އަހުމަދު މަސްނޫމް   7 ޑިސެމްބަރު 2021 - 3:40
ތާޖުއްދީން ސްކޫލްގެ ސްޓާފް ރޫމަށް ބަޔަކު ވަދެ، ވަގަށް ނެގި ތަކެތި ހޯދައިފިއެވެ.

ފުލުުހުން ބުނީ ތާޖުއްދީން ސުކޫލްގެ ސްޓާފް ރޫމަށް ބަޔަކު ވަދެ، ވައްކަންކޮށްފައިވާކަމުގެ މައުލޫމާތު މިއަދު ހެނދުނު 10:00 ހާއިރު ލިބިފައިވާކަމަށެވެ. އަދި ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި ހިމެނޭ 7 ޓެބްލެޓަކާއި ހޭންޑްބޭގެއް މިއަދު ހޯދާފައިކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ބުނީ ވަގަށް ނެގި ތަކެތި ހޯދާފައިވަނީ ސީސީސީޓީވީ ފުޓޭޖްގެ އެހީގައި ކަމަށެވެ. އެތަކެތި ފެނިފައިވަނީ މާލޭގެ ގެއެއްގައި ފޮރުވާފައި ހުއްޓާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށާއި ނަމަވެސް މިމައްސަލަ ތަހުގީގު ކުރަމުންދާކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު