އެހެން ދީންތައް ރާއްޖޭގައި ފެތުރުން ހުއްޓުވޭނީ ރައްޔިތުން މަގުމައްޗަށް ނުކުމެގެންތޯ ވިދާޅުވެ، ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމްގެ ނުސީދާ އިންޒާރެއް ސަރުކާރަށް ދެއްވައިފިއެވެ.
ޑރ. ޝަހީމް މިހެން ވިދާޅުވީ ރާއްޖޭގައި އެހެން ދީންތައް ފެތުރުމަށް އިންޓަނެޓްގައި ހިންގާ އަމަލުތައް ހުއްޓުވުމަށް ވަގުތު ނަގާނެކަމަށް މޯލްޑިވްސް ޕޮލިސް ސާވިސުން ބުނުމާއި ގުޅިގެނެވެ. އެގޮތުން ދިވެހިންގެ މެދުގައި އިސްލާމްދީން ނޫން އެހެން ދީންތައް ފެތުރުމަށް ހިންގާ ވެބްސައިޓުތަކާއި ސޯޝަލް މީޑިއާ ޕޭޖުތަކާއި، ޔޫޓިއުބު ޗެނަލްތަކާއި އެކި ބާވަތުގެ އެޕްލިކޭޝަންތައް ބްލޮކްކުރަން ކްރިމިނަލް ކޯޓުން އަމުރުކުރި ނަމަވެސް އެކަމަށް އަދި ވަގުތު ނަގާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މިކަން ހުއްޓުވޭނީ ރައްޔިތުން މަގުމައްޗަށް ނުކުމެގެންކަމުގައިވާނަމަ، ވަރުގަދަ ސުލްހަވެރި ހަރަކާތަކަށް ތައްޔާރުވުމަށް ޑރ. ޝަހީމް ވަނީ ގޮވާލައްވާފައެވެ. ޝަހީމް ވިދާޅުވީ ރާއްޖޭގައި ނަސާރާދީން ފެތުރުމުގެ ހަރަކާތަށް ޖާގަދީގެން ނުވާނެކަމަށާއި، ވަގުތުން އެކަން ހުއްޓުވަންޖެހޭކަމަށެވެ.
ޝަހީމް ވަނީ ރާއްޖޭގައި ނާސާރާ ދީން ފެތުރުން ހުއްޓުވުމަށްކުރާ މަސައްކަތުގެ ތަފްސީލް ހާމަކުރުމަށް އިސްލާމިކް މިނިސްޓްރީއަށްވެސް ގޮވާލައްވާފައެެވެ.
އިސްލާމްދީން ނޫން އެހެން ދީންތައް ފެތުރުމަށް ހިންގާ ވެބްސައިޓުތަކާއި ސޯޝަލް މީޑިއާ ޕޭޖުތަކާއި، ޔޫޓިއުބު ޗެނަލްތަކާއި އެކި ބާވަތުގެ އެޕްލިކޭޝަންތައް ބްލޮކްކުރަން ކްރިމިނަލް ކޯޓުން މިމަހުގެ 28 ވަނަ ދުވަހު އަމުރެއް ނެރުނީ ރާއްޖޭގައި ޣައިރު ދީންތައް ފެތުރުމަށް އިންޓަނެޓުގެ ޒަރީޔާއިން ކުރަމުންދާ މަސައްކަތްތައް އެކި އިދާރާތަކާ ގުޅިގެން ތަހުގީގުކުރުމަށްފަހު ފުލުހުން ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެންނެވެ.
ކުރިމިނަލް ކޯޓުން ނެރުނު އަމުރާ ގުޅިގެން އެ އަމުރު ތަންފީޒުކުރުމަށް ރާއްޖޭގައި އިންޓެނެޓު ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ފުލުހުން ވަނީ އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު