ޑރ.އަބުދު ﷲ ނަޒީރު (ވައަތް ފަރާތު) ފޮޓޯ އަވަސް
ޑރ.އަބުދު ﷲ ނަޒީރު (ވައަތް ފަރާތު) ފޮޓޯ އަވަސް
ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި ހުންނެވި ޑރ. ޢަބްދުﷲ ނަޒީރުގެ މަގާމު ގެއްލުނު އިރު ޚިދުމަތުގެ މުއްދަތު ގުނާފައިވަނީ އެހެންޏާ އަމަލު ކުރާ ގޮތާ ތަފާތުކޮށް ކަމަށާއި އެ ގޮތަށް އެކަން ނުކުރެވޭނެ ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ހުކުމްކޮށްފިއެވެ.

ވަޒީފާއާއިބެހޭ  ޓްރައިބިއުނަލުން އެގޮތަށް ނިއްމީ ޖޭއެސްސީގެ ގާނޫނަށް ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހުތަކާއިއެކު ޑރ. ނަޒީރުގެ މަގާމު ގެއްލުމުން، އޭނާއަށް ރިޑަންޑަންސީގެ އިނާޔަތްތައް ކަނޑައެޅުމުގައި އަމަލު ކުރި ގޮތާމެދު ހިތްހަމަ ނުޖެހިގެން ޑރ. ނަޒީރު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައެއް ބެލުމަށްފަހުއެވެ.

ޓްރައިބިއުނަލުން ޖޭއެސްސީއާ ދެކޮޅަށް ނިންމި އެނިންމުމުގައި ބުނެފައިވަނީ ޑރ. ނަޒީރުގެ މަގާމު ގެއްލުމުން އޭނާއަށް ރިޑަންޑެންސީ އިނާޔަތްތައް ދިނުމުގައި ޖޭއެސްސީގެ ސިޓީއަކާ ހަވާލާދީ އަމަލުކޮށްފައިވަނީ މީގެކުރިން އަމަލު ކުރަމުން އައިސްފައިވާ ގޮތަށް ނޫން ކަމަށެވެ. އަދި އެ ގޮތަށް އަމަލު ކުރުމަކީ މުވައްޒަފުންގެ މެދުގައި ތަފާތު ކުރުމެއް ކަމަށްވެސް ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ތިން މެންބަރުންގެ އިއްތިފާގުން ވަނީ ކަނޑައަޅާފައެވެ.

ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ޑރ. ނަޒީރު އައްޔަންކޮށްފައިވަނީ ދެހާސް އަށާރަވަނަ އަހަރު އެވެ. ޑރ. ނަޒީރުގެ މަގާމު ގެއްލިފައިވަނީ ޖޭއެސްސީ ގާނޫނަށް އެމްޑީޕީން ގެނައި އިސްލާހަކާއި ގުޅިގެންނެވެ. އޭގެ ފަހުން އެ މަގާމު އަދާކުރައްވަނީ އާއިޝަތު ރިޒްނާއެވެ. ޓްރައިބިއުނަލްގެ ނިންމުން ޖޭއެސްސީން މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު