ދުނިޔޭގެ ދިރުމަށް ކަނޑުތައް ވަރަށް މުހިއްމުކަމަށާއި، ނަމަވެސް އެތަންތަން ވަނީ ނުރައްކަލުގެ ތެރޭގައިކަމަށް ރާއްޖޭގެ ހާރިޖީ ވަޒީރު އަދި އދގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިހެން ވިދާޅުވީ އާއްމު މަޖިލީހުގައި ބޭއްވި "އޯޝަންސް އެންޑް ދަ ލޯ އޮފް ސީ"ގެ ބައްދަލުވުން ފަށްޓަވައިދެއްވުމުގެ ގޮތުން ވާހަކަފުޅުދައްކަވަމުންނެވެ.
ޝާހިދު ވިދާޅުވީ ކަނޑުތަކަކީ ދުނިޔޭގެ 70 އިންސައްތަ ހިއްސާކުރާ ތަނެއްކަމަށާއި އެއީ ބިލިއަނެއްހާ އިންސާނުންނާއި ޖަނަވާރުންނަށް ބޭނުންވާ އެތައް ކަމެއް ހޯދާ ވަސީލަތެއްކަމަށެވެ. މީގެއިތުރުން ދުނިޔެއަށް ލިބޭ އޮކްސިޖަންގެ 50 އިންސައްތައަކީ ކަނޑުތަކުން ލިބޭ އެއްޗަކަށްވާއިރު، ދުނިޔޭގެ ޖައްވުން ކާބަންޑައިއޮކްސައިޑް އޮބްޒާވްކުރާވަރަށްވުރެ 50 ގުނަ އިތުރަށް ކަނޑުތަކުން ކަންބޮންޑައިއޮކްސައިޑް އޮބްޒާވްކުރާކަމަށް ޝާހިދު ވިދާޅުވިއެވެ.
ކަނޑުތަކަކަކީ އެތައް ގޮތަކުން ދުނިޔޭގެ ދިރުމަށް މުހިއްމު ތަނެއްނަމަވެސް، އެތަންތަން ވަނީ ނުރައްކަލުގެ ތެރޭގައިކަން ޝާހިދު ފާހަގަކުރެއްވިއެވެ. މިގޮތުން މޫސުމަށް އަންނަ ބަދަލުތަކާއި ވެއްޓަށް ދޭ ގެއްލުންތަކާއި ދެމެހެއްޓެނިވި ކަމެެއް ނެތި ކުރާ މަސްވެރިކަމަކީ ކަނޑުތައް ނުރައްކަލަށް ހުށަހެޅޭ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަންކަންކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ކަނޑުތައް ތަޣައްޔަރުވުމުގެ ސަބަބުން، އިންސާނުން ކާން ބޭނުންކުރާ ކަނޑު މަހުގެ ބާވަތްތަކަށް އޭގެ އަސަރުކޮށް، އިންސާނުންނަށް ވެސް އެކަމުގެ ނުރައްކަލާ ކުރިމަތިލާން ޖެހިފައިވާކަމަށެވެ.
ޝާހިދު ވިދާޅުވީ މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ނުރައްކާ ބޮޑީ، އަދި އެކަމުގެ އުނދަގޫ އެންމެ ބޮޑަށް ތަހައްމަލުކުރަމުންދަނީ ވަށައިގެން ކަނޑު އޮންނަ ކުދި ޖަޒީރާ ގައުމުތައްކަމަށެވެ.
އެގޮތުން މޫސުމީ ބަދަލުތަކުގެ ނުރައްކާ އޮތީ އިންސާނުންނަށް އެކަނި ނޫންކަމަށާއި، އެތައް ޖަނަވާރުތަކެއްވެސް ނެތި ދިއުމުގެ ބިރު އެކަމުގެ ސަބަބުން ކުރިމަތިވެފައިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ މިމައްސަލަތަކަކީ އެންމެންނަށް ރަނގަޅަށް މިކަމުގެ މައުލޫމާތު އެނގޭ މައްސަލަތަކެއް ކަމަށެވެ. ނަމަވެސް މިމައްސަލަ ހައްލުކުރުމަށް އަމަލީ މަސައްކަތްކުރަން އަދިވެސް ފަސްޖެހެމުންދާކަން ޝާހިދު ފާހަގަކުރެއްވިއެވެ.
އާންމު މަޖިލީހުގެ ރައީސް އިތުރަށް ވިދާޅުވީ މިކަމުގައި ގައުމުތައް ގުޅިގެން ފިޔަވަޅުތަކެއް އެޅުން ނޫން ގޮތެއް ނެތްކަމަށެވެ.
ޝާހިދު ވިދާޅުވީ އަންނަ އަހަރު ޕޯޗުގަލްގެ ލިސްބަންގައި ބާއްވާ އދގެ ކޮންފަރެންސް އޮން ދަ އޯޝަނަކީ، ކަނޑުތަކުގެ ރައްކާތެރިކަމަށް ކަނޑައަޅާފައިވާ އެސްޑީޖީގެ އަމާޒުތައް ހާސިލްކުރުމަށް، މަސައްކަތްކުރުމަށް ލިބޭނޭ ފުރުސަތެއް ކަމަށެވެ. އަދި ކެންޔާ އާއި ޕޯޗުގަލުން ގުޅިގެން އެ ބައްދަލުވުން އިންތިޒާމްކޮށްދޭތީ ޝާހިދު ވަނީ އެ ގައުމުތަކަށް ޝުކުރު އަދާކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު