ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ދެ މީހަކު ހޯދަން އިއުލާންކޮށްފިއެވެ.
މި އަމުރުތަކާ ގުޅިގެން ހޯދަމުންދަނީ، ކ. މާލެ/ ވ. ރާހި، މުޙައްމަދު ބާޤިރު (50އ) އާއި ލ. މާމެންދޫ / ދަނޑުމަތީގެ، އިބްރާހިމް ޝަރީފް (40އ) އެވެ.
މުޙައްމަދު ބާޤިރު ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމް ތަންފީޛްކުރުމުގެ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ޙާޟިރުކުރަން ބޭނުންވެ، ޙާޟިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން 2021 ޑިސެމްބަރު 8 ވަނަ ދުވަހުގެ 09:30 އަށް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.
އިބްރާހިމް ޝަރީފް ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމް ތަންފީޛްކުރުމުގެ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ޙާޟިރުކުރަން ބޭނުންވެ، ޙާޟިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން 2021 ޑިސެމްބަރު 8 ވަނަ ދުވަހުގެ 10:30 އަށް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.
މީގެކުރިންވެސް މުޙައްމަދު ބާޤިރު އެތައް ފަހަރެއްގެ މަތިން ހޯދަން ވަނީ އިއުލާންކޮށްފައެވެ. ނަމަވެސް އޭނާ ދިރިއުޅެނީ ޔޫކޭގައިކަމަށާއި، އޭނާ މެލޭޝިޔާއަށްވެސް ދަތުުރުކުރާކަމަށް މައުލޫމާތު އެނގޭ މީހުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު