ރާއްޖޭގައި ކަނޑޫފާތައް ހަލާކުވާ މައްސަލައަށް ހައްލެއް ހޯދުމަށް އިންޑިއާގެ ހާއްސަ ޓީމެއް ރާއްޖެ އަތުވެއްޖެއެވެ.
ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ބުނީ މި ވަފްދުގައި ހިމެނެނީ ކޮޗިން ޔުނިވަސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލަޖީ (ސީޔޫއެސްއޭޓީ) ގެ ހަތަރު މެމްބަރުންކަމަށެވެ.
މި ޓީމުގައި އިސްކޮށް ހުންނެވީ ސީޔޫއެސްއޭޓީގެ މެރިން ބަޔޮލަޖީ މައިކްރޯބަޔޮލޮޖީ އެންޑް ބަޔޯކެމިސްޓްރީ ޑިޕާޓްމަންޓްގެ ހެޑް ޑޮކްޓަރ ބިޖޯއީ ނަންދާންއެވެ.
މި ޓީމުން އިއްޔެ ވަނީ އެންވަޔަރުމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ އާއި ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނާއި ސަރުކާރުގެ ބައެއް އެހެން އިސްވެރިންނާ ބައްދަލުކޮށްފައެވެ.
މި ޓީމުގެ ތަހުލީލުތަކުގެ މަގްސަދަކީ ހަލާކުވެފައިވާ ކަނޑޫފާތަކާއި ނިކަމެތިވެފައިވާ ކަނޑޫތައް، ދުޅަހެޔޮ އަދި އުފެއްދުންތެރި ޗަކަބިންތަކަށް އަލުން އަނބުރާ އިއާދަކުރުމެވެ. އެ ކޮމިޝަންގެ ބަޔާނުގައި ބުނީ އެ ޓީމުން މަސައްކަތް ކުރާނީ ރާއްޖޭގެ އުތުރުގައި އޮންނަ އަށް ރަށް ކަމަށްވާ ހއ. ކެލާ، ހދ. ކުޅުދުއްފުށި، ހދ. ކޭލަކުނު، ހދ. ވައިކަރަދޫ، ހދ. ނޭކުރެންދޫ، ށ. ގޮއިދޫ، ށ. ފޭދޫ އަދި ނ. ކެނދިކުޅުދޫގެ ތިމާވެށީގެ މިންގަނޑުތައް މިނެކިރުމަށް ބޭނުންވާ ގަސްގަހާގެހި، ސޫފާސޫފީގެ އަދި ސެޑިމެންޓްސްގެ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރުމުގައި ކަމަށެވެ.
މި ޓީމުގެ މަސައްކަތް ނިންމާލުމަށް ފަހު މި މަހުގެ 10 ވަނަ ދުވަހު ގައުމީ ޔުނިވާސިޓީގައި ޑރ. ނަންދާން އާންމު ތަގުރީރެއް ދެއްވާ ގޮތަށްވެސް ހަމަޖެހިފައިވާ ކަމަށް ހައި ކޮމިޝަނުން ބުނެއެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރު ގިނަ އަދަދެއްގެ ކަނޑޫފާތަކެއް މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން ހަލާކުވެފައިވާއިރު އޭގެ ތެރޭގައި ނޭކުރެންދޫގެ ކަނޑޫފަލާއި ކެލާގެ ކަނޑޫފަލާއި ކޭލަކުނުގެ ކަނޑޫފާ ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު