އިސްލާމްދީން ފިޔަވައި އެހެން ދީންތަކަށް އިހްތިރާމް ކުރުމަކީ އެމީހުންގެ ދީނީ އަޅުކަންތަކުގައި ބައިވެރިވުން ނޫން ކަމަށް ދީނީ އިލްމްވެރިޔާ އައްޝަައިހް އަލީ ޒައިދު ވިދާޅުވެއްޖެއެެވެ.
ޒައިދު މިހެން ވިދާޅުވީ އާ އަހަރާއި ދިމާކޮށް ކްރިސްޓިއަން ދީނުގެ ހަރަކާތެއްް ކަމަށްވާ ކްރިސްމަސް ޑޭ ޣައިރު މުސްލިމުން ފާހަގަކުރާއިރު، އެކަމުގައި ބައެއް ދިވެހިން ބައިވެރިވާތީ އެކަމާ މެދު ދީނީ އިލްމްވެރިން ކަންބޮޑުވުުން ފާޅުކުރަމުން ގެންދާ ދަނޑިވަޅެއްގައެވެ. އެކަމަށް އިޝާރަތް ކުރައްވައި ރާއްޖޭގެ ދީނީ އިލްމްވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އައްޝައިހް އަލީ ޒައިދު ވިދާޅުވީ އެހެން ދީންތަކަށް އިޙުތިރާމު ކުރުމަކީ އެމީހުންގެ ދީނުގެ އަޅުކަންތަކުގައި މުސްލިމުން ބައިވެރިވުން ނޫން ކަމަށެވެ. ޒައިދު ވަނީ އެހެން ދީންތަކަށް އިހްތިރާމް ކުރުމާއި އަޅުކަންތަކުގައި ބައިވެރިވުން އޮޅުވާނުލުމަށް ގޮވާލައްވާފައެވެ.
"އެފަދަ ކަންކަމުގައި އިސްލާމަކު ބައިވެރިވުމަކީ މުޅިން މަނާކަމެއް!" ޒައިދު ވިދާޅުވިއެެވެ.
ޒައިދުގެ ވާހަކަތަކަށް ދީނީ އިލްމްވެރިޔާ ޑރ. މުހަންމަދު އިޔާޒްވެސް ވަނީ ތާއިދު ކުރައްވާފައެވެ. އެގޮތުން ޑރ. އިޔާޒް ވަނީ މުސްލިމުން އެހެން ދީންތަކުގެ އަޅުކަންތަކުގައި ބައިވެރިކުރުވުމަކީ މުސްލިމުންގެ ދީނަށް ގަދަރު ކުޑަކުރުމަށް ނުވޭތޯއޭ ވިދާޅުވެ ސުވާލު ކުރައްވާފައެވެ. އެސުވާލަށް ޖަވާބު ދެއްވަމުން ޒައިދު ވިދާޅުވީ އެކަމަކީ އިސްލާމްދީނުގެ ގަދަރު ކުޑަކުުރުން ކަމުގައި ވާނެ ކަމަށެވެ.
ގައިރު ދީންތަކުގެ މީހުންގެ ފާހަގަކުރާ އެމީހުންގެ އެކި އީދުތަކާއި މުނާސަބާ ތަކުގައި ދިވެހިން ބައިވެރިވެ އެދުވަސްތައް ފާހަގަކުރަމުންދާ މައްސަލަ މިފަހުން ފެންމަތިވެ ބޮޑު ބަހުސަކަށްވީ އއ. އުކުޅަހުގެ ގެސްޓްހައުސެއްގައި ކްރިސްމަސް ފާހަގަކުރަން ކްރިސްމަސް ގަހެއް ބަހައްޓައިގެން އެކަމަށް ތައްޔާރުވަމުން ދާ ފޮޓޯ ތަކެއް މީސް މީޑިއާގައި ލީކުކޮށްލި ފަހުންނެވެ. އެކަމަށް ތައްޔާރުވަމުން ދަނިކޮށް އެރަށު ރައްޔިތުން ނުކުމެ ވަނީ އެކަން ހުއްޓުވާފައިވާ އެވެ.
އޭގެކުރިން ރާއްޖޭގެ އަމިއްލަ ކޮލެޖަކުން ކުޑަކުދިންތަކެއް ބައިވެރިކޮށްގެން ހިންގި ހަރަކާތެއްގައި ކްރިސްޓިއަން ދީނުގެ ލަވައެއް ޖެހި މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ.

އެހެން ދީންތަކަށް އިޙުތިރާމު ކުރުމަކީ ގޮސް އެމީހުންގެ ދީނުގެ އަޅުކަންތައް ތަކުގައި މުސްލިމުން ބައިވެރިވުމެއް ނޫން އިނގޭތޯ! މި 2 ކަންތައް އޮޅުވާނުލައްވާ! އެފަދަ ކަންކަމުގައި އިސްލާމަކު ބައިވެރިވުމަކީ މުޅިން މަނާކަމެއް!
— Ali Zaid (@alizaid1000) December 7, 2021
"އެފަދަ ކަންކަމުގައި އިސްލާމަކު ބައިވެރިވުމަކީ މުޅިން މަނާކަމެއް!" ޒައިދު ވިދާޅުވިއެެވެ.
ޒައިދުގެ ވާހަކަތަކަށް ދީނީ އިލްމްވެރިޔާ ޑރ. މުހަންމަދު އިޔާޒްވެސް ވަނީ ތާއިދު ކުރައްވާފައެވެ. އެގޮތުން ޑރ. އިޔާޒް ވަނީ މުސްލިމުން އެހެން ދީންތަކުގެ އަޅުކަންތަކުގައި ބައިވެރިކުރުވުމަކީ މުސްލިމުންގެ ދީނަށް ގަދަރު ކުޑަކުރުމަށް ނުވޭތޯއޭ ވިދާޅުވެ ސުވާލު ކުރައްވާފައެވެ. އެސުވާލަށް ޖަވާބު ދެއްވަމުން ޒައިދު ވިދާޅުވީ އެކަމަކީ އިސްލާމްދީނުގެ ގަދަރު ކުޑަކުުރުން ކަމުގައި ވާނެ ކަމަށެވެ.
ގައިރު ދީންތަކުގެ މީހުންގެ ފާހަގަކުރާ އެމީހުންގެ އެކި އީދުތަކާއި މުނާސަބާ ތަކުގައި ދިވެހިން ބައިވެރިވެ އެދުވަސްތައް ފާހަގަކުރަމުންދާ މައްސަލަ މިފަހުން ފެންމަތިވެ ބޮޑު ބަހުސަކަށްވީ އއ. އުކުޅަހުގެ ގެސްޓްހައުސެއްގައި ކްރިސްމަސް ފާހަގަކުރަން ކްރިސްމަސް ގަހެއް ބަހައްޓައިގެން އެކަމަށް ތައްޔާރުވަމުން ދާ ފޮޓޯ ތަކެއް މީސް މީޑިއާގައި ލީކުކޮށްލި ފަހުންނެވެ. އެކަމަށް ތައްޔާރުވަމުން ދަނިކޮށް އެރަށު ރައްޔިތުން ނުކުމެ ވަނީ އެކަން ހުއްޓުވާފައިވާ އެވެ.
އޭގެކުރިން ރާއްޖޭގެ އަމިއްލަ ކޮލެޖަކުން ކުޑަކުދިންތަކެއް ބައިވެރިކޮށްގެން ހިންގި ހަރަކާތެއްގައި ކްރިސްޓިއަން ދީނުގެ ލަވައެއް ޖެހި މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ.
ކިޔުންތެރިންގެ ހިޔާލު