އިދިކޮޅު ލީޑަރު، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލު ބަންދުގައި ހުންނެވި މުއްދަތަށް ލިބެންޖެހޭ އިނާޔަތްތައް ދިނުމާމެދު މިހަފުތާގައި ގޮތެއް ނިންމާނެކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.
ރައީސް ޔާމީންގެ ފަރާތުން ވަނީ އެމަނިކުފާނު ބަންދުގައި ހުރި ދުވަސްތަކަށް ލިބެންޖެހޭ އިނާޔަތްތަކުގެ ގޮތުގައި 2.4 މިލިއަން ރުފިޔާ ހަމަޖައްސައި ދިނުމަށް ހުށަހަޅުއްވާފައެވެ.
ފިނޭންސް މިނިސްޓްރީން ބުނީ އެކަމާއި ގުޅޭ ގޮތުން ރައީސް ޔާމީންގެ ފަރާތްޕުޅުން ސިޓީއެއް ލިބިފައިވާކަމަށާއި އެހެންކަމުން އެކަމުގައި ވަކި ގޮތެއް ނިންމައި މި ހަފުތާގައި އެ ނިންމި ގޮތެއް ރައީސް ޔާމީނަށް އަންގާނެކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހުންނަށް ދޭންޖެހޭ ރައްކާތެރިކަމާ އިނާޔަތްތަކާ ބެހޭ ގާނޫނުގައިވާ ގޮތުން ރައީސްކަން ކޮށްފައިވާ މީހުންނަށް މާލީ އިނާޔަތުގެ ގޮތުގައި ކޮންމެ މަހަކު 50،000 ރުފިޔާ ދޭން ޖެހެ އެވެ. ދިރިއުޅޭ ތަނުގެ ހަރަދުގެ ގޮތުގައި ވެސް ކޮންމެ މަހަކު 50،000 ރުފިޔާ އަދި އިޖުތިމާއީ މަސައްކަތަކަށް އޮފީހެއް ހިންގާނަމަ އެ އޮފީހުގެ ހަރަދުތަކަށް މަހަކު 175،000 ރުފިޔާ ދޭން ޖެހެއެވެ. މީގެ އިތުރުން ވެސް ދަތުރުފަތުރުގެ ހަރަދާއި ބޭސްފަރުވާގެ ހަރަދުތައް ވެސް ހިނގާނީ ދައުލަތުގެ ބަޖެޓުންނެވެ.
ރައީސް ޔާމީން ޖަލުގައި ހުންނެވި ދެ އަހަރު ދުވަހުގެ އެލަވަންސްގެ ގޮތުގައި އެމަނިކުފާނަށް 6.6 މިލިއަން ރުފިޔާ ލިބިވަޑައިގެންނެވި ނަމަވެސް ރައީސް ޔާމީން ހުށަހެޅުއްވީ 2.4 މިލިއަން ރުފިޔާ ހޯއްދެވުމަށެވެ.
ރައީސް ޔާމީނަށް ދައުލަތުގެ ބަޖެޓުން ދެމުން އައި އިނާޔަތްތައް ކަނޑާލީ ނޮވެމްބަރު 28، 2019 ވަނަ ދުވަހު ކްރިމިނަލް ކޯޓުން އިއްވި ފަސް އަހަރުގެ ޖަލު ހުކުމާ ގުޅިގެންނެވެ. ޔާމީންގެ މައްޗަށް ސާބިތުވެފައިވާ މަނީ ލޯންޑަރިންގެ ފުރަތަމަ ދައުވާއިން ސަލާމަތްވީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ސުޕްރީމް ކޯޓުން އިއްވި ހުކުމާ ގުޅިގެންނެވެ. އެހެންކަމުން އެ މުއްދަތުގައި ސަރުކާރުން ދިނުން ހުއްޓާލި އިނާޔަތުގެ ތެރެއިން ބައެއް އަނބުރާ ހޯދަން އެމަނިކުފާނުގެ ގާނޫނީ ޓީމުން ހުށަހެޅުއްވީ މިދިޔަ ހަފްތާގެ ތެރޭގަ އެވެ.

ކިޔުންތެރިންގެ ހިޔާލު