ކޯވިޑްގެ އައު ވޭރިއަންޓް، އޮމިކްރޯން އިންޑިއާއިން ފެނިއްޖެއެވެ.

އިންޑިއާާއިން އޮމިކްރޯން ފެނުނީ ކަރްނާޓަކާ ސްޓޭޓުންނެވެ. އެގޮތުން އެ ސްޓޭޓަށް ގައުމުން ބޭރުން އެތެރެވި ދެ މީހެއްގެ ހަށިގަނޑުން އޮމިކްރޯން ވޭރިއެންޓު ފެނިފައިވާކަމަށް ކަމާއިބެހޭ ފަރާތްތަކުން ބުނެއެވެ. އެ ދެ މީހުންނަކީ ވެސް އެހެން ގައުމެއްގެ ރައްޔިތުންކަމަށްވެސް ހަބަރު ލިބެއެވެ. އަދި އެމީހުންނާ ގުޅުން ހުރި ކޮންޓެކްޓުތައް ޓްރޭސް ކުރުމުގެ މަސައްކަތް ވެސް މިހާރު ވަނީ ކުރިއަށްގެންގޮސްފައެވެ.

މިއީ އޮމިކްރޯން ވޭރިއެންޓް އިންޑިއާއިން ފެނުނު ފުރަތަމަ ފަހަރެވެ.

އޮމިކްރޯން ވޭރިއެންޓު އެންމެ ފުރަތަމަ ފެނުނީ އެފްރިކާގެ ދެކުނުގެ ގައުމުތަކުންނެވެ. އޭގެފަހުން މިހާތަނަށް ދުނިޔޭގެ 29 ގައުމަކުން އޮމިކްރޯނާ ގުޅުން ހުރި 373 ކޭސް ވަނީ ފެނިފައެވެ.


ކިޔުންތެރިންގެ ހިޔާލު


11

ކިންގްމޭކަރ

05-Dec-2021

އިންޑިއާ މީހުން މިގައުމައް އެތެރެ ވުން ހުއްޓުވާ.



ޓްރެންޑިން