އައްޑޫ ސިޓީ ކައުންސިލްގެ ގާނޫނީ ވަކީލް އަބްދުﷲ އިހްސާންގެ ކާރުގައި ރޯކޮށްލައިފިއެވެ.
ރާއްޖޭގެ ބައެއް މީޑިއާތަކަށް މަޢުލޫމާތު ދެމުން އިޙްސާން ބުނެފައިވަނީ ރޭ ފަތިހު ހިންގި މި ޙާދިސާއަކީ ރާވައިގެން ގަސްތުގައި ހިންގާފައިވާ ޢަމަލެއް ކަމަށް ޤަބޫލުކުރެވޭ ކަމަށެވެ. އަލިފާން ރޯކޮށްލިތާ އިރުކޮޅެއް ފަހުން އާންމުންގެ މަސައްކަތުން އަލިފާންގަނޑު ވަނީ ނިއްވާލާފަ އެެވެ.
ނަމަވެސް ކާރުގެ ޑިކީ ބިއްލޫރިގަނޑު ތަޅައިލައި ޕެޓްރޯލް އަޅާފައިވާކަމަށާއި ކާރުވަނީ އިތުރަށް ބޭނުން ނުކުރެވޭވަރު ވެފައި ކަމަށް އިޙްސާން ވިދާޅުވިއެވެ. މި ޢަމަލަކީ ކައުންސިލްގައި އޭނާ ކުރާ މަސައްކަތާ ގުޅިގެން ހިންގި ޢަމަލެއް ކަމަށްވެސް އިޙްސާން ވަނީ ތުހުމަތު ކޮށްފައެވެ.
އިހްސާނަކީ ކޯޓުތަކުގައި އައްޑޫ ކައުންސިލް ތަމްސީލްކުރުމުގެ އިތުރުން ކައުންސިލްގެ މުހިންމު ބިޑް ކޮމިޓީތަކުގައި ހިމެނޭ މެމްބަރެކެވެ.
އެ މައްސަލަ މިހާރު ފުލުހުންނަށް ހުށައަޅާފައިވާކަމަށް އިޙްސާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު