މިއަހަރުގެ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ފަރާތުން މަސްވެރިންގެ ފޯރަމެއް ބާއްވަން ނިންމައިފިއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މިމަހުގެ 10 ވަނަ ދުވަހު ކ. ގާފަރުގައި ފާހަގަކުރުމަށް ހަމަޖެހިފައިވާ 41 ވަނަ މަސްވެރިންގެ ދުވަހާއި ގުޅުވައިގެން، މަސްވެރިންގެ ފޯރަމެއް ބޭއްވުމުގެ ތައްޔާރީތައް މިހާރު އެރަށުގައި ކުރިއަށްދާކަމަށެވެ.
މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މި މަހުގެ 8 ވަނަ ދުވަހާއި 9 ވަނަ ދުވަހު ކުރިއަށްގެންދާ މި ފޯރަމް ބޭއްވުމުގެ މަޤުޞަދަކީ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގައި ހުރި ގޮންޖެހުންތައް ސީދާ އެ ސިނާޢަތުގައި ހަރާކާތްތެރިވާ ފަރާތްތަކުގެ ކިބައިން ދެނެގަނެ އެކަންކަން ހައްލުކުމަށް މަސައްކަތްކުރުންކަމަށް މިނިސްޓްރީން ބުނެއެވެ.
މި ފޯރަމްގައި މަސްވެރިންނާއި އޮޑިވެރިން އަދި މަސްވެރިކަމުގައި ހަރަކާތްތެރިވާ ކުންފުނިތަކާއި ޖަމިއްޔާ ޖަމާޢަތްތައް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.
މި ފޯރަމްގައި މަސްވެރިކަމުގެ ސިނާއަތުގައި ހުރި ގޮންޖެހުންތަކާއި ގުޅޭ ގޮތުން މަޝްވަރާކުރުމާއި، މަސްވެރިކަމުގެ އުޅަނދުފަހަރަށް އަންނަމުންދާ ބަދަލުތަކާއި ފަސްވަނަ ޖެނެރޭޝަންގެ މަސްވެރި އުޅަނދު ޑިޒައިންކުރުމުގެ މަސައްކަތާއި ގުޅޭގޮތުން މަޝްވަރާކޮށް، މޯލްޑިވެސް ސީފުޑް ޕްރޮސެސަރސް އެންޑް އެކްސްޕޯޓަރޒް އެސޯސިއޭޝަން (އެމް.އެސް.ޕީ.އީ.އޭ) އިން ތަރައްޤީކޮށްފައިވާ ފިޝަރީޒް އިމްޕްރޫވްމަންޓް ޕްރޮޖެކްޓާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ދިރޭއެމުގެ މަސްވެރިކަމުގައި ހުރި ކަންބޮޑުވުންތަކާއި މަސްވެރިކަމުގެ މައުލޫމާތު ފޮނުވުމުގައި ހުރި މައްސަލަތައް ދެނެގަނެ، މި ސަރުކާރުގެ މެނިފެސްޓޯގެ ތެރޭގައި ހިމެނޭ ނޫރާއްޖެ ޕްރޮގްރާމްގެ ތަޢާރަފްދެއްވުމަށް ހަމަޖެހިފައިވާކަމަށްވެސް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން މަޢުލޫމާތުދެއެވެ.
މިއަހަރުގެ މަސްވެރިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ތަފާތު ހަރަކާތްތައް ކ. ގާފަރުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު