ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޕާސްޕޯޓް ހިފަހެއްޓުމުގެ އަމުރެއް ނެރެދެވެން ނެތްކަމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
ކްރިމިނަލް ކޯޓުން މިގޮތަށް ނިންމީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިމެންދެން އެމަނިކުފާނުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނެރެދިނުމަށް ދައުލަތުން އެދުމުންނެވެ.
ދައުލަތުގެ ވަކީލުން މިމައްސަލަ ކޯޓަށް ހުށަހަޅުއްވަމުން ވިދާޅުވީ ޔާމީން ފިލާފާނެކަމުގެ ހެކި އެބަހުރިކަމަށެވެ. ނަމަވެސް ދައުލަތުގެ ފަރާތުން ހެކީގެ ގޮތުގައި ހުށަހަޅާފައިވަނީ ޔާމީންގެ ބެންކް އެކައުންޓްގެ ސްޓޭޓްމަންޓެކެވެ. އިތުރު ހެއްކެއް ހުށަހައެއް ނާޅައެވެ.
މިމައްސަލައިގައި ޔާމީންގެ ވަކީލުން ވިދާޅުވީ ދައުލަތުން މައްސަލަ ހުށަހެޅީ ޖެއްސުން ކުރުމުގެ ނިޔަތުގައި ކަމަށެވެ. އަދި ރައީސް ޔާމީންގެ ޕާސްޕޯޓެއްވެސް ނެތްކަމަށާއި އެމަނިކުފާނު ފިލައިގެން ވަޑައިގަންނަވާކަށްވެސް ނޫޅުއްވާކަމަށް ރައީސް ޔާމީންގެ ވަކީލުން ވިދާޅުވިއެވެ.
މިމައްސަލައިގައި ދެ ފަރާތުން ދެއްކި ވާހަކައަށް ފަހު ކްރިމިނަލް ކޯޓުން އިއްވި ހުކުމްގައި ބުނީ ރައީސް ޔާމީންގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނެރެދެވެން ނެތްކަމަށެވެ. އެގޮތުން ޔާމީންގެ ޕާސްޕޯޓަކީ މުއްދަތު ހަމަވެފައިވާ ޕާސްޕޯޓެއްކަމަށާއި، އެހެންކަމުން ވުޖޫދުގައި ނެތް އެއްޗެއް ހިފެހެއްޓުމުގެ މާނައެއް ނެތްކަމަށް ހުކުމްގައި ފާހަގަކޮށްފައިވެއެވެ. މީގެއިތުރުން ރައީސް ޔާމީން ޕާސްޕޯޓް ހައްދައިގެން ރާއްޖެއިން ބޭރަށް ފުރަން މަސައްކަތްކޮށްފިނަމަ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް އެދެވިދާނެކަމަށްވެސް ކްރިމިނަލް ކޯޓުގެ ހުކުމްގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު