ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވެރިކަމުގެ ޒައާމަތާއި ހަވާލުވެވަޑައިގަތީ މުހިއްމު ގިނަ ވައުދުތަކަކާއެކުއެވެ. އޭގެ ތެރެއިން ވެސް ފާހަގަކޮށްލެވޭ އެއް ވަޢުދަކީ ރައްޔިތުންނާއި ގާތުން ފެންވަރު ރަނގަޅު ޞިއްހީ ޚިދުމަތެއް ފޯރުކޮށްދޭން ވެވަޑައިގެންނެވި ވަޢުދެވެ. އާންމު ރައްޔިތުންގެ ސިއްހަތާ ދުޅަހެޔޮކަމާއި ގުޅިފައިވާ މި މަސައްކަތަކީ މިސަރުކާރުގެ ވޭތުވެދިޔަ ތިން އަހަރުގެ ތެރެއިން ކޯވިޑްގެ އާލަމީ ވަބާއާއެކު ފުރިހަމަ ކުރުމުގައި އެންމެ ބޮޑެތި ގިންޖެހުންތަކާއި ކުރިމަތިލާން ޖެހުނު މަސައްކަތް ވެސް މެއެވެ. ނަމަވެސް މި ސަރުކާރުގެ މިވީ ތިން އަހަރުގައި ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ޚިދުމަތް ފުޅާކުރުމަށް ކުރެވެމުންދިޔަ މަސައްކަތްތަކަކީ ފާހަގަކޮށްލެވޭފަދަ ބޮޑެތި ބުރަ މަސައްކަތްތަކެކެވެ.

ސަރުކާރުން ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި ސިއްހީ ދާއިރާ ތަރައްގީކޮށް ކުރިއަރުވައި ޒަމާނީ ކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން އަތޮޅުތެރޭގައި ފޯރުކޮށްދޭ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ވަނީ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްފައެވެ. ރަނގަޅު ސިއްހީ ޚިދުމަތް ހޯދަން ވެއްޖެ ނަމަ މާލެއަށް ބަރޯސާވެފައި އޮތް ރާއްޖޭގެ އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންގެ އެތަކުލީފު ކުޑަކޮށްދީ ރައްޔިތުންނާއި ގާތުން ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތެއް ފޯރުކޮށްދިނުމަށް ވޭތިވެދިޔަ ތިން އަހަރުގައި ކުރެވިފައިވާ މަސައްކަތް ތަކަކީ ގިނަ ރައްޔިތުން މިހާރުވެސް ބަލައިގަންނަ ބޮޑެތި މަސައްކަތްތަކެއްކަން ފާހަގަކޮށްލެވެއެވެ.

އައު ޚިދުމަތްތައް ލާމަރުކަޒުކުރުމުގެ ސިޔާސަތުގެ ދަށުން މާލެއިން ބޭރުގައި ފުރަތަމަ ފަހަރަށް، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ނިއުރޯ ސަރޖަރީ އަދި މާލެއިން ބޭރުގައި ފުރަތަމަ ފަހަރަށް ކަކުލުހުޅު ބަދަލުކުރުމުގެ ސަރޖަރީ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ވަނިީ ކުރިއަށްގެންގޮސްފައެވެ. އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައިވެސް މި ޚިދުމަތް މިހާރު ވަނީ ތަޢާރަފުކޮށްފައެވެ.

ރަށްރަށަށް 117 އެމްބިއުލާންސް ފޮނުވުމަށް ނިންމައި، އޭގެތެރެއިން 41 އެމްބިއުލާންސް މިހާރު ވަނީ ފޮނުވާފައެވެ. މީގެއިތުރުން 76 އެމްބިއުލާންސަށް މިހާރު ވަނީ އޯޑަރުކޮށްފައެވެ. މިއީ ރާއްޖޭގެ އަތޮޅުތަކުގެ ސިއްހީ ޚިދުމަތުގައި ބޭނުން ކުރަމުންދާ ގިނަ އެމްބިއުލާންސްތައް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެ އަދި ގިނަ ރަށްތަކުގައި އެމްބިއުލާންސް ނެތި އެތައް އަހަރުތަކެއްވެ، ރައްޔިތުންނަށް ކުރިމަތިވެފައި އޮތް ބޮޑު މައްސަލައެއް ހައްލުކޮށްދިނުމަށް މިސަރުކާރުން ކުރަަމުން އަންނަ މަސައްކަތެކެވެ. އަތޮޅު ތަކުގެ ރަށްތަކުގައި ބަލި މީހުން އުފުލާނެ މިފަދަ އުޅަނދެއް ނެތި ނޫނީ ހުރި އުޅަނދުފަހަރުވެސް ބޭނުން ނުކުރެވޭ ވަރަށް ބާވެ ހަލާކުވެފައިވާތާ އެތައް ދުވަހެއް ފަހުން މި ސަރުކާރުން ބޮޑު ހޭދައެއް ކޮށްގެން ކުރަމުން ގެންދާ މިމަސައްކަތުގެ ސަބަބުން ވެސް ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޮޑެތި ކުރިއެރުން ތަކެއް ލިބިގެންދާނެއެވެ.

މިސަރުކާރުގެ ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ރާއްޖެއިން ބޭރުން ރައްޔިތުން ހޯދަން ޖެހޭ ބޭސްފަރުވާގެ އެހީއަށް 1,499,537,918 ރުފިޔާ ވަނީ ހޭދަކޮށްފައެވެ. އޭގެތެރެއިން 1,495,996,958 ރުފިޔާ އާސަންދައިގެ ދަށުން އިންޑިއާ އަދި ސްރީލަންކާއިން ފަރުވާ ހޯދަން ހޭދަކޮށްފައިވާއިރު 3,540,960.43 ރުފިޔާ މެރަނާ ސްކީމްގެ ދަށުން އިންޑިއާ، ސްރީލަންކާ އަދި މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށް ވަނީ ހޭދަކޮށްފައެވެ.

ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާއަށް ބަލާއިރު ނެޝަނަލް ސެންޓަރ ފޮރ މެންޓަލް ހެލްތު ޤާއިމުކުރުން، ނަފްސާނީ ބަލިތަކަށްދެވޭ ފަރުވާ އާސަންދައިގެ ދަށަށް ބަދަލުކުރުން އަދި 5 އަތޮޅަކަށް ސައިކޭޓްރިސްޓުންގެ ޚިދުމަތް ފުޅާކުރުން ހިމެނެއެވެ. މިއީވެސް މީގެ ކުރިން ވަރަށް ބޮޑަށް އަޅާނުލެވި ދޫކޮށްލާފައި އޮތް ދާއިރާއެކެވެ.



ރާއްޖޭގެ 5 ސަރަޙައްދެއްގައި ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލް ތަރައްގީކުރަން ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން ކުޅުދުއްފުށި، އުނގޫފާރު، އައްޑޫ ސިޓީ، ތިނަދޫ، އަދި ލ. ގަން ރީޖަނަލް ހޮސްޕިޓަލްގައި އައު ހިދުމަތްތަކެއް ވަނީ ތައާރަފްކޮށްފައެވެ. ސިއްހީ ޚިދުމަތް ލާމަރުކަޒުކޮށް ރައްޔިތުންނާ ވީހާވެސް ގާތުން ސިއްޙީ ޚިދުމަތް ލިބޭނެ މަގު ތަނަވަސް ކޮށްދިނުމަށް ކުރަމުން ގެންދާ މިމަސައްކަތުގެ ތެރޭގައި ހިމެނިގެން ހޮސްޕިޓާ ތަކުގައި އިތުރު ޚިދުމަތްތައް ތަޢާރަފުކޮށް މިހާރު ވަނީ އެފަދަ ގިނަ ޚިދުމަތްތައް ދޭން ފަށާފައެވެ.

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް:-

ފިޒިއޯތެރަޕީގެ ޚިދުމަތް ފުޅާކުރުން

މޭޖަރ ސަރޖަރީތައް ހެދުމުގެ ޤާބިލްކަން

އީއެންޓީ ޚިދުމަތާއި ލޮލުގެ ފަރުވާ

އެމް.އާރް.އައި.ގެ ޚިދުމަތް

ސީޓި ސްކޭނިންގެ ޚިދުމަތް

ލެބޯޓްރީ އަޕްގްރޭޑްކުރުން

ކާޑިއެކް ޚިދުމަތް

ޕީ.ސީ.އާރް.ލެބް

ޕަލްމޮނޮލޮޖީ އާއި ސްޕީޗްތެރަޕީގެ ޚިދުމަތް

އޮކްސިޖަން ޕްލާންޓް

ސެންޓްރަލް ސްޓެރައިލް ސަރވިސަސް ޑިޕާޓްމަންޓްގެ ޚިދުމަތް

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް:-

ފިޒިއޯތެރަޕީގެ ޚިދުމަތް ފުޅާކުރުން

މޭޖަރ ސަރޖަރީތައް

ސްކޭނުގެ ޚިދުމަތް

ލޮލުގެ ފަރުވާ

ސައިކޭޓްރިކް ޚިދުމަތް

އީ.އެން.ޓީ. ޚިދުމަތް

ތިނަދޫ ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް:-

ފިޒިއޯތެރަޕީގެ ޚިދުމަތް ފުޅާކުރުން

މޭޖަރ ސަރޖަރީތައް ހެދުމުގެ ޤާބިލުކަން

އީ.އެން.ޓީ. ޚިދުމަތް

ލޮލުގެ ފަރުވާ

ސީ.ޓީ. އާއި މެމޯގްރަފީ ޚިދުމަތް

ކޮވިޑް-19 ރީޖަނަލް އައި.ސީ.ޔޫ. ފެސިލިޓީ

ސައިކޭޓްރިކް ޚިދުމަތް

ލ.ގަން ރީޖަނަލް ހޮސްޕިޓަލްގެ އައު ޚިދުމަތްތައް:-

ފިޒިމޯތެރަޕީގެ ޚިދުމަތް ފުޅާކުރުން

މޭޖަރ ސަރޖަރީތައް ހެދުމުގެ ޤާބިލުކަން

އީއެންޓީ ޚިދުމަތް

ލޮލުގެ ފަރުވާ

ފުޓުނި އަދި ރޫޓް ކެނަލްގެ ޚިދުމަތް

ކޮވިޑް-19 ރީޖަނަލް އައި.ސީ.ޔޫ. ފެސިލިޓީ

ސީޓީ ސްކޭންގެ ޚިދުމަތް

ސައިކޭޓްރިކް ޚިދުމަތް

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް އައު ޚިދުމަތްތައް:-

ފިޒިއޯތެރަޕީގެ ޚިދުމަތް ފުޅާކުރުން

މޭޖަރ ސަރޖަރީތައް ހެދުމުގެ ޤާބިލުކަން

އީއެންޓީ ޚިދުމަތް

ލޮލުގެ ފަރުވާ

ކާރޑިއޮލޮޖީ ގެ ޚިދުމަތް

ސްޕީޗް ތެރެޕީ

ސިޓީ ސްކޭންގެ ޚިދުމަތް

އެމް.އާރ.އައި.ގެ ޚިދުމަތް

ކޮވިޑް -19 ރީޖަނަލް އައި.ސީ.ޔޫބފެސިލިޓީ

އިންހައުސް ފާރމަސީގެ ޚިދުމަތް

ލެބޯޓްރީގައި ހިސްޓޯޕްނޯލޮޖީގެ ޚިދުމަތް

އެކޯ ކާޑޮއޯގްރަފީ ގެ ޚިދުމަތް

ހޯލްޓަރ މޮނިޓަރިންގ

އީ.އެމް.ޖީ އަދި އީ.އީ.ޖީ ގެ ޚިދުމަތް

ޒަމާނީ ފެންވަރުގެ ސީއެސްއެސްޑީއެއް.

ބްރޮންކޯސްކޯޕީ

ކޮލޮނަސްކޯޕީ

އެންޑޮސްކޯޕީ

ސައިކޭޓްރިސްޓް ޚިދުމަތް

ޓާޝަރީ ހޮސްޕިޓަލްތައް ތަރައްގީކުރުމުގެ އިތުރުން ރައްޔިތުންނާ ގާތުން ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށްވެސް ނިމިދިޔަ މިސަރުކާރުގެ ތިން އަހަރުގައި ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. އެގޮތުން މޯބައިލް ލެބޯރިޓަރީގެ ޚިދުމަތް ހއ، ށ، ނ، ރ، މ، އަދި ލ އަތޮޅުގައި ވަނީ ފަށާފައެވެ. މީގެއިތުރުން އަތޮޅު ހޮސްޕިޓަލްތަކަށް ދަތުގެ ފަރުވާ ފުޅާ ކުރުމާއި، އަތޮޅު ތެރެއަށް ޑައިލިސިސްގެ ޚިދުމަތް ވެސް ވަނީ ފުޅާކޮށްފައެވެ.



މީގެއިތުރުން ތެލެސީމިއާ ކުދިންނަށް ފަރުވާދިނުމަށް ހުރިހާ އަތޮޅަކުން ފެރިޓިންގ ޓެސްޓު ހެދުމުގެ އިންތިޒާމާއި، ބޯންމެރޯ ޓްރާންސްޕްލާންޓް ހަދާ ކުދިންނަށް ބޭހާއި ވެކްސިން ލިބޭނެ އިންތިޒާމް ވެސް ވަނީ ހަމަޖައްސާފައެވެ. އަދި އިމަރޖެންސީ މެޑިކަލް ސަރވިސް (އީ.އެމް.އެސް) ވަކި ޚިދުމަތެއްގެ ގޮތުގައި ވަނީ ތައާރަފްކޮށްފައެވެ.

ކުރިން ވެސް ދެންނެވި ފަދައިން ޞިއްޙީ ޚިދުމަތް ތަރައްގީކޮށް ފުޅާކޮށް މިސަރުކާރުގެ ލާމަރުކަޒީ ސިޔަސަތާއި އެއްގޮތަށް ލާމަރުކަޒުކޮށް ރައްޔިތުންނާއި ގާތުން ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތެއް ދިނުމަށް ވޭތުވެދިޔަ ތިން އަހަރުގައި، ބޮޑެތި ގޮންޖެހުންތަކާއި އެކުވެސް ސަރުކާރުން ކުރެވިފައިވާ މަސައްކަތް ތަކަކީ އެދެވޭ ރަނގަޅު ނަތީޖާތަކެއް ވެސް ލިބެމުން އަންނަ މިހާރުވެސް އެންމެ ހަލުއިކޮށް ކުރެވެމުންދާ އެއް މަސައްކަތެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން