އެމަނިކުފާނަކީ ފޯމާ ޕްރެޒިޑެންޓް އޮފީސް ނުވަތަ ކުރީގެ ރައީސްގެ އޮފީސް ކިޔާފައި އޮފީސް ހަދައިގެން ދައުލަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގާ ބޭފުޅެއް ނޫން ކަމުގައި ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެއެވެ.
"ރަސް އޮންލައިން" އަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ރައީސް އަބްދުﷲ ޔާމިން ވިދާޅުވީ އެމަނިކުފާނު ދައުރު ހަމަކުރައްވައި ވެރިކަމުން ފައިބައި ވަޑައިގެންނެވީއްސުރެ ކުރީގެ ރައީސުންނަށް ދޭ އިނާޔަތް ދިނުން ހުއްޓާލުމާ ހަމައަށް ނުވަތަ ޖަލަށް ވަޑައިގަންނަވާން ދެންވެސް ނެންގެވީ ކުރީގެ ރައީސުންނަށް ދޭ އިނާޔަތުގެ ފައިސާއަށްވާ އެއްލައްކަ ރުފިޔާ އެކަނި ކަމަށެވެ. ކުރީގެ ރައީސްގެ އޮފީސް ހަދައިގެން ގައުމަށް ފައިދާހުރި މަސައްކަތް ކުރަނީއޭ ކިޔައިގެން ދައުލަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަންގަވާފައި ނުވާނެ ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.
"އަޅުގަނޑަކީ ކުރީގެ ރައީސް އޮފީސް ހަދައިގެން ދައުލަތުން ބޮޑެތި އަދަދުތަކުން ލާރި ނަގަން އުޅޭ މީހެއް ނޫން. އަޅުގަނޑު ވެރިކަމުން ފޭބިފަހުން ވެސް އެލަވަންސްގެ ގޮތުގައި ނަގަމުން މިގެންދަނީ މަހަކު އެއްލައްކަ ރުފިޔާ. އެނޫން އެއްޗެއް އަޅުގަނޑު ނުނަގަން. އަޅުގަނޑު ޖަލަށް ގެންދާން ދެންވެސް ދައުލަތުން ނެގީ އެވަރު. އަދި ދެން ވެސް އަޅުގަނޑު ނަގާނީ ގާނޫނުގައި އޮންނަ ކުރީގެ ރައީސްކަންކޮށްފައިވާ މީހަކަށް ދޭން އޮންނަ އެލަވަންސް. އަޅުގަނޑު ފޯމާ ޕްރެސިޑެންޓް އޮފީހެއް ނުހިންގަން. އެހެން ކިޔައިގެން ދައުލަތުން ފައިސާ ނަގާނެ މީހެއް ނޫން އަޅުގަނޑަކީ. އަދި މިހާތަނަށް ނަގާފައެއް ވެސް ނޯންނާނެ." ރައީސް ޔާމިން ވިދާޅުވިއެވެ.
ރައީސް ޔާމިން ވިދާޅުވީ އެމަނިކުފަމާނުގެ މައްޗަށް ދަށު ކޯޓުން އިއްވާފައިވާ ފަސް އަހަރުގެ ޖަލުހުކުމް ސްޕްރީމް ކޯޓުން ބާތިލުކޮށްފައިވާތީ ބަންދުގައި ހުންނެވި މުއްދަތުގައި ނުލިބިވާ އެލަވަންސް ހޯއްދެވުމަށް ހުށައަޅުއްވާފައި ވާނެ ކަމަށެވެ. ނަމަވެސް އެއީވެސް މިހާރު ނޫސް ތަކުގައި ރިޕޯޓްކޮށްފައިވާ ވަރުގެ ބޮޑު އަދަދެއް ނޫން ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.
"އަޅުގަނޑު އެދިފައި އޮންނާނީ އަޅުގަނޑަށް މަހަކު ލިބެމުން އައި މިދެންނެވި އެއްލައްކަ ރުފިޔާ ރުޖޫޢަކޮށްދޭން. މެދުކެނޑުނު ހިސާބުން އެގެއްލުނު ފައިސާ ހޯދަން އެދިފަ އަޅުގަނޑު އޮންނާނީ." ރައީސް ޔާމިން ވިދާޅުވިއެވެ.
ނަމަވެސް މިއަދު ނޫސްތަކުން ރިޕޯޓްކޮށްފައިވަނީ ރައީސް ޔާމީން ޖަލުގައި ނުވަތަ ހައްޔަރުގައި ހުންނެވި ދެ އަހަރު ދުވަހަށް ފައިސާ ދޭނަމަ ދައުލަތުން ރައީސް ޔާމީނަށް 6.6 މިލިއަން ރުފިޔާ ދޭން ޖެހޭނެ ކަމަށެވެ. އެއީ ވެރިކަން ކޮށްފައިވާ ރައީސުންނަށް ދޭ އެލަވަންސްގެ އިތުރުން ފޯމާ ޕްރެޒިޑެންޓްސް އޮފީސް ހިންގާނަމަ ދޭން އޮންނަ ފައިސާއާއެކު މަހަކަށް 275000 ރުފިޔާގެ މަގުން ހިސާބު ޖަހައިގެންނެވެ. ނަމަވެސް ފޯމާ ޕްރެޒިޑެންޓްސް އޮފީސް ހިންގަން ދޭ އެލަވަން ރައީސް ޔާމިން ނުނަންގަވާތީ އެމަނިކުފާނު ބަންދުގައި ހުންނެވި ދެއަހަރު ދުވަހަށް ނުވަތަ ސައްވީސް މަހަށް ލިބިވަޑައިގަންނަވާނީ ނުވަތަ ދައުލަތުން ދޭން ޖެހޭނީ 2.4 މިލިއަން ރުފިޔާއެވެ.
ރައީސް ޔާމީން "ރަސް އޮންލައިން" އާއި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައި ވަނީ އެމަނިކުފާނު ފިނޭންސަށް ހުށައަޅުއްވާފައި ވާނީ ވެސް އެއަދަދު ހޯއްދެވުމަށް ކަމަށެވެ. އަދި މިމަހު އެމަނިކުފާނަށް ފިނޭންސް މިނިސްޓްރީން ޖަމާކޮށްފައި ވަނީ ވެސް އެއްލައްކަ ރުފިޔާ ކަމުގައި ރައީސް ޔާމިން ވިދާޅުވިއެވެ.
ކުރީގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް ކުރިމިނަލް ކޯޓުން ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ 2019 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 28 ވަނަ ދުވަހުގައެވެ. އެމަނިކުފާނުގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލުކުރީ 2021 ވަނަ އަހަރުގެ ނޮވެންބަރު 30 ވަނަ ދުވަހުގައެވެ.
ރައީސް ޔާމިން މިނިވަން ވުމުގެ އުފަލުގައި ހުކުރު ދުވަހުގެރޭ ޕީޕީއެމުން ވަނީ ޚާއްޞަ ޖަލްސާއެއް ބާއްވާފައެވެ. ގިނަ އަދަދެއްގެ ސަޕޯޓަރުންނާއެކު ބޭއްވި މިޖަލްސާގައި ދޮޅުގަޑިއެއްހާއިރު ރައީސް ޔާމީން ވާހަކަފުޅު ދައްކަވާފައިވާއިރު ސަރުކާރަށާއި އެމަނިކުފާނުގެ ވާދަވެރިންނަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވައި ސަރުކާރަށް ވަރަށް ބޮޑެތި ފާޑުކިއުންތަކެއް ވަނީ އަމާޒު ކުރަށްވާފައެވެ. އެވާހަކަތަކަށް ސަރުކާރުގެ ވަޒީރުންގެ ފެންވަރުގެ އެއްވެސް ބޭފުޅަކު މިހާތަނަށް ވެސް ރައްދެއް ދެއްވާފައި ނުވާކަން ފާހަގަ ކުރެވެއެވެ. އެމަނިކުފާނަށް އަދިވެސް ބޮޑު ތަރުހީބެއް އޮތްކަން އެޖަލްސާއިން ފެނިގެން ގޮސްފައިވާ ކަމަށް ގިނަ ބަޔަކު ބުނެއެވެ.
އެއާއެކު ކުރިއަށް އޮތް 2023 ގައި ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ވާދަކުރަށްވާނެކަން އެޖަލްސާއިން ވެސް ވަނީ ކަށަވަރުވެގެން ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު