އަހުމަދު މަސްނޫމް   7 ޑިސެމްބަރު 2021 - 16:22
ދިވެހި ދައުލަތަށް އެކި ހިދުމަތްތައް ކުރެއްވި ކެލާ އަލީ އިބްރާހީމް މަނިކު (ކެލާ އަލިބެ) އަވަހާރަވެއްޖެއެވެ.

ކެލާ އަލީ އިބްރާހީމް މަނިކު (ކެލާ އަލިބެ) އަވަހާރަވީ އާލާސްކަންފުޅާ ގިނަ ދުވަސްތަކަކު އުޅުއްވުމަށް ފަހުގައެވެ.

ކެލާ އަލީ އިބްރާހީމް މަނިކު ވަނީ ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ހާއްސަ މަޖިލީހުގައި ހއ. އަތޮޅު މެންބަރުކަން ކުރައްވާފައެވެ. މީގެއިތުރުން ދިވެހި ބަހާއި އަދަބިއްޔާތަށް ވެސް ވަރަށް ގިނަ ހިދުމަތްތައް ކުރެއްވި އަލިބެ ވަނީ ފަތްތޫރައިގައި ވަރަށް ގިނަ ލިއުންތައް ލިޔުއްވާފައިވެއެވެ.

މީގެއިތުރުން އަލިބެ އަކީ އެކި މުނާސަބަތުތަކާއި ގުޅުވައިގެން ރީތި ޅެންތަކެއްވެސް ހައްދަވައިދެއްވާފައިވާ ބޭފުޅެކެވެ.

އަލިބެގެ ބޭފުޅުންގެ ތެރެއިން އެންމެ ފާހަގަކުރެވޭ ބޭފުޅުންގެ ތެރޭގައި ދީނީ އިލްމުވެރިޔާ އަދި ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ފައްޔާޒު އަލި މަނިކު ހިމެނިވަޑައިގަންނަވައެވެ.



ކިޔުންތެރިންގެ ހިޔާލު