ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، އިންޑިއާއިން ފޮނުވާ ޑޯނިއާ ފްލައިޓުތައް ފޮނުވައިދިނުން އަވަސް ކޮށްދިނުމަށް އޭރުގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އިންޑިއާގައި އާދޭސް ދަންނަވައިފައިވާ ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވެއްޖެއެވެ.
ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވީ ކޮމިޓީން ބެލި ބެލުމުގައި ޑޯނިއާ ފްލައިޓަކީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޑިފެންސް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވަނިކޮށް ގެނައި އެއްޗެއްކަން އެނގޭ ކަމަށެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، އިންޑިއާއިން ފޮނުވާ ޑޯނިއާ ފްލައިޓުތައް ފޮނުވައިދިނުން އަވަސް ކޮށްދިނުމަށް އޭރުގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އިންޑިއާގައި އާދޭސް ދަންނަވައިފައިވާ ކަމަށް އަނދުން ހުސެއިން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކޮމިޓީގެ ރިޕޯޓު ފާސްކުރި ދުވަހު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ އިސްލާހުތަކަކީ ވެސް ދެ ގައުމުން ވެފައިވާ ކަންކަމަށް މުޅިން ފުށުއަރާ ފަދަ އިސްލާހުތަކެއް ކަމަށެވެ. ހަމައެހެންމެ އުތުރުތިިލަފަޅު އެއްބަސްވުމަކީ ވެސް 2016 އިން ފެށިގެން މަޝްވަރާ ކުރަމުން އައިސް، ވެވިފައިވާ އެއްބަސްވުމެއް ކަން އަނދުން ހުސެއިން ވަނީ ފާހަގަކުރައްވާފައެވެ. އަނދުން ހުސެއިން ވިދާޅުވީ ސަރުކާރުން އެ އެއްބަސްވުމަށް ގެނެސްފައިވަނީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ފައިދާވާނެ ގިނަ ބަދަލުތަކެއް ކަމަށެވެ. އެގޮތުން ޖޮއިންޓްކޮށް ހިންގަން އޮތް ހަރަކާތް މި ސަރުކާރުން ސާވިސަސް އެންޑް ސަޕޯޓު އެއްބަސްވުމަކަށް ބަދަލުކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ދިވެހި ސަރުކާރުން އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތަކުގައި މައްސަލައެއް އޮތްތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ)އަށް ހުށަހެޅުނު މައްސަލަ ދިރާސާކުރުމަށްފަހު، ކޮމިޓީން އެ އެއްބަސްވުމުގައި ގޯހެއް ނެތް ކަމަށް ވަނީ ނިންމާފައެވެ. ކޮމިޓީން ފާސްކުރި ރިޕޯޓު ރައްޔިތުންގެ މަޖިލީހުން ވެސް ވަނީ ފާސްކޮށްފައެވެ.
ކޮމެޓީން ދިރާސާކުރީ އިންޑިއާއާއެކު ވެފައިވާ ތިން އެއްބަސްވުމެކެެވެ.
އޭގެތެރޭގައި ހިމެނެނީ ކަނޑުގެ ޗާޓުތައް ކުރަހަން ސޮއިކޮށްފައިވާ ހައިޑުރޯގްރަފީ އެއްބަސްވުމާއި ރާއްޖެއަށް އިންޑިއާއިން ދިން އަސްކަރީ ޑޯނިއާ މަތިންދާބޯޓު އޮޕަރޭޓުކުރުމުގެ އެއްބަސްވުމުގެ އިތުރުން އުތުރުތިލަފަޅުގައި އަސްކަރީ ބަނދަރެއް ތަރައްގީކުރުމުގެ އެއްބަސްވުމެެވެ. އެއްބަސްވުންތަކުގައި ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ނުރައްކާވާފަދަ ކަމެއް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު