ޕީޕިއެމް އިން ބޭއްވި ޖަލްސާގެ ތެރެއިން
ޕީޕިއެމް އިން ބޭއްވި ޖަލްސާގެ ތެރެއިން
ހުޅުމާލޭގެ އެއްވެސް ސަރަހައްދެއްގައި އެއްވެސް ހަރަކާތެއް ބޭއްވޭނީ އެޗްޑީސީއަށް ލިޔުމުން ހުށަހަޅައިގެން ހުއްދަ ހޯދުމަށް ފަހުގައި ކަމަށް އެކޯޕަރޭޝަނުން ބުނެފިއެވެ.

އެޗްޑީސީން މިހެން ބުނެފައިވަނީ އިދިކޮޅު ކޯލިޝަނުން "ކޮތަރުކޮށި" ނަމުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޖަލްސާއެއް ބާއްވަން ނިންމައި އެކަން އިއުލާން ކޮށްފައިވަނިކޮށެވެ.

އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހުޅުމާލޭގެ އެއްވެސް ސަރަހައްދެއްގައި އެއްވެސް ހަރަކާތެއް ބޭއްވޭނީ އެ ކޯޕަރޭޝަނަށް ލިޔުމުން ހުށަހަޅައިގެން ހުއްދަ ހޯދުމަށް ފަހު އެކޯޕަރޭޝަނުން ކަނޑައަޅާ އުސޫލުތަކެއްގެ ތެރެއިން އެކަމަށް ހާއްސަ ކުރެވިފައިވާ ވަކި ސަރަހައްދެއްގައި ކަމަށެވެ. ނަމަވެސް، މީޑިއާގައި ދައުރުވަމުންދާ ޚަބަރުގައިވާ، ޕީޕީއެމް، ޕީއެންސީގެ ފަރާތުން ބޭއްވުމަށް ރާވަމުންދާ ހަރަކާތަކީ އެކޯޕަރޭޝަނުން ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް ހުއްދަ ނަގައިގެން ބޭއްވުމަށް ރާވަމުންދާ ހަރަކާތެއް ނޫން ކަމަށް އެކޯޕަރޭޝަނުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ނަމަވެސް މިފަދަ ހަރަކާތެއް ބޭއްވުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި އެކޯޕަރޭޝަނަށް ހުށައަޅައިގެން އެހެން ފަރާތްތަކުންވެސް އަމަލުކުރާ އުސޫލުގެ ތެރެއިން އެ ހުއްދައަށް އެދުމުގެ ފުރުސަތު އޮންނާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

"ކޮތަރުކޮށި" ނަމުގައި ކުރީގެ ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ ބޮޑު ޖަލްސާއެއް އަންނަ ހުކުރު ދުވަހުގެ ރޭ ހިޔާ ފްލެޓް ސަރަހައްދުގައި ބޭއްވުމަށް ނިންމައި ޕީޕީއެމުން ވަނީ އެކަން އިއުލާާންކޮށްފައެެވެ. ނަމަވެސް އެކަމަށް އެޗްޑީސީން ހުރަސް އަޅަމުންދާ ކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު


-2

ޯޮއޮޅުވާލިވޯ ޓު

09-Dec-2021

ބަލަގަ އެޗުޑީސީއާބެހޭތަނެނޫން ހުޅުމާލެ ފޭސްޓާކީ މޮޔަބޮލައް ާރާގެން ހަޖަމްނުވެގެން އެބުރެނީ އެއީ ރައީސްޔާމީނުގެ ތަރައްގީ