޯސްތައް ހިނގައިނުހިނގައި ގޮތް ބައްލަވައިލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ޕޮލިޓެކްނިކަށް ކުރެއްވި ޒިޔާރަތުގައި ވަނީ އެތަނުގައި ކުރިއަށްދާ ކޯސްތައް ބައްލަވާލެއްވުމުގެ އިތުރުން، އެވަގުތު ޕޮލިޓެކްނިކްގައި ކިޔަވަމުންދިޔަ ދަރިވަރުންނާވެސް ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން ރައީސް ވަނީ ޕޮލިޓެކްނިކްގެ އިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.
މޯލްޑިވްސް ޕޮލިޓެކްނިކަކީ ޓެކްނިކަލް އަދި ވޮކޭޝަނަލް ދާއިރާއިން ޒުވާނުން ތަމްރީން ކުރުމަށް އެކި ކޯސްތައް ހިންގަމުން އަންނަ ތަނެކެވެ. މިގޮތުން އެތަނުން އަންނަނީ ސެޓްފިކެޓް ލެވެލުން ފެށިގެން ޑިޕްލޮމާ ފެންވަރުގެ ކޯސްތައްވެސް ހިންގަމުންނެވެ. މީގެ ތެރޭގައި އިލެކްޓިރިޝަނުން ތަމްރީން ކުރުމާއި އައިޓީ ކޯސްތަކާއި ވަޑާމުގެ މަސައްކަތްތަކާއި އޮފީސް އެޑްމިނިސްޓްރޭޝަންގެ ކޯސްތައް ހިމެނެއެވެ.
ޕޮލިޓެކްނިކުން 2019 ވަނަ އަހަރުން ފެށިގެން މިހާތަނަށް ކުރިއަށްގެންދިޔަ ކޯސްތަކުގެ ތެރޭގައި ސެޓްފިކެޓް ލެވެލް ދޭކުން ފެށިގެން ޑިޕްލޮމާ ލެވެލްގެ 15 ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވެއެވެ. މީގެ ތެރޭގައި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ޚާއްސަކޮށްގެން ސެޓްފިކެޓް ލެވެލްގެ 2 ޕްރޮގްރާމެއް އަންނަނީ ހިންގަމުންނެވެ. މީގެ އިތުރަށް އަތޮޅުތަކަށް ޚާއްސަކޮށްގެން 12 ރަށެއްގައި 32 ޕްރޮގްރާމެއް އަންނަނީ ހިންގަމުންނެވެ.
އެ ޕްރޮގްރާމް ތަކުން މިހާތަނަށް 574 ދަރިވަރުން ވަނީ ތަމްރީންކޮށްފައެވެ. އެގޮތުން 2019 ވަނަ އަހަރު ސެޓްފިކެޓް ލެވެލުން ފެށިގެން ޑިޕްލޮމާ ލެވެލްގެ ޕްރޮގްރާމް ތަކުގައި 238 ދަރިވަރުން ބައިވެރިވެފައި ވެއެވެ. އަދި 2020 ވަނަ އަހަރު 195 ދަރިވަރުން މި ޕްރޮގްރާމް ތަކުގައި ބައިވެރިވެފައިވާއިރު މިއަހަރުގެ މިހާތަނަށް 141 ދަރިވަރުން އަންނަނީ ތަފާތު ޕްރޮގްރާމްތަކުގައި ބައިވެރިވެ ކިޔަވަމުންނެވެ.

President @ibusolih tours Maldives Polytechnic premises and enquires about the course programmes conducted at the facility pic.twitter.com/BwJ1tfKJqm
— The President's Office (@presidencymv) November 14, 2021
ޕޮލިޓެކްނިކުން 2019 ވަނަ އަހަރުން ފެށިގެން މިހާތަނަށް ކުރިއަށްގެންދިޔަ ކޯސްތަކުގެ ތެރޭގައި ސެޓްފިކެޓް ލެވެލް ދޭކުން ފެށިގެން ޑިޕްލޮމާ ލެވެލްގެ 15 ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވެއެވެ. މީގެ ތެރޭގައި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ޚާއްސަކޮށްގެން ސެޓްފިކެޓް ލެވެލްގެ 2 ޕްރޮގްރާމެއް އަންނަނީ ހިންގަމުންނެވެ. މީގެ އިތުރަށް އަތޮޅުތަކަށް ޚާއްސަކޮށްގެން 12 ރަށެއްގައި 32 ޕްރޮގްރާމެއް އަންނަނީ ހިންގަމުންނެވެ.
އެ ޕްރޮގްރާމް ތަކުން މިހާތަނަށް 574 ދަރިވަރުން ވަނީ ތަމްރީންކޮށްފައެވެ. އެގޮތުން 2019 ވަނަ އަހަރު ސެޓްފިކެޓް ލެވެލުން ފެށިގެން ޑިޕްލޮމާ ލެވެލްގެ ޕްރޮގްރާމް ތަކުގައި 238 ދަރިވަރުން ބައިވެރިވެފައި ވެއެވެ. އަދި 2020 ވަނަ އަހަރު 195 ދަރިވަރުން މި ޕްރޮގްރާމް ތަކުގައި ބައިވެރިވެފައިވާއިރު މިއަހަރުގެ މިހާތަނަށް 141 ދަރިވަރުން އަންނަނީ ތަފާތު ޕްރޮގްރާމްތަކުގައި ބައިވެރިވެ ކިޔަވަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު