ރައްޔިތުން ރުޅިއެރުވުން ހުއްޓާލައި ގައުމު ހިންގެވުމަށް ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް، ރައީސް އިބްރާހިމް މުހަންމަދު ސޯލިހަށް ގޮވާލައްވައިފިއެވެ.
ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މިކަމަށް ގޮވާލެއްވީ ރައީސް ޔާމިންގެ މައްޗަށް އުފުލާފައިވާ އިތުރު ދެ ދައުވާގެ ޝަރީއަތް މާދަމާއަށް ކްރިމިނަލް ކޯޓުގައި ތާވަލް ކުރުމާއި ގުޅިގެންނެވެ.
އެކަމަށް އިޝާރަތް ކުރައްވައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވަނީ ރައްޔިތުންގެ ހައްގުގައި ކުރާނެ އިތުރު ކަމެއް ނެތީތޯ ސުވާލު ކުރައްވާފައެވެ. އަދި 5 އަހަރުގެ ދައުރެއް ރައްޔިތުން ސަރުކާރަށް ދިނުމުން ޕާޓީ ކުދިންކޮޅު ލައިގެން ދައުލަތް ހިސޯރުކޮށް، ރައީސް ޔާމިން ގައިން ނެއްޓެން ނޭގިއުޅެނިކޮށް ދައުރު ނިމެނީކަމަށް ޝިޔާމް ވިދާޅުވިއެވެ.
"އިތުރަށް ރައްޔިތުން ރުޅިއެރުވުން ހުއްޓާލާ ގައުމު ހިންގަވާ." ރައީސް ސޯލިހް ޓެގްކުރައްވައި ޝިޔާމް ވިދާޅުވިއެވެ.
މަނީލޯންޑަރިންގެ ކުށް ސާބިތުކޮށް ދަށު ކޯޓާއި ހައިކޯޓުން އިދިކޮޅު ލީޑަރު އަދި ރައީސް ޔާމިނަށް އިއްވި ފަސް އަހަރުގެ ޖަލުގެ ހުކުމް ސްޕްރީމް ކޯޓުން ބާތިލްކޮށް އެމަނިކުފާނު ވަނީ މިނިވަންކޮށްފައެެވެ. ރައީސް ޔާމިން މިނިވަންކުރުމާއެކު ސިޔާސީ މަސައްކަތް ވަނީ ފައްޓަވާފައެވެ. ރައީސް ޔާމިންގެ ޝަރީއަތް މާދަމާއަށް ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައިވާއިރު، އެކޯޓުން ވަނީ އެމަނިކުފާނު ހަތް ދުވަހަށް މާލެއިން ބޭރަށް ވަޑައިގަތުން މަނާކޮށްފައެވެ.

Alhe rayythunge haqqugai kuraane kameh hama nethee baa ey hithah araa!! 5 aharuge dhaureh rayyithun sarukaarah dhineema dhaulaiy party kudhin laigen hisoarukohgen Raees Yameenun netten nengi dhauru minimenee. Ithurah rayyithun rulhi eruvun huttalaa qaumu hingava @ibusolih https://t.co/Wn9bARYzdf
— Ahmed Shiyam (@Shiyamaldives) December 5, 2021
"އިތުރަށް ރައްޔިތުން ރުޅިއެރުވުން ހުއްޓާލާ ގައުމު ހިންގަވާ." ރައީސް ސޯލިހް ޓެގްކުރައްވައި ޝިޔާމް ވިދާޅުވިއެވެ.
މަނީލޯންޑަރިންގެ ކުށް ސާބިތުކޮށް ދަށު ކޯޓާއި ހައިކޯޓުން އިދިކޮޅު ލީޑަރު އަދި ރައީސް ޔާމިނަށް އިއްވި ފަސް އަހަރުގެ ޖަލުގެ ހުކުމް ސްޕްރީމް ކޯޓުން ބާތިލްކޮށް އެމަނިކުފާނު ވަނީ މިނިވަންކޮށްފައެެވެ. ރައީސް ޔާމިން މިނިވަންކުރުމާއެކު ސިޔާސީ މަސައްކަތް ވަނީ ފައްޓަވާފައެވެ. ރައީސް ޔާމިންގެ ޝަރީއަތް މާދަމާއަށް ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައިވާއިރު، އެކޯޓުން ވަނީ އެމަނިކުފާނު ހަތް ދުވަހަށް މާލެއިން ބޭރަށް ވަޑައިގަތުން މަނާކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު