ކުރީގެ ހޯމް މިނިސްޓަރަށް ދައުވާ ކުރުމަށް އޭސީސީން ޕީޖީ އޮފީހަށް ފޮނުވުމުން ރިޔާސީ ކެމްޕޭން މެދުކަނޑާލައްވާފައިވާ ކަމަށް އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަން އިއުލާން ކުރައްވާފައިވާ އުމަރު ނަސީރު ވިދާޅުވެއްޖެއެެވެ.
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ދައުވާ ކުރަން އޭސީސީން ޕީޖީ އޮފީހަށް ފޮނުވައިފައިވަނީ 2015 ވަނަ އަހަރުގެ ތެރޭގައި، ހޯމް މިނިސްޓްްރީން ކުށްވެރިންގެ ފައިގައި ޓެގު އެޅުވުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ އުމަރާއި ވިޔަފާރީގެ ގޮތުން ގާތްގުޅުން އޮންނަ ފަރާތެއްގެ ކުންފުންޏަކަށް ކަމަށް ބުނާ މައްސަލައިގައެވެ.
އުމަރުގެ ނަސީރުގެ މައްޗަށް ކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ. އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުުރައްވާނެކަން އިއުލާން ކުރައްވާފައިވާ އުމަރު ނަސީރު މިކަމާބެހޭ ގޮތުން ވިދާޅުވީ، އޭނާ ވަކި ފަރާތަކަށް ނާޖައިޒު ފައިދާ ހޯދައިދިން ކަމަށް ތުހުމަތުކުރާ މައްސަލައިގައި ދައުވާ ކުރަން ނިންމާފައިވާކަން އޭސީސީން އަންގައިފައިވާ ކަމަށެވެ. އުމަރު ވިދާޅުވީ އެ މައްސަލައިގައި ބުނާ އިލެކްޓްރޯނިކް-ޓެގް ގެ ޕްރޮޖެކްޓް މިނިސްޓްރީން ހަވާލު ކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ޤަވާޢިދާއި އެއްގޮތްވާގޮތުގެ މަތިން، އާންމުކޮށް އިޢުލާން ކޮށްގެން، ހުޅުވާލެވިފައިވާ ބިޑެއްގައި އެންމެ ކުޑަ އަގުހުށަހެޅިފަރާތަށް ކަމަށެވެ.
"ވީމާ، މި މައްސަލައިގައި ދައުލަތުން ވަކި ފައިސަލާއެއް ކުރެއްވުމަށް 90 ދުވަހުގެ މުއްދަތަށް އަޅުގަޑުގެ ރިޔާސީ ކެމްޕޭން ވަގުތީގޮތުން މެދުކަޑާލައިފީމެވެ." އުމަރު ވިދާޅުވިއެވެ.
މީގެ އިތުރުން އުމަރު ނަސީރު ވިދާޅުވީ ދިވެހި ދައުލަތުގެ މަތީ މަޤާމް ތަކަށް އަންނަ މީހުންނަކީ ފަސްބައިގައި އެއްވެސް ކިލަބު ކަމެއްނެތް މީހުންނަށް ވާންޖެހޭނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިލެކްޓްރޯނިކް ޓެގް ބޭނުންކޮށްގެން ކުށްވެރިން ބެލެހެއްޓުމުގެ ޚިދުމަތްދޭނެ ފަރާތެއް ހޯދުމަށް ހޯމް މިނިސްޓްރީން ކޮށްފައިވާ އިޢުލާނާ ގުޅޭ ކަންކަން އެ މިނިސްޓްރީން ކުރިއަށް ގެންގޮސްފައިވަނީ އާންމުކޮށް އަމަލުކުރަމުން އައި އުޞޫލުގެ ބޭރުން، އުމަރުގެ ބެލުމުގެ ދަށުން އޭނާގެ އިރުޝާދުގެ ދަށުން ކަމަށެވެ. އެ އިއުލާނާ ގުޅިގެން ހުށަހަޅާފައިވާ ބިޑުތަކުގެ ތެރެއިން ޓެގް އަޅުވައި ބަލަހައްޓާނެ ގޮތުގެ ޓްރައަލް ދައްކާފައިވާ ސްޓެލްވާޓް މޯލްޑިވްސްގެ ހިއްސާދާރުންގެ ތެރޭގައި ހިމެނޭ 04 ފަރާތަކީ ވެސް އުމަރާއި ގާތްގުޅުން އޮންނަ ފަރާތްތައް ކަމަށް އޭސީސީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. އޭގެތެރެއިން ދެ ހިއްސާދާރުންނަކީ އުމަރުގެ ވިޔަފާރި ޕާޓްނަރުން ކަމަށްވާތީ ދައުލަތުގެ މާލިއްޔަތު ގަވާއިދު (2009) ގެ ބާބު 15 ގެ 3 ވަނަ މާއްދާގެ (ނ) ގެ 8 ގައި ބަޔާންކޮށްފައިވާގޮތަށް އެފަރާތްތަކަކީ އުމަރުގެ ކްލޯޒް އެސޯސިއޭޓުން ކަމަށް އޭސީސީން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން، ސްޓެލްވާޓަކީ އުމަރުގެ މަސްލަހަތު ފުށުއަރާ ފަރާތްތަކެއްގެ ކުންފުންޏެއް ކަމަށް އޭސީސީން ބުނެ އެވެ.
"ދައުލަތުގެ މާލިއްޔަތު ގަވާއިދު 2009 ގެ 8.20 އާ ޚިލާފަށް ބިޑު ކޮމެޓީއަށް ހުށަނާޅާ މި މަސައްކަތް ސްޓެލްވާޓާ ޙަވާލުކުރުމުގެ ޕްރޮސެސް ކުރިޔަށް ގެންގޮސްފައިވަނީ އުމަރު ނަސީރަށް ލިބިގެން ނުވާ ބާރެއް ބޭނުންކޮށް މަޤާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް ސްޓެލްވާޓަށް ފައިދާ ހޯދާ ދިނުމަށްކަން މި މައްސަލައިގެ ތަޙްޤީޤުން ފާހަގަކުރެވެއެވެ." އޭސީސީ އިން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު