އަހުމަދު މަސްނޫމް   7 ޑިސެމްބަރު 2021 - 14:43
އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަންގެ ބަންދުގައި ހުރި މީހަކު 2 ފުލުހެއްގެ ލޮލަށް ބްލީޗު ޖަހައިފިއެވެ.

ފުލުހުން ބުނީ ފުލުހުންގެ ލޮލަށް ބްލީޗް ޖަހާފައިވަނީ އިއްޔެ ހަވީރު ހިތަދޫ ޕޮލިސް ސްޓޭޝަންގައި ބަންދު ކޮށްފައި ހުރި މީހަކުކަމަށެވެ. އަދި ބްލީޗު ޖެހުމާއި ގުޅިގެން އެ ދެ ފުލުހުންނަށް މިހާރު އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

މިކަން ހިނގަން މެދުވެރިވި ސަބަބެއް މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު