ކުށްވެރިން އިސްލާހުކުރުމަށާއި ރީއޮފެންޑިންގ މަދުކުރުމަށް ސަރުކާރުގެ ގުޅުންހުރި އޭޖެންސީތައް ގުޅިގެން މަސައްކަތްކުރަންޖެހޭކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ވިދާޅުވެއްޖެއެެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ޤައިދީންނަށް އަމާޒުކޮށްގެން ހިންގާ ރިހެބިލިޓޭޝަން ފްރޭމްވަރކްގެ ޕްރޮގްރާމްތައް ފުރިހަމަކުރި ގައިދީންނަށް ސެޓްފިކެޓް ދިނުމަށް މާފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ނަޒީރު ވިދާޅުވީ ޢާއިލާއާއި ޢާއިލާގެ އެހީތެރިކަމާއި ލޯބި ނުލިބޭ ހިސާބެއްގައި ޖަލުގެ ބެލުމުގެ ދަށުގައި ބަންދުވެ ތިބެގެން ޢިލްމެއް، ހުނަރެއް ދަސްކުރުމަކީ ކުޑަކަމެއް ނޫންކަމަށެވެ. އަދި ޕްރޮގްރާމްތަކުން ދަސްވެނިވި ފަރާތްތަކުން ކުރެއްވި ހިތްވަރު ސްޓޭޓް މިނިސްޓަރ ނަޒީރު ފާހަގަކުރެއްވިއެވެ.
ނަޒީރު ވިދާޅުވީ ޖަލަށް މީހުން އަންނަނީ އިޖުތިމާއީ އެކި މަސައްލަތަކާ ގުޅިގެން ކަމަށާ، މިއަދު ދަސްވެނިވި ފަރާތްތަކުން ޙާޞިލުކުރި ޢިލްމާއި ދަސްކުރި ހުނަރާ އެކީގައި ޖަލުގެ ދޮރުން މުޖްތަމައަށް ނިކުތުމަށްފަހު އެނބުރި ޖަލަށް ނާންނާނެ ގޮތަކަށް މަސައްކަތް ކުރައްވާނެކަން ޔަޤީންކުރައްވަން ބޭނުންވާކަމަށެވެ. އަދި ސަރަޚައްދީ ގޮތުން ބަލާއިރު ރާއްޖޭގައި ރީ-އޮފެންޑް ކުރާ ނިސްބަތް ގިނަކަން ފާހަގަކުރައްވައި، ޖަލުގައި ޙުކުމް ތަންފީޛުކުރުމުގެ މަރުހަލާގައި ހޭދަކުރާ ދުވަސްތައް ހެޔޮގޮތުގައި ހޭދަކުރުމަށާއި، މުޖްތަމަޢު އަދި ޢާއިލާއަށް ފައިދާހުރި މެންބަރެއްގެ ހައިޞިއްޔަތުން ޢަމަލާއި ވިސްނުމާއި ފިކުރު ބަދަލުކުރާނެކަމަށް ދެކިވަޑައިގަންނަވާކަމަށް ނަޒީރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަހްމަދު މުޙައްމަދުފުޅު ވަނީ ޖަލު ހިންގުމުގެ އެންމެ މައިގަނޑު މަގްޞަދަކީ ޖަލަށް ގެނެވޭ މީހުން ހެޔޮ ގޮތުގައި އަނބުރާ މުޖްތަމައަށް ނެރުންކަން ފާހަގަކުރައްވާފައެވެ. އެކަމަށް ކުރެވޭ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ޖަލުގައި ހިންގާ އެކި ތަފާތު ތަމްރީން ޕްރޮގްރާމްތައް ފުރިހަމަކޮށް، ހެޔޮގޮތުގައި އޭގެ ބޭނުންހިފައި، ޢަމަލީ މައިދާނުގައި އެ ޢިލްމުގެ ބޭނުންހިފާތަން ފެނުންކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.
ޢިލްމު އުނގެނުމަކީ ވަކި އުމުރަކަށް، ވަކި ފަންނަކަށް އަދި ވަކި މީހަކަށް އޮންނަކަމެއް ނޫންކަމަށާއި މި ޕްރޮގްރާމްތަކަށްފަހު ޢިލްމު އުނގެނުން ހުއްޓާނުލައި، އަމިއްލަ ފަރުދެއްގެ ގޮތުން ތަޢުލީމީ ރޮނގުން ކުރިއެރެން އޮތްގޮތްތައް ބަލައި އެކަން ހާޞިލްކުރުމަށް މަސައްކަތްކުރުމަށް ދަސްވެނިންނަށް ކޮމިޝަނަރ އިލްތިމާސްކުރެއްވިއެވެ. އަދި ސަރުކާރުން ޖަލުގެ ނިޒާމް ހިންގުން ހަރުދަނާކުރުމުގެ ގޮތުން އިސްކަންދެއްވާ ދެ ސިޔާސަތަކަށް އަލި އަޅުއްވާލައްވައި، ސީޕީ ވިދާޅުވީ ޖަލުގެ އާބާދީ ކުޑަކުރުމަށް ކޮމިއުނިޓީ ސަރވިސްފަދަ ކަންތައްތައް ކުރުމާއި ޖަލުގައި ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް މިހާރަށްވުރެ ރަނގަޅުކޮށް ފުޅާކުރުމަށް މަސައްކަތްކުރައްވާ ކަމަށެވެ.
ކޯވިޑް-19 އާ ގުޅިގެން ރޭވިފައިވާ ކަންތައްތައް އެ ތަރުތީބުން ކުރިއަށް ނުގެންދެވުނު ނަމަވެސް، މާފުށީ ޖަލުގައިއާއި އައްސޭރި ޖަލުގައި އިމާރާތްކުރާ ރިހެބިލިޓޭޝަން ސެންޓަރު ނިމުމުން، މިހާރު ޖަލުގައި ތިބި އާބާދީގެ ނިސްބަތުން 50 އިން ސައްތައަށް ވުރެ ގިނަ ޤައިދީންނަށް އެކި ޕްރޮގްރާމްތަކުގައި ޝާމިލްކުރެވޭނެ ޕިޒިކަލް އިންފްރާސްޓަރަކްޗަރ ޖަލުގައި ޤާއިމުކުރެވިގެންދާނެކަމަށާއި އޭގެ ސަބަބުން ވޮކޭޝަނަލް ތަމްރީންތައް ފުޅާކުރެވި، ތަމްރީންތަކުގައި ހިމެނޭ ފަރާތްތައް އިތުރުވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި 44 ޤައިދީން އެކި ކޯސްތަށް ފުރިހަމަކޮށްފައިވާއިރު، މި ރަސްމިއްޔާތުގައި ސެޓްފިކެޓް ހަވާލުކުރެވިފައިވަނީ މި ވަގުތު ޖަލުގައި ތިބި 24 ޤައިދީންނަށެވެ. މީގެ ތެރެއިން ހަޔަރ ޑިސްޓިންކްޝަން ހާޞިލްކުރި 11 ޤައިދީންނަށް ޝަރަފްވެރި މެހެމާން ވަނީ މެޑަލް ޙަވާލުކޮށްފައެވެ.
ރިހެބިލިޓޭޝަން ފްރޭމްވަރކަކީ ގައިދީން އިސްލާހުކޮށް، އެމީހުންނަށް ތައުލީމާއި ހުނަރު އުނގަންނައިދީ، މުޖްތަމައަށް ނުކުންނައިރު އެމީހުންނަކީ މުޖްތަމައު ބަލައިގަންނަ ފަދަ ހިދުމަތްތެރި، މަސައްކަތްތެރި މީހުންނަށް ހެދުމަށް ހިންގާ ޕްރޮގުރާމެކެެވެ.

ރިހެބިލިޓޭޝަން ފްރޭމްވަރކްގެ ޕްރޮގްރާމްތައް ފުރިހަމަ ކުރި ގައިދީންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ބާއްވައިފިhttps://t.co/bZZO7auGYw pic.twitter.com/Mvw2hkmNJD
— Maldives Correctional Service (@CorrectionsMv) December 7, 2021
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަހްމަދު މުޙައްމަދުފުޅު ވަނީ ޖަލު ހިންގުމުގެ އެންމެ މައިގަނޑު މަގްޞަދަކީ ޖަލަށް ގެނެވޭ މީހުން ހެޔޮ ގޮތުގައި އަނބުރާ މުޖްތަމައަށް ނެރުންކަން ފާހަގަކުރައްވާފައެވެ. އެކަމަށް ކުރެވޭ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ޖަލުގައި ހިންގާ އެކި ތަފާތު ތަމްރީން ޕްރޮގްރާމްތައް ފުރިހަމަކޮށް، ހެޔޮގޮތުގައި އޭގެ ބޭނުންހިފައި، ޢަމަލީ މައިދާނުގައި އެ ޢިލްމުގެ ބޭނުންހިފާތަން ފެނުންކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.
ޢިލްމު އުނގެނުމަކީ ވަކި އުމުރަކަށް، ވަކި ފަންނަކަށް އަދި ވަކި މީހަކަށް އޮންނަކަމެއް ނޫންކަމަށާއި މި ޕްރޮގްރާމްތަކަށްފަހު ޢިލްމު އުނގެނުން ހުއްޓާނުލައި، އަމިއްލަ ފަރުދެއްގެ ގޮތުން ތަޢުލީމީ ރޮނގުން ކުރިއެރެން އޮތްގޮތްތައް ބަލައި އެކަން ހާޞިލްކުރުމަށް މަސައްކަތްކުރުމަށް ދަސްވެނިންނަށް ކޮމިޝަނަރ އިލްތިމާސްކުރެއްވިއެވެ. އަދި ސަރުކާރުން ޖަލުގެ ނިޒާމް ހިންގުން ހަރުދަނާކުރުމުގެ ގޮތުން އިސްކަންދެއްވާ ދެ ސިޔާސަތަކަށް އަލި އަޅުއްވާލައްވައި، ސީޕީ ވިދާޅުވީ ޖަލުގެ އާބާދީ ކުޑަކުރުމަށް ކޮމިއުނިޓީ ސަރވިސްފަދަ ކަންތައްތައް ކުރުމާއި ޖަލުގައި ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް މިހާރަށްވުރެ ރަނގަޅުކޮށް ފުޅާކުރުމަށް މަސައްކަތްކުރައްވާ ކަމަށެވެ.
ކޯވިޑް-19 އާ ގުޅިގެން ރޭވިފައިވާ ކަންތައްތައް އެ ތަރުތީބުން ކުރިއަށް ނުގެންދެވުނު ނަމަވެސް، މާފުށީ ޖަލުގައިއާއި އައްސޭރި ޖަލުގައި އިމާރާތްކުރާ ރިހެބިލިޓޭޝަން ސެންޓަރު ނިމުމުން، މިހާރު ޖަލުގައި ތިބި އާބާދީގެ ނިސްބަތުން 50 އިން ސައްތައަށް ވުރެ ގިނަ ޤައިދީންނަށް އެކި ޕްރޮގްރާމްތަކުގައި ޝާމިލްކުރެވޭނެ ޕިޒިކަލް އިންފްރާސްޓަރަކްޗަރ ޖަލުގައި ޤާއިމުކުރެވިގެންދާނެކަމަށާއި އޭގެ ސަބަބުން ވޮކޭޝަނަލް ތަމްރީންތައް ފުޅާކުރެވި، ތަމްރީންތަކުގައި ހިމެނޭ ފަރާތްތައް އިތުރުވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި 44 ޤައިދީން އެކި ކޯސްތަށް ފުރިހަމަކޮށްފައިވާއިރު، މި ރަސްމިއްޔާތުގައި ސެޓްފިކެޓް ހަވާލުކުރެވިފައިވަނީ މި ވަގުތު ޖަލުގައި ތިބި 24 ޤައިދީންނަށެވެ. މީގެ ތެރެއިން ހަޔަރ ޑިސްޓިންކްޝަން ހާޞިލްކުރި 11 ޤައިދީންނަށް ޝަރަފްވެރި މެހެމާން ވަނީ މެޑަލް ޙަވާލުކޮށްފައެވެ.
ރިހެބިލިޓޭޝަން ފްރޭމްވަރކަކީ ގައިދީން އިސްލާހުކޮށް، އެމީހުންނަށް ތައުލީމާއި ހުނަރު އުނގަންނައިދީ، މުޖްތަމައަށް ނުކުންނައިރު އެމީހުންނަކީ މުޖްތަމައު ބަލައިގަންނަ ފަދަ ހިދުމަތްތެރި، މަސައްކަތްތެރި މީހުންނަށް ހެދުމަށް ހިންގާ ޕްރޮގުރާމެކެެވެ.
ކިޔުންތެރިންގެ ހިޔާލު