"އިންޑިއާ އައުޓް" ކެމްޕެއިނަށް ތާއީދު ހޯދުމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަތޮޅުތަކަށް ދަތުރުފުޅެއް ފަށްޓަވަން ނިންމަވައިފިއެވެ.
ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަދި ޕީއެންސީގެ ނާއިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ "މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ޕެޓިޝަނަށް ސޮއި ހޯއްދަވަން ރައީސް ޔާމީން ރަށްރަށަށް ދަތުރުފުޅު ކުރަށްވަން ހަމަޖެހިފައިވާކަމަށެވެ. އަދި މި ދަތުރުތަކުގައި އިދިކޮޅުގެ އިސްވެރިންވެސް ބައިވެރިވާނެކަމަށް ޝުޖާއު ވިދާޅުވިއެވެ.
"އިންޑިއާ އައުޓް" ކެމްޕެއިނަށް ތާއީދު ހޯދުމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަތޮޅުތަކަށް ދަތުރުފުޅެއް ފަށްޓަވަން ނިންމެވި ނަމަވެސް ދަތުރުތައް ފަށާނެ އިރެއް ޝުޖާއު ވިދާޅެއް ނުވެއެވެ.
"އަޅުގަނޑުމެން އަތޮޅު ތެރޭގެ ރަށްރަށަށް އެބަ ދަން ރައީސް ޔާމީނާ އެކީގައި. ތިޔަ ރައްޔިތުން މިވަގުތުން ފެށިގެން ކުރަންވީ ކަމަކީ އަޅުގަނޑުމެން މި ކޯލިޝަނުން ރައީސް ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވައިފައި އޮތް މިނިވަންކަމުގެ ދިފާއުގައި ދިވެހިން މި ޕެޓިޝަނަށް ސޮއި ހޯދުން." ޝުޖާއު ވިދާޅުވި އެވެ.
އިންޑިއާ އައުޓް ކެމްޕެއިން ވަރުގަދަކުރުމަށް އިދިކޮޅުން މަސައްކަތްކުރާއިރު، ރައީސް ޔާމީން ވަނީ އިންޑިއާ އައުޓް ކެމްޕޭނަކީ އެމަނިކުފާނުގެ އިރުޝާދުގެ ދަށުން ސީދާ އެމަނިކުފާނު އިސްވެ ހުންނަވައިގެން ފެށި، އަދި އެމަނިކުފާނު ވިދާޅުވާ ގޮތައް ކުރިއަށް ގެންދާ ކެމްޕޭނެއް ކަމަށް ވިދާޅުވެފައެވެ.
އެންމެފަހުން ބޭއްވި ޕީޕީއެމްގެ ޖަލްސާގައި އެމަނިކުފާނު ވަނީ އެތައް ރައްޔިތުންނެއް ތަމްސީލް ކުރާ ލީޑަރެއްގެ ހައިސިއްޔަތުން އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމަށް ގޮވާލައްވައި އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް ފާޅުގައި އަޑުއުފުއްލަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު