ދިރޭ ތަކެތީގެ ނަސްލު ހިމާޔަތް ކުރުމަށް ސަރުކާރުން މިއަހަރުގެ ބަޖެޓުން 80 މިލިއަން ރުފިޔާ ހަރަދުކުރި ގޮތުގެ ތަފްސީލް ނުދިނުމުން، އެ މައުލޫމާތު ހޯދުމަށް އިންފޯމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅައިފިއެވެ.
މިމައްސަލަ ހުށަހަޅާފައިވަނީ ރާއްޖޭގެ އަމިއްލަ މީޑިއާއަކުންނެވެ.
މަޖިލީހަށް ހުށަހެޅި ބަޖެޓުގެ ތަފްސީލްތަކުގައިވާ ގޮތުން ދިރޭތަކެތީގެ ނަސްލު ހިމާޔަތް ކުރުމަށް 80 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އަދި އަންނަ އަހަރުވެސް 200 މިލިއަނަށްވުރެ ގިނަ ރުފިޔާ އެކަމަށް ވަނީ ބަޖެޓުކޮށްފައެވެ.
މައްސަލަ ހުށަހެޅި ފަރާތުން މިނިސްޓްރީ އޮފް އެންވަރަންމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގައި އެދުނީ 80 މިލިއަން ރުފިޔާ ހޭދަކުރީ ކިހިނެއްތޯ ބެލުމަށެވެ. ނަމަވެސް ޤާނޫނުގައި ބުނާ މުއްދަތު ހަމަވިއިރުވެސް އެ މިނިސްޓްރީން އެ މައުލޫމާތު ނުދެއްވިކަމަށް މިމައްސަލަ ހުށަހެޅި ފަރާތުން ބުނެއެވެެ.
އެހެންކަމުން ގާނޫނުގައިވާ ގޮތަށް އެ މައުލޫމާތު ހޯދުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ވަނީ ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު