އަހުމަދު މަސްނޫމް   1 ޑިސެމްބަރު 2021 - 22:54
ކޯވިޑްގެ އައު ވޭރިއަންޓް، އޮމިކްރޯން ސައުދީ އަރަބިއްޔާއިން ފެނިއްޖެއެވެ.

ސައުދީ އަރަބިއްޔާގެ ޤައުމީ ނިއުސް އެޖެންސީ އެސްޕީއޭއިން ބުނާގޮތުން ސައުދީން އޮމިކްރޮން ފެނުނީ އުތުރު އެފްރިކާގެ ޤައުމަކުން އެ ޤައުމަށް މިއަދު ދަތުރުކުރި މީހެއްގެ ކިބައިންނެވެ. އަދި އެކަމާއި ގުޅިގެން ޕޮޒިޓިވްވި މީހާއާއި، އޭނާއާ ކޮންޓެކްޓްވެފައިވާ މީހުން ކަރަންޓީންކޮށްފައިވާކަމަށް ސައުދީގެ ކަމާއި ބެހޭ ފަރާތްތަކުން ބުނެއެވެ. މިއީ މެެދު އިރުމަތިން އޮމިކްރޮން ފެނުނު ފުރަތަމަ ޤައުމެވެ.

އޮމިކްރޯން އެންމެ ފުރަތަމަ ފެނިފައިވަނީ ދެކުނު އެފްރިކާއިންނެވެ. އަދި އެކަމާއި ގުޅިގެން ބައެއް ޤައުމުތަކުން ވަނީ އެފްރިކާ ޤައުމުތަކުން އަންނަ ފަރާތްތަކަށް އެ ޤައުމުތަކުގެ ބޯޑަރު ބަންދުކޮށްފައެވެ. ނަމަވެސް ޑަބްލިއުއެޗްއޯއިން ވަނީ އެކަމާއި ދެކޮޅަށް ވާހަކަދައްކާފައެވެ.

ބޯޑަރުތައް ބަންދު ކުރުމާއި ގުޅިގެން، ޑަބްލިއުއެޗްއޯއިން ވަނީ މިކަމުގެ ސަބަބުން އާންމު ދިރިއުޅުމަށާއި، ދިރިއުޅުމުގެ އެހެނިހެން ކަންކަމަށް ބޮޑެތި ދަތިތަކެއް ދިމާވާނެ ކަމަށް ބުނެ އެކަން އެގޮތަށް ނުކުރުމަށް އެދިފައެވެ.

ޑަބްލިއުއެޗްއޯގެ އެފްރިކާ ބައްރުގެ ރީޖަނަލް ޑައިރެކްޓަރ ޑރ. މަޓްޝިޑިސޯ މޮއިޓީ ވިދާޅުވީ ކޮވިޑްގެ ސަބަބުން ގިނަ ގޮންޖެހުތަކެއް އެބަހުރި ކަމަށާއި، ނަމަވެސް ވައިރަހުން އަރައިގަތުމުގައި ކާމިޔާބު ލިބޭނީ ބައިބައި ނުވެ، ގުޅިގެން ހައްލު ހޯދުމަށް މަސައްކަތް ކުރުމުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން