އިސްލާމްދީނާއި ދިވެހިރާއްޖޭގައި ހަދާފައިވާ ގާނޫނުތަކާއި ހިލާފަށް މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒަކުން ހަރަކާތެއް ހިންގައިފިނަމަ އެ މަރުކަޒަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ބުނެފިއެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން މިހެން ބުނެފައި މިވަނީ ރާއްޖޭގެ އަމިއްލަ ކޮލެޖެއް ކަމުގައިވާ ކްލިކް ކޮލެޖްގެ ހަރަކާތެއްގައި ކްރިސްޓިއަން ދީން ތަމްސީލް ކުރާ ލަވައެއް ޖެހި މައްސަލައެއް ހޫނުވެ ބައެއް ދީނީ އިލްމުވެރިންނާއި އާންމުން ވަރަށް ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.
ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދިވެހިރާއްޖެއަކީ 100 ޕަސަންޓް މުސްލިމު ގައުމެއް ކަމަށާއި އަދި ގާނޫނު އަސާސީގެ 10 ވަނަ މާއްދާގެ (ހ) ގައި ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށްވެސް ބުނެފައިވާ ކަމަށެވެ. އެހެންކަމުން ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮންނަ ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަކީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، ރާއްޖޭގެ އަމަންއަމާންކަމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
މީގެއިތުރުން ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމަކީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުން ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ މައްޗަށް ލާޒިމުވެގެންވާ ކަމެއް ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެެވެ. ނަމަވެސް ބައެއް ފަރާތްތަކުން އިސްލާމްދީނާ ޚިލާފު އަދި ގާނޫނުތަކާއި ގަވާއިދުތަކާ ފުށުއަރާ ކަންކަން ކުރުމަށްފަހު، އެކަންކަމަކީ އޮޅުމަކުން ހިނގާފައިވާ ކަމެއް ކަމަށް ބުނެ މައާފަށް އެދި އެއީ އާދައިގެ ކަންތައްތަކެއް ކަމުގައި ދެކޭކަން މިނިސްޓްރީއަށް ފާހަގަކުރެވޭ ކަމަށްވެސް ބަޔާނުގައިވެެއެެވެ. އެފަދަ ކަންކަމަކީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގަވާއިދުގެ ހަވަނަ މާއްދާގައިވާ ގޮތުން މަނާ ކަމެއް ކަން މިނިސްޓްރީގެ ބަޔާނުގައި ހަނދާންކޮށްދީފައި ވެއެވެ.
ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގެ ބަޔާނުގައި ބުނީ މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކުން ހިންގާ ކޮންމެ ހަރަކާތަކީ އިސްލާމްދީނާއި ދިވެހިރާއްޖޭގެ ގާނޫނުތަކާ ހިލާފު ނުވާ ގޮތުގެ މަތިން ހިންގާ ހަރަކާތަކަށް ވުމަކީ ލާޒިމު ކަމެއް ކަމުގައި ވާން ޖެހޭނެ ކަމަށެވެ. އަދި އެފަދަ ހަރަކާތްތަކުގައި ބޭނުންކުރާ ކޮންޓެންޓަކީ އިސްލާމްދީނާއި ގާނޫނުތަކާ ފުށުއެރުމެއް ނުވާ ތަކެތިކަން ކަށަވަރުކުރުމަކީ އެ ހަރަކާތެއް ރާވައި އިންތިޒާމުކުރާ ފަރާތެއްގެ ޒިންމާއެއް ކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
"އިސްލާމްދީނާއި ދިވެހިރާއްޖޭގައި ހެދިފައިވާ ގާނޫނުތަކާއި ހިލާފަށް މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒަކުން ހަރަކާތެއް ހިންގައިފިނަމަ، ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކުގެ ދަށުން އެމަރުކަޒަކާ މެދު ފިޔަވަޅު އެޅޭނެ އެވެ." މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވެއެވެ.
ކްލިކް ކޮލެޖުގެ އާންމު ހަރަކާތެއްގައި ނަސާރާ ދީނުގެ ލަވަ ޖެހި މައްސަލަ ހޫނުވުމުން ކްލިކް ކޮލެޖުން ބުނީ އެއީ އޮޅުމަކުން ހިގާފައިވާ ކަމެއް ކަމަށެވެ. އެ ކޮލެޖުން އެކަމަށްޓަކައި ދިވެހި ރައްޔިތުންގެ ކިބައިން މައާފަށްވެސް އެދިފައެވެ. އިސްލާމިކް މިނިސްޓްރީން މިހާރު ވަނީ އެމައްސަލަ ފުލުހަށްވެސް ހުށައަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު