ކ-ވ: ޑރ.އިޔާޒް، ރައީސް ޔާމިން
ކ-ވ: ޑރ.އިޔާޒް، ރައީސް ޔާމިން
މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ ރިޕޯޓެއްގައި އިސްލާމް ދީނަށް ފުރައްސާރަކޮށްފައިވާ މައްސަލަ ނުބަލަން ނިއްމީ ކުރީގެ ރައީސް އަބުދު ﷲ ޔާމިންގެ ވެރިކަމުގައި ކަމަށް އަދާލާތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ނާއިބް ރައީސް ޑރ. މުހަންމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މަޝްހޫރޫ ދީނީ އިލްމްވެރިޔާ ޑރ. މުހަންމަދު އިޔާޒް މިހެން ވިދާޅުވީ އިސްލާމްދީން ހިމާޔަތް ކުރަން ސާބިތުކަންމަތީ ހުންނެވި ހަމައެކަނި ލީޑަރަކީ ރައީސް ޔާމިން ކަމަށް ވިދާޅުވެ ޕީޕީއެމްގެ ނާއިބް ރައީސް އަދި މާލޭ ސިޓީގެ މިހާރުގެ މޭޔަރު ޑރ. މުހަންމަދު މުއިއްޒު ދެއްކެވި ވާހަކަތަކަކާއި ގުޅިގެންނެެވެ. އެކަމަށް އިޝާރަތް ކުރައްވައި މި ސަރުކާރު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެއްވި އަދާލާތު ޕާޓީގެ އިސްސަފުގައި ހިމެނިވަޑައިގަންނަވާ ޑރ. މުހަންމަދު އިޔާޒް ވިދާޅުވީ، ރައީސް ޔާމިންގެ ދައުރުގައި ކީރިތި ރަސޫލާއާއި އިސްލާމްދީނަށް ފުރައްސާރަކޮށް ރިޕޯޓް ނެރުނު އެމްޑީއެން މައްސަލަ ނުބަލަން ނިންމައި މައްސަލަ ފައިލް ކުރީ ކަމަށެވެ. އަދި ރައީސް ޔާމިންގެ ސަރުކާރުގައި އިލްމްވެރިންނާއޮ ދީނީ ޕާޓީއަށް އެތައް ގޯނާއަކާއި އަނިޔާއެއް ކުރި ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ.



"އެއީ މުޑުދާރު ފަސް އަހަރު." ރައީސް އަބުދުﷲ ޔާމިންގެ ފަސް އަހަރު ސިފަކުރައްްވަމުން އިޔާޒް ވިދާޅުވިއެވެ.

ރައީސް ޔާމިންގެ ސަރުކާރުގައި، 2015 ވަނަ އަހަރު އެމްޑީއެނުން އެރިޕޯޓް ލިޔެ ތައްޔާރުކޮށް ބޭރުގެ ފަރާތްތަކަށް ހުށައެޅި ނަމަވެސް އެ ރިޕޯޓް ރާއްޖޭގެ މީޑިޔާގެ ސަމާލުކަމަށް އައިސް އެ ރިޕޯޓްގައި އިސްލާމްދީނާއި ޚިލާފު ވާހަކަތައް ހުރިކަން ހާމަވެފައިވަނީ ރައީސް ސާލިޙުގެ ސަރުކާރުގައި އެޖަމިއްޔާއިން ރިޕޯޓް އާންމުކުރުމުންނެެވެ.

އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ރިޕޯޓް ނެރުނު އެމްޑީއެންއާއި ދެކޮޅަށް އެންމެ ގިނައިން އަޑު އުފުއްލެވި ބޭފުޅުންގެ ތެރޭގައި ޑރ. އިޔާޒް ހިމެނިވަޑައިގަންނަވައެވެ. ދީނީ އިލްމްވެެރިންނާއި އާންމުންގެ ޕްރެޝަރާއި ހެދި ސަރުކާރުން އެންމެ ފަހުން ވަނީ އެމްޑީއެން އުވާލާފައެވެ. އެހެން ނަމަވެސް އެ ރިޕޯޓް ލިޔެ އާންމުކުރި މީހުންނާއި މެދު ސަރުކާރުން ފިޔަވަޅު އަޅާފައެއް ނުވެއެވެ. އެ ރިޕޯޓްގެ މައްސަލަ ހޫނުވެ މައްސަލަ ތަހުގީގީ އިދާރާތަކުން ބަލަން ފެށުމުން އެޖަމިއްޔާގެ އިސް ފަރާތްތަށް ވަނީ ރާއްޖެ ދޫކޮށް ފުރައިގެން ގޮސްފައެވެ. ނަމަވެސް އެރިޕޯޓް ނެރުނު އިރު އެޖަމިއްޔާގެ އިސް ފަރާތްތަކުގެ ގޮތުގައި ތިއްބެވި ބައެއް ބޭފުޅުން މިސަރުކާރުގެ މަތީ މަގާމުތަކުގައި ތިއްބެވިކަމަށް ބުނެ ބައެއް ފަރާތްތަކުން އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު


0

އިމުރާން

09-Dec-2021

ތިއީ ރުފިޔާ އަށް ދުވާފައްކާ ރޯނު އެދުރެން ..ޑރ. އިޔާޒު


-13

ޢިބޫ

09-Dec-2021

ދީނީ އިލްމުވެރިންގެ ގޮތަކީ ބުހުރާން ދޮގު ގެދުންތަ? ގައުމީ ޔުނިވަރސިޓީގެ މަގާމުން ބޭރުކުރީމަ މިކަލޭގެ މޮޔަވީތަ??ަ އެމްޑީއެމް ކިޔާ ލާދީނީ ގުރޫޕަކީ ރ.އިބޫސާލިހު ވެރިކަމާއި ހަވާލުވިފަހުން އެންމެ ފުރަތަމަ އުފެދުނު ލާދީނީ ޖަމާއަތެވެ. އެގުރޫޕުގައި ހިމެނެނީ މިސަރުކާރާއި އެންޑީޕީގެ އިސްވެރިންގެ އާއިލާ މެބަރުންނެވެ. އެގުރޫޕް މިގައުމުގައި ލާދީނީ ފަތުރަން އުޅެގަތީމަ އެކަމާދެކޮޅު އިންޒާރުތައް ލިބެންފެށީމަ އެމީހުންސަލާމަތްކުރަން މިސަރުކށރުން އެމީހުން ގައުމުން ބޭރަށްފޮނުވާލީއެވެ. މިހާރު ދިރިއުޅެނީ ޖަރުމަންގެ ފައްޅިތަކުގައިކަމަށް ޚަބަރު ލިބެއެވެ.ރައްޔިތުން އޮޅުވައެއްނުލެވޭނެ.