37 މިލިއަން ރުފިޔާ އެއްފަހަރާއި އުފުލުމަކީ އިންސާނަކަށް ކުރެވޭނެ ކަމެެއް ނޫން ކަމަށް އަދާލާތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ނާއިބް ރައީސް ޑރ. މުހަންމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

މަޝްހޫރު ދީނީ އިލްމްވެރިޔާ ޑރ. މުހަންމަދު އިޔާޒް މިހެން ވިދާޅުވީ، ރައީސް އިބްރާހިމް މުހަންމަދު ސާލިޙު ކަޅުދަބަހެއްގައި 37 މިލިއަން ރުފިޔާ އުފުއްލެވި ކަމަށް ބުނެ އާންމުންގެ މީހަކު ޝޯޝަލް މީޑިޔާގައި ދެއްކި ވާހަކައަކަށް ރައްދުދެއްވަމުންނެެވެ. ޑރ. އިޔާޒް ވިދާޅުވީ، ރައީސް ސާލިޙު 37 މިލިއަން ރުފިޔާ އެއްފަހަރާ އުފުއްލެވި ކަމަށް ތުހުމަތުކުރާއިރު، އެއަދަދުގެ ފައިސާ އެއްފަހަރާއި އުފުލުމަކީ އިންސާނަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ބުއްދީގެ އަލީގައި ވާހަަކަ ދެއްކުން ރަނގަޅުވާނެ ކަމަށް ވިދާޅުވެ އިޔާޒް ވަނީ ރައީސަށް ތުހުމަތުކުރި ފަރާތަށް ރައްދު ދެއްވާފައެވެ.



"ތިޔަ 37 މިލިއަނެއް ގޯތި ގޯއްޗަށް ވަދެ އާންމުންގެ އަތްފޯރާ ހިސާބަށް ދިއުން އެއީ އޭރުގެ ރައީސްގެ ނުކުޅެދުންތެރިކަން." ޑރ. އިޔާޒު ވިދާޅުވިއެވެ.

ރައީސް ސޯލިހް އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާގައި ޖެހިވަޑައިގެންފައިވާ ކަމުގެ ތުހުމަތު އެންމެ ފުރަތަމަ ކޮށްފައިވަނީ ޖިންސީ ގޯނާގެ ސީރިއަސް ތުހުމަތުތަކެއްގައި މަގާމުން ވަކިކުރި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ. އިނގިރޭސިވިލާތުގައި ހުންނަވައިގެން މީޑިޔާތަކާއި ބައްދަލުކުރައްވައި އަލީ ވަހީދު ވިދާޅުވީ ރައީސް ސާލިޙު އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރަކަށް ހުންނެވިއިރު ޚިޔާނާތުގެ ފައިސާގެ ތެރެއިން 37 މިިލިއަން ރުފިޔާ ކަޅު ދަބަހެއްގައި ގެންދެވިި ކަމަށެވެ. އެ ފައިސާ އާއި ހަވާލުވެވަޑަައިގަތުމަށް ރެެހެންދި ފުލެޓަށް ރައީސް ސާލިޙު ވަޑައިގަތުމުން އެމަނިކުފާނާއި ފައިސާ ހަވާލުކުރެއްވީ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަދި ފަހުން ނާއިބް ރައީސްކަން ކުރެއްވި އަހުމަދު އަދީބު ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދުގެ މި ތުހުމަތުތައް ތަހުގީގު ކުރުމަށް އޭރު ވެރިކަމުގައި ހުންނެވި ރައީސް ޔާމިން ވަނީ މިދިޔަ ހުކުރު ދުވަހުގެރޭ ޕީޕީއެމުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގޮވާލައްވާފައެވެ. އެ ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ އަލީ ވަހީދު އެ ވިދާޅުވާ ކަޅު ދަބަހުގެ ތުހުމަތު ތަހުގީގުކުރަން ޖެހޭނެ ކަމަށާއި ނަމަވެސް ރައީސް ޞާލިޙުގެ ގާތް ބޭފުޅަކު ޕޮލިސް ކޮމިޝަނަރަކަށް ހުންނަވައިގެން އެމައްސަލަ ތަހުގީގު ނުކުރާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު


13

ހިސާބު

09-Dec-2021

37000000ރ 1000ރ ނޫޓުގެ އަދަދުން 37000 ގަނޑު, އެސިއުމިންގ ކޮންމެ 1000ގެ ގަނޑެއްގަ 1ގްރަމް ކަމަށް. ޢެހެންވެއްޖިޔަ 37000ގަނޑުގެ ބަރުދަނަކީ 37ކިލޯ. 37ކިލޯ އެކަކަށް ގެނދެވޭނެ ދަބަހަކަށް އަޅައިގެން.


3

ހިސާބު

09-Dec-2021

100$ ނޫޓުގެ 47 ބޮޑި (500 ބޮޑިއެެއްފަ)


-4

😡😡😡

09-Dec-2021

ވަގަކު ދިފާއު ކުރަން މިލަ އިޔާޒު ކުފުރުވެސް ވެގަނެފާނެ. ހަސަދައިގެ އަލިފާނުގަ މިހިރަ އެތި މިހިރަ ހުލިވަނީ. އަނދާބޮލި ކައިފަ ތިހިރީ. ސިފަ ހުތުރުކަމުން ބަލާލަން ނުކެރޭ. ދުވާ ވަހުން ނޯށް ދަމާލަން ނުކެރޭ. ހިސާބަށްވުރެ ނުބައިވީމަ ޖަހާނީ ތިސިފަ.


13

ޞާދު

09-Dec-2021

ޚޮބައިތޯ ގޯނި ގޯނީގައި ފައިސާ ބަހަން އުޅުއްވި މަޖީލީހުގެ ކުރީގެ އެމްޕީ އޭނަހިފާ ހައްޔަރުކުރޭ


-1

ރައްޔިތުން

09-Dec-2021

އިދިކޮޅަށް ތިބިބަޔަކައް. މިފައިސާގައައްލެވޭނީކިހިނެއްބާ ؟ މަހްޝަރުބިމުގައެގޭނީ. އެދުވަހަކުން ސަޕޯޓަރެއްގެ އެހީއެއް ވެސް ނުލިބޭނެ


5

ިހިޔަލާ ހުދޫ

09-Dec-2021

100ޑޮލަރުގެ 240 ބޮނޑި, މާކަ ބަރުއެއްޗެއްނޫން.