ކޯވިޑަށް ޕޮޒިޓިވްވި ވޭރިއެންޓް ދެނެގަތުމަށް ހަދާ، ޖީން ސީކުއެންސިން ޓެސްޓު ހެދުމަށް މެޑިފްލެކްސުން ތައްޔާރުވެއްޖެއެވެ.
ރާއްޖޭގައި ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ އަމިއްލަ ކުންފުންޏެއްކަމަށްވާ މެޑިފްލެކްސްގެ އޮފިޝަލަކު މީޑިއާއަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެކުންފުނިން ޖީން ސީކުއެންސިންގެ ޓެސްޓްތައް ހަދާނީ އެމެރިކާގެ އެންމެ ތަޖުރިބާކާރު އެއް ކުންފުންޏާއެކުކަމަށެވެ. އަދި އެކަމަށް މެޑިފްލެކްސްގެ މުވައްޒަފުން އެކުންފުނިން ތަމްރީނުކޮށްދީފައިވާކަމަށް ވެސް އެކުންފުނިން ބުންޏެވެ.
ރާއްޖޭގައި މިހާތަނަށް އައިއިރުވެސް ޖީން ސީކުއެންސިންގެ ޓެސްޓްތައް ހެދިފައެއް ނުވެއެވެ. އެހެންކަމުން ރާއްޖޭގައި އުޅޭ ކޯވިޑްގެ ވޭރިއެންޓު ދެނެގަތުމަށް ސަރުކާރުން ސާމްޕަލް ފޮނުވަނީ ރާއްޖެއިން ބޭރަށެވެ.
މެޑިފްލެކްސްއިން ބުނީ ހެލްތު މިނިސްޓްރީގެ ހުއްދަ ލިބުމުން ރަސްމީކޮށް އެ ޓެސްޓުތައް ހަދަން ފަށާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު