ކޮވިޑްގެ އާ ވޭރިއަންޓު، އޮމިކްރޯން ވޭރިއަންޓް ރާއްޖެއިން ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފިއެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ބުނީ، އޮމިކްރޯން ވޭރިއަންޓްގެ ފުރަތަމަ ކޭސް ރާއްޖެއިން ފެނިފައިވާ ކަމަށެވެ. އެ ވޭރިއަންޓަށް ޕޮޒިޓިވްވެފައިވަނީ ރާއްޖެއަށް ދަތުރުކުރި ފަތުރުވެރިއެއް ކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ.
އެޗްޕީއޭ އިން ބުނީ މި ފަތުރުވެރިޔާއަށް ޖެހިފައި ހުރީ ކޮވިޑްގެ އައު ވޭރިއަންޓުކަން ދެނެގަނެވިފައިވަނީ ޖެނޯމިކް ސީކުއެންސުން ކަމަށެވެ. އެހެންނަމަވެސް މިއީ ކޮން ގައުމަކުން ރާއްޖެ ދަތުރުކުރި ފަތުރުވެރިއެއް ކަމެއް އެޗްޕީއޭއިން ހާމައެެއް ނުކުރެއެވެ.
އޮމިކްރޯން ވޭރިއަންޓް އެންމެ ފުރަތަމަ ފެނުމާއެކު ހަތް ގައުމަކުން ރާއްޖެއަށް ދަތުރުވެރިން އައުން ސަރުކާރުން ވަނީ މަނާކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ސައުތު އެފްރިކާގެ އިތުރުން ނެމްބިއާ، މޮޒަންބީކް، ލެސޯތޯ، ބޮޑްސްވާނާ، ޒިމްބާބްވޭ އަދި އެމްވަޓީނީންއެވެ. އެ ހަތް ގައުމުން ރާއްޖެ އަންނަ ދިވެހީންނާއި ވޯކްޕާމިޓް އޮތް ބިދޭސީން 14 ދުވަހަށް ކަރަންޓީނު ކުރަން ވަނީ ނިއްމާފައެެވެ.
މި ގައުމުތަކުން ރާއްޖެއަށް މީހުން އައުން މަނާކުރި ނަމަވެސް ރާއްޖެއަށް ގިނަ ފަތުރުވެރިން ދަތުރުކުރަމުން އަންނަ ޔޫރަޕުގެ ގިނަ ގައުމުތަކުން އެ ވޭރިއަންޓް ވަނީ ފެނިފައެވެ.
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ނެރުނު ބަޔާނެއްގައި މީގެ ކުރިން ބުނީ "އޮމިކްރޯން" ވޭރިއަންޓަކީ ވަރަށް އަވަހަށް ފެތުރޭ އަދި ވަރަށް ބޮޑަށް ކަންބޮޑުވުން އޮތް ވޭރިއަންޓެއް ކަމަށެވެ.
ދެކުނު އެފްރިކާގެ ނޭޝަނަލް އިންސްޓިޓިއުޓް ފޯ ކޮމިޔުނިކަބަލް ޑިސީސަސް، (އެންއައިސީޑީ) އާއި އެމެރިކާގެ ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑިސީ) އިން ބުނެފައިވާގޮތުގައި "އޮމިކްރޯން" އަކީ ކޮވިޑްގެ މިހާތަނަށް ނުފެންނަހާ ބާރުގަދަ އަދި އަވަހަށް ފެތުރޭ ވޭރިއަންޓެކެވެ. އަދި އިންސާނާގެ ހަށިގަނޑުގައިވާ ދިފާއީ ނިޒާމާއި ވެކްސިންތައް އެވޭރިއަންޓާ ދެކޮޅަށް މަސައްކަތްކުރާކަން ނުވަތަ ނޫންކަން އިލްމީގޮތުން ދެނެގަތުމަށް އަދި ދެހަފްތާއެއްހާ ދުވަސް ނަގާނެކަމަށް ސީޑިސީ އިން ވަނީ ބުނެފައެވެ.

We have received confirmation of the 1st case of COVID-19 Omicron variant in Maldives
— Health Protection Agency (@HPA_MV) December 5, 2021
This case is reported from genomic sequencing conducted on a positive sample of a tourist.
We will keep you updated on further developments
އޮމިކްރޯން ވޭރިއަންޓް އެންމެ ފުރަތަމަ ފެނުމާއެކު ހަތް ގައުމަކުން ރާއްޖެއަށް ދަތުރުވެރިން އައުން ސަރުކާރުން ވަނީ މަނާކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ސައުތު އެފްރިކާގެ އިތުރުން ނެމްބިއާ، މޮޒަންބީކް، ލެސޯތޯ، ބޮޑްސްވާނާ، ޒިމްބާބްވޭ އަދި އެމްވަޓީނީންއެވެ. އެ ހަތް ގައުމުން ރާއްޖެ އަންނަ ދިވެހީންނާއި ވޯކްޕާމިޓް އޮތް ބިދޭސީން 14 ދުވަހަށް ކަރަންޓީނު ކުރަން ވަނީ ނިއްމާފައެެވެ.
މި ގައުމުތަކުން ރާއްޖެއަށް މީހުން އައުން މަނާކުރި ނަމަވެސް ރާއްޖެއަށް ގިނަ ފަތުރުވެރިން ދަތުރުކުރަމުން އަންނަ ޔޫރަޕުގެ ގިނަ ގައުމުތަކުން އެ ވޭރިއަންޓް ވަނީ ފެނިފައެވެ.
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ނެރުނު ބަޔާނެއްގައި މީގެ ކުރިން ބުނީ "އޮމިކްރޯން" ވޭރިއަންޓަކީ ވަރަށް އަވަހަށް ފެތުރޭ އަދި ވަރަށް ބޮޑަށް ކަންބޮޑުވުން އޮތް ވޭރިއަންޓެއް ކަމަށެވެ.
ދެކުނު އެފްރިކާގެ ނޭޝަނަލް އިންސްޓިޓިއުޓް ފޯ ކޮމިޔުނިކަބަލް ޑިސީސަސް، (އެންއައިސީޑީ) އާއި އެމެރިކާގެ ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑިސީ) އިން ބުނެފައިވާގޮތުގައި "އޮމިކްރޯން" އަކީ ކޮވިޑްގެ މިހާތަނަށް ނުފެންނަހާ ބާރުގަދަ އަދި އަވަހަށް ފެތުރޭ ވޭރިއަންޓެކެވެ. އަދި އިންސާނާގެ ހަށިގަނޑުގައިވާ ދިފާއީ ނިޒާމާއި ވެކްސިންތައް އެވޭރިއަންޓާ ދެކޮޅަށް މަސައްކަތްކުރާކަން ނުވަތަ ނޫންކަން އިލްމީގޮތުން ދެނެގަތުމަށް އަދި ދެހަފްތާއެއްހާ ދުވަސް ނަގާނެކަމަށް ސީޑިސީ އިން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ހިޔާލު