ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ހައްޔަރުކުރާ ހާލަތުގައި ވެސް ހަނުހުރުމުގެ ހައްގު ގެއްލޭނީ ބަންދުގައި ހުންނަ އިރު އެކަނި ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނުގައި ބުނެފައިވަނީ އެ ގާނޫނުގެ ދަށުން ތުހުމަތެއްގައި ބަންދުކުރާ މީހުންނަށް ހަނު ހުރުމުގެ ހައްގެއް ނުލިބޭނެ ކަމަށެވެ. އެކަމަކު ތ. އަތޮޅުގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިިންސީ ގޯނާކުރުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް، ގާނޫނީ އިންޒާރު ދިން އިރު ވެސް ފުލުހުން ވަނީ އޭނާއަށް ހަނު ހުރުމުގެ ހައްގު ނޯންނާނެ ކަން އަންގާފައެވެ.
އެމީހާ ބަންދުކުރަން އެ ރަށު ކޯޓުން ކުރި އަމުރަށް ހައި ކޯޓުން ވަނީ ތާއިދުކޮށްފައެވެ. ސްޕްރީމް ކޯޓުން އެގޮތަށް ހުކުމްކުރީ އެމައްސަލަ އެމީހާގެ ފަރާތުން އިސްތިއުނާފަށް ހުށައެޅުމުންނެވެ. ސްޕްރީމް ކޯޓުން ކުރި ހުކުމުގަައި ބުނެފައިވަނީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ހައްޔަރުކުރާ ހާލަތުގައި ވެސް ހަނު ހުރުމުގެ ހައްގު އޮންނާނެ ކަމަށެވެ. ސްޕްރީމް ކޯޓުގެ ހުކުމުގައި ބުނީ ޖިނާއީ އިޖުރައާތުގެ ގާނޫނު އޮންނަ ގޮތުން ހައްޔަރު ކުރުމާއި ބަންދު ކުރުމަކީ ތަފާތު ދެ ކަމެއް ކަމަށެވެ. އަދި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނުގެ 27 ވަނަ މާއްދާ އޮންނަ ގޮތުން، ހަނު ހުރުމުގެ ހައްގު ނުލިބޭނީ ބަންދުގައި ހުންނައިރު ކަމަށާއި އެހެންކަމުން ހައްޔަރު ކޮށްފައި ހުންނަ ހާލަތުގައި ހަނު ހުރުމުގެ ހައްގު އޮންނާނެ ކަމަށް ސްޕްރީމް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
ސްޕްރީމް ކޯޓުގެ ހުކުމުގައި އިތުރަށް ބުނެފައިވަނީ ހަނު ހުރުމުގެ ހައްގު ގާނޫނުއަސާސީން ލިބިދީފައި ވަނީ މަޖުބޫރު ކޮށްގެން އިއުތިރާފު ބަޔާން ނެގުމުގެ ފުރުސަތު ކުޑަކުރުމުގެ ގޮތުން ކަމަށާއި ތަހުގީގު މަރުހަލާގައި ބިރުގަތުމުގެ ސަބަބުން އޮޅިގެން ނުވަތަ ހަނދާން ނެތިގެން ދެއްކޭ ވާހަކަތަކުން ވެސް އަމިއްލަ ނަފްސު ކުށްވެރިވާ ފަދަ ވާހަކަތައް ދެއްކުމުގެ ފުރުސަތު އޮންނަ ކަމަށެވެ. އެހެންކަމުން ހަނު ހުރުމުގެ ހައްގު ފުޅާ ދާއިރާއެއްގައި ގާނޫނު އަސާސީން ލިބިދީފަައި އޮތްއިރުު، އެ ހައްގު ހަނި ކުރެވޭނީ މަޖިލީހުން ފާސްކުރާ ގާނޫނަކުން ކަމަށް އެ ހުކުމުގައި ކަނޑައަޅާފައި ވެއެވެ.
ސްޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ މީހާ ހައްޔަރު ކުރުމަށް ފަހު، ގާނޫނީ އިންޒާރު ދިން އިރު، އޭނާއަށް ހަނު ހުރުމުގެ ހައްގު ނޯންނާނެ ކަމަށް ފުލުހުން އެންގި އެންގުމަކީ ގާނޫނާ އެއްގޮތަށް އެންގި އެންގުމެއް ނޫން ކަމަށެވެ. އެކަމަކު އެއީ އޭނާ ބަންދުން ދޫކޮށްލަންޖެހޭ ސަބަބެއް ނޫން ކަމަށާއި އެހެންކަމުން ހައި ކޯޓުގެ ހުކުމް ރަނގަޅު ކަމަށް ސުޕްރީމް ކޯޓުން އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ހުކުމްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު