އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާއެއްގެ ޝަރީއަތް މާދަމާ ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފިއެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފައިވަނީ މާދަމާ ހެނދުނު 9:00 އަށެވެ.
ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ގަބޫލު ކުރުމުގެ ދެ ދައުވާ އުފުލައި ޕީޖީ އޮފީހުން ވަނީ އެމައްސަލަ ކްރިމިނަލް ކޯޓަށް ހުށައަޅާފައެެވެ. އެ ދެ ދައުވާ ރައީސް ޔާމިންގެ މައްޗަށް އުފުލާފައިވަނީ ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރަން ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުޢާމަލާތާއި ގުޅިގެން މަޤާމުގެ ނުފޫޒު ބޭނުންކުރައްވައި ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު އެމަނިކުފާނު ނެންގެވި ކަަމަށް ތުހުމަތުކުރެވޭ މައްސަލައިގައެެވެ. މީގެ އިތުރުން ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި، ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑަރކުރުމަށް ފަށަލަކޮށްފައިވާކަމުގެ ތުހުމަތު ވެސް ރައީސް ޔާމިންގެ މައްޗަށް ދައުލަތުން ކުރެއެވެެ.
ރައީސް ޔާމީންގެ މައްޗަށް ތުހުމަތު ކުރި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ ސާބިތުވެ ފަސް އަހަރު ޖަލު ހުކުމެއް އިއްވާފައިވަނިކޮށް ސުޕްރީމް ކޯޓުން ވަނީ އެމަނިކުފާނުގެ މައްޗަށް ދަށުކޯޓާއި ހައިކޯޓުން ކުރި ހުކުމް ބާތިލްކޮށްފައެެވެ. އެ ހުކުމް ބާތިލް ކުރުމުން ރައީސް ޔާމީން މިނިވަން ވެފައިވާއިރު އިތުރު ދައުވާތަކެއް އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާތީ ކްރިމިނަލް ކޯޓުން ވަނީ އެމަނިކުފާނު ރާއްޖެއިން ބޭރަށް ފުރުން މަނާކޮށްފައެވެ. އެ އަމުރު ނެރެފައިވަނީ މަނީލޯންޑަރިންގެ ކުށް ރައީސް ޔާމިންގެ މައްޗަށް ސާބިތުނުވާ ކަމަށް ސްޕްރީމް ކޯޓުން ހުކުމްކުރި ދުވަހުއެވެ. ޕީޖީ އޮފީހުން އެދިގެން ރައީސް ޔާމިން ފުރާވަޑަައިިގަތުން މަނާކޮށްފައިވަނީ 7 ދުވަހަށެވެ.

ކިޔުންތެރިންގެ ހިޔާލު