އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބުދު ﷲ ޔާމިން ފިއްލަވަން އުޅުއްވާކަމަށް ބުނެ ވާހަކަ ދައްކަނީ އިންޑިޔާ ސިފައިންގެ މައުޟޫ ބަދަލުކޮށްލައި އެބާހަކައިގެ ސަމާލުކަން އަނބުރާލަން ކަމަށް ޕީއެންސީގެ ނާއިބް ރައީސް މުހަންމަދު ސައީދު ވިދާޅުވެއްޖެެއެވެ.
ސައީދު މިހެން ވިދާޅުވީ ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް ރާއްޖެ ދޫކުރަށްވައި ފިއްލަވައިގެން ވަޑައިގަންނަވަން އުޅުއްވާ ކަމުގެ ހެކި އެބަހުރި ކަމަށް ދަޢުލަތުން ކްރިމިނަލް ކޯޓުގައި ބުނެފައިވާތީ އެކަމަށް ރައްދުދެއްވަމުންނެެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ވަނީ ރައީސް ޔާމިން ފިއްލެވުމުގެ ފުރުސަތު އޮތް ކަމަށް ބުނެ ޝަރީއަތް ނިމެންދެން އެމަނިކުފާނުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް އެދިފައެވެ. އެކަމާ ގުޅިގެން މާވަށު ދާއިރާގެ މެމްބަރު މުހަންމަދު ސައީދު ވިދާޅުވީ ރައީސް ޞާލިޙުގެ ސިކުނޑިފުޅުގެ ޓެސްޓެއް ހަދަންޖެހޭ ކަމަށެވެ. އަދި ރައީސް ޔާމިނަކީ ވެރިކަންކުރާ އިއްތިހާދު ފޫހިފިލުވަން ބޭނުންކުރާ ޔޯޔޯއަކަށް ވެފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.
ސައީދު ވަނީ އިންޑިއާ ސިފައިންގެ ވާހަކަ ދެއްކީމާ މައުޟޫއު އޮޅުވައިލަން މަސައްކަތް ނުކުރެއްވުމަށް އެދިވަޑައިގެންފައެވެ.
ސައީދު އިތުރަށް ވިދާޅުވީ ރައީސް ޔާމީން ހުންނަވާނީ ދިވެހިރާއްޖޭގައި ކަމަށެވެ. އަދި މިކަން މާ ލަސްތަކެއްނުވެ މާތްﷲގެ އިރާދަފުޅުން ނިމިދާނެ ކަމަށާއި، އެންމެ އަވަހަށް ފިއްލަވާ ކުރީގެ ރައީސަކަށް ވެވަޑައިގަންނަވާނީ ރައީސް ޞާލިޙު ކަމަށް ސައީދު ވިދާޅުވިއެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އަބުދު ﷲ ޔާމިން ވިދާޅުވީ އެމަނިކުފާނު ފިއްލެވުމަށް އެއްވެސް ކަމެއް ނުކުރައްވާ ކަމަށެވެ. ފުލުހުން އެމަނިކުފާނު ފިލަން އުޅޭ ކަމަށް ކުރާ ތުހުމަތު އެނގެން ބޭނުންފުޅުވާ ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ. ދައުލަތުން ކޯޓަށް ހުށައެޅި ފޯމުގައި ވެސް އެކަމާ ބެހޭ އެއްވެސް ހެއްކެއް ނެތް ކަމަށް ވިދާޅުވެ އެކަން ދިރާސާ ކުރުމަށް ފުރުސަތަކަށް ރައީސް ޔާމިން ވަނީ އެދިވަޑައިގެންފައެވެ.
"އަޅުގަނޑު ބޭނުންވޭ ކޮން ކަހަލަ ހެކިތަކެއް އެ މީހުންނަށް ލިބިގެން އުޅޭތީތޯ މިވަރުގެ އަމުރަކަށް އެދިގެން މި އުޅެނީ." ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމިންގެ ޝަރީއަތް ނިމެންދެން އެމަނިކުފާނުގެ ޕާސްޕޯޓް ހިފެއްޓުމާއިމެދު މިއަދު ހަވީރު 4 ޖަހާއިރު ގޮތެއް ނިންމަން ކްރިމިނަލް ކޯޓުން ވަނީ ތާވަލްކޮށްފައެވެ. މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ ފުއްގިރި މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއާއި މަނީ ލޯންޑްރިންގެ ދައުވާގެ އަޑުއެހުމެެވެ.
އެމައްސަލައިގެ އިތުރުން، ވ. އާރަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ވެސް ރައީސް ޔާމިންގެ މައްޗަށް ދައުވާ އުފުލައި މައްސަލަ ވަނީ ކްރިމިނަލް ކޯޓަށް ފޮނުވާފައެވެ. އެ ދެ މައްސަލައިގައި އެ މަނިކުފާނުގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއަކާއި މަނީ ލޯންޑަރިންގެ ދައުވާއެކެވެ. މިއިން ކޮންމެ މައްސަލައެއްގައި ވެސް ރައީސް ޔާމީނަށް ތުހުމަތުކުރަނީ އެއް މިލިއަން ޑޮލަރު ނަންގަވައި ލޯންޑާކުރެއްވި ކަމުގެ ތުހުމަތެވެ.
ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ސްޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފައެވެ.

Raees Solih ge sikundi fulhu ge exam eh hadhanjehey! Coalition foohifiluvaa YO-YO akah RJ mivanee vefa @HuShameem! India Sifainge vaahaka dhekkeema maulooin divert nukuravvaa! https://t.co/qNXa4Pqj86
— Mohamed Saeed (@em_saeed) December 6, 2021
ސައީދު ވަނީ އިންޑިއާ ސިފައިންގެ ވާހަކަ ދެއްކީމާ މައުޟޫއު އޮޅުވައިލަން މަސައްކަތް ނުކުރެއްވުމަށް އެދިވަޑައިގެންފައެވެ.
ސައީދު އިތުރަށް ވިދާޅުވީ ރައީސް ޔާމީން ހުންނަވާނީ ދިވެހިރާއްޖޭގައި ކަމަށެވެ. އަދި މިކަން މާ ލަސްތަކެއްނުވެ މާތްﷲގެ އިރާދަފުޅުން ނިމިދާނެ ކަމަށާއި، އެންމެ އަވަހަށް ފިއްލަވާ ކުރީގެ ރައީސަކަށް ވެވަޑައިގަންނަވާނީ ރައީސް ޞާލިޙު ކަމަށް ސައީދު ވިދާޅުވިއެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އަބުދު ﷲ ޔާމިން ވިދާޅުވީ އެމަނިކުފާނު ފިއްލެވުމަށް އެއްވެސް ކަމެއް ނުކުރައްވާ ކަމަށެވެ. ފުލުހުން އެމަނިކުފާނު ފިލަން އުޅޭ ކަމަށް ކުރާ ތުހުމަތު އެނގެން ބޭނުންފުޅުވާ ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ. ދައުލަތުން ކޯޓަށް ހުށައެޅި ފޯމުގައި ވެސް އެކަމާ ބެހޭ އެއްވެސް ހެއްކެއް ނެތް ކަމަށް ވިދާޅުވެ އެކަން ދިރާސާ ކުރުމަށް ފުރުސަތަކަށް ރައީސް ޔާމިން ވަނީ އެދިވަޑައިގެންފައެވެ.
"އަޅުގަނޑު ބޭނުންވޭ ކޮން ކަހަލަ ހެކިތަކެއް އެ މީހުންނަށް ލިބިގެން އުޅޭތީތޯ މިވަރުގެ އަމުރަކަށް އެދިގެން މި އުޅެނީ." ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމިންގެ ޝަރީއަތް ނިމެންދެން އެމަނިކުފާނުގެ ޕާސްޕޯޓް ހިފެއްޓުމާއިމެދު މިއަދު ހަވީރު 4 ޖަހާއިރު ގޮތެއް ނިންމަން ކްރިމިނަލް ކޯޓުން ވަނީ ތާވަލްކޮށްފައެވެ. މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ ފުއްގިރި މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއާއި މަނީ ލޯންޑްރިންގެ ދައުވާގެ އަޑުއެހުމެެވެ.
އެމައްސަލައިގެ އިތުރުން، ވ. އާރަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ވެސް ރައީސް ޔާމިންގެ މައްޗަށް ދައުވާ އުފުލައި މައްސަލަ ވަނީ ކްރިމިނަލް ކޯޓަށް ފޮނުވާފައެވެ. އެ ދެ މައްސަލައިގައި އެ މަނިކުފާނުގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއަކާއި މަނީ ލޯންޑަރިންގެ ދައުވާއެކެވެ. މިއިން ކޮންމެ މައްސަލައެއްގައި ވެސް ރައީސް ޔާމީނަށް ތުހުމަތުކުރަނީ އެއް މިލިއަން ޑޮލަރު ނަންގަވައި ލޯންޑާކުރެއްވި ކަމުގެ ތުހުމަތެވެ.
ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ސްޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު