ބްރެޒިލް އިން ރާއްޖެ އަށް ވައިގެ މަގުން އައި މީހެއްގެ އަތުން 18 ކިލޯގެ މަސްތުވާތަކެތީގެ އަތުލައިގެންފި އެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނީ މިމަހުގެ ދެވަނަ ދުވަހު މަސްތުވާތަކެއްޗާ އެކު އަތުލައިގަތީ އުމުރުން 28 އަހަރުގެ ބްރެޒިލްގެ ފިރިހެނެއް ކަމަށެވެ. އެގޮތުން އޭނާގެ ޢަމަލުތައް ހުރި ގޮތާމެދު ޝައްކުކުރެވިގެން އޭނާގެ ލަގެޖު ބަލައި ފާސްކުރުމުން ލަގެޖު ތެރެއިން މަސްތުވާތަކެތި ފެނިފައިވާކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.
އޭނާގެ ލަގެޖުން ފެނުނުތަކެތި ޓެސްޓް ކުރުމުން ކޮކެއިން އަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި އެތަކެތީގެ ޖުމުލަ ބަރުދަނުގައި 18.857 ކިލޯ ގުރާމް ހުރި ކަމަށްވެސް ކަސްޓަމްސް އިން މައުލޫމާތުދެ އެވެ. އަދި އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު 94 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.
ކަސްޓަމްސް އިން ބުނީ އެ މައްސަލާގައި އެ ސަރވިސްގެ ބެލުމުގެ ދަށަށް ގެންދިޔަ މީހާއާއި އެމީހާގެ އަތުން ފެނުނު ތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައި ކަމަށެވެ.

ބްރެޒިލް އިން ރާއްޖެ އައި މީހެއްގެ އަތުން ޖުމްލަ 18.857 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި.@AbdullaSh4reef @MariyaDidi pic.twitter.com/Wuki5fRUzp
— Maldives Customs (@CustomsMv) November 23, 2021
ކަސްޓަމްސް އިން ބުނީ އެ މައްސަލާގައި އެ ސަރވިސްގެ ބެލުމުގެ ދަށަށް ގެންދިޔަ މީހާއާއި އެމީހާގެ އަތުން ފެނުނު ތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައި ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު