ދިވެހިރާއްޖެ ކުރިއެރުވޭނީ ދިވެހި ޒުވާނުން އެކި ދާއިރާތަކުން ތަމްރީނުކޮށް، މަސައްކަތްތެރި ޒުވާނުންނަށްވުމަށް ހިތްވަރުދީ އެކި ދާއިރާތަކުން ޒުވާނުން ކުރިއެރުމަށް ފުރުސަތު ހޯދައިދިނުމުންކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް މިހެން ވިދާޅުވެފައިވަނީ "ހުނަވަރު ޓެކްނިކަލް ސްކިލްސް ޕްރޮގްރާމް"ގެ ދަށުން ޒުވާނުން ތަމްރީނުކުރުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާ އެމްޓީސީސީއާ ދެމެދު އެމް އޯ ޔޫގައި ސޮއިކުރުމަށް މިއަދު ބޭއްވި ހަފްލާގައެވެ.
މިހަފްލާގައި ވާހަކަފުޅު ދައްކަވަމުން، ޒުވާނުން ތަމްރީނުކުރުމަށް ސަރުކާރުން ހުޅުވާލައިފައިވާ ފުރުސަތުތަކުގެ ބޭނުންހިފައި ތަމްރީނާއި ތަޖުރިބާ ހޯދުމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ގޮވާލެއްވިއެވެ. އަދި ވަޒީފާއަށް ދިއުމަކީ ބޮޑު ގޮނޑިއެއްގައި މޭޒު ދޮށުގައި އިނުން ނޫން ކަމަށާއި، ހަޑި އެއްވެސް ވަޒީފާއެއް ނުހުންނާނެ ކަމަށް އާޒިމް ވިދާޅުވި އެވެ. އަދި ޒުވާނުން ތަމްރީނުކޮށް ތަޖުރިބާ ހޯދުމަށް ލިބޭ މިފަދަ ފުރުސަތުތަކުގެ ބޭނުން ހިފުމަށް ހިތްވަރުދިނުމަކީ މައިންބަފައިންގެވެސް ޒިންމާއެއްކަން އާޒިމް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ދިވެހި ކުންފުނިތައް ދިވެހިންގެ ބާރުގެދަށުގައި ދެމެހެއްޓުމަށްޓަކައި ދިވެހި ޒުވާނުން ތަމްރީނުކޮށް ތަޖުރިބާ ހޯދުމުގެ މުހިންމުކަންވެސް އާޒިމް ފާހަގަކުރެއްވިއެވެ.
ހުނަވަރު ޕްރޮގްރާމަކީ ދެ ބަޔަކަށް ބަހާލައިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އެއީ ހުނަވަރު ޓެކްނިކަލް ސްކިލްސް ޕްރޮގްރާމް އަދި ހުނަވަރު ލައިސެންސިންގް ޕްރޮގްރާމެވެ.
ހުނަވަރު ޓެކްނިކަލް ސްކިލްސް ޕްރޮގްރާމްގެ ދަށުން ޒުވާނުން ތަމްރީނުކުރުމަށް އެމްޓީސީސީ އާއެކު މިއަދު ސޮއި ކުރި އެއްބަސްވުން ތަންފީޒު ކުރުމަށް ހަމަޖެހިފައިވަނީ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް މެދުވެރިކޮަށް ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރެއިނިންގް (ޓިވެޓް) އޮތޯރިޓީ އާއި ގުޅިގެންނެވެ. މިޕްރޮގްރާމްގެ ދަށުން ވެލްޑިންގ، ޕްލަމްބިންގ، އިލެކްޓްރިކް މަސައްކަތް، އޮޓޮމޯޓިވް މެކޭނިކް މަސައްކަތް، ވަޑާންކުރުން އަދި ކޮންސްޓްރަކްޝަން ސައިޓް ސުޕަވައިޒް ކުރުން ފަދަ ދާއިރާތަކަށް މީހުން ތަމްރީނު ކުރެވިގެން ދާނެކަމަށް އެމްޓީސީސީން ހާމަކޮށްފައިވެއެވެ.
6 މަހުގެ މުއްދަތައް ކުރިއަށް ގެންދާ މި ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް މަހަކު 3000 ރުފިޔާގެ އެލަވަންސެއްގެ އިތުރުން، ވޯކްސައިޓް ނޫން އެހެން ރަށެއްގައި ދިރިއުޅޭނަމަ ހުރުމާއި ކެއުން ހަމަޖައްސައިދޭނެ ކަމަށްވެސް އެމްޓީސީސީއިން ހާމަކުރިއެވެ.
މިއަހަރު ޖެނުއަރީ މަހުންފެށިގެން ކުރިއަށްދާ "ހުނަވަރު ލައިސެންސިންގް ޕްރޮގްރާމް"ގެ ދަށުން 23 މީހަކު ޝޯޓް ލިސްޓުކުރެވި، 15 މީހުން މިޕްރޮގްރާމް ފަށާފައިވާކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ. އަދި މީގެ ތެރެއިން 13 މީހަކު މިޕްރޮގްރާމް ފުރިހަމަކޮށް އެމްޓީސީސީގެ އެކްސްކަވޭޓަރ އޮޕަރޭޓަރުންގެ ގޮތުގައި ކުންފުނީގެ އެކި ސައިޓް ތަކުގައި ވަޒީފާ އަދާކުރަމުންދާކަމަށް އެމްޓީސީސީއިން ފާހަގަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު