‏ކ. ކާށިދޫގެ އަލަށް ހިއްކި ސަރަހައްދުން ލޯކަލް ޓުއަރިޒަމަށް ކަނޑައަޅާފައިވާ ސަރަހައްދަށް ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފިއެވެ.

ސްޓެލްކޯއިން ބުނީ މިއީ ކާށިދޫ ކަރަންޓުގެ ނެޓްވޯކް ފުރިހަމަކުރުމުގެ މަސައްކަތުގެ ދަށުންކުރިއަށްދާ މަސައްކަތެއްކަމަށެވެ.



ސްޓެލްކޯއިން ބުނީ ‏ކ. ކާށިދޫގެ އަލަށް ހިއްކި ސަރަހައްދުން ލޯކަލް ޓުއަރިޒަމަށް ކަނޑައަޅާފައިވާ ސަރަހައްދަށް ކަރަންޓު ފޯރުކޮށްދިނުމަށްޓަކައި، މީޑިއަމް ވޯލްޓޭޖް ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތްތަކެއް ދަނީ ކުރެވެމުންކަމަށެވެ.



ސްޓެލްކޯއިން ބުނީ ‏މި މަސައްކަތުގެ ތެރެއިން ފޮނުވާފައިވާ، ޓްރާންސްފޯމަރު މިހާރު ވަނީ ސަބްސްޓޭޝަންގައި ބަހައްޓާފައި ކަމަށެވެ. އަދި މިޓްރާންސްފޯމަރާއެކު ކާށިދޫގެ ކަރަންޓުގެ ނެޓްވޯކް އިތުރަށް ފުރިހަމަކުރެވި، އެކަމުގެ ފައިދާ ރައްޔިތުންނަށް ލިބިގެންދާނެކަމަށް ސްޓެލްކޯއިން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު