ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހިނގާ ކަންކަން އިޝާރާތުގެ ބަހުރުވައިން ގެނެސްދެވޭތޯ މަސައްކަތް ކުރައްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، މަޖިލީހުން ކުރިއަށް ގެންދިޔަ "ޕްރެކްޓިސް ޕާލިއަމެންޓް ފޯ ޔޫތު" ޕްރޮގްރާމްގައި ބައިވެރިވި ކުދިންނާއެކު ބޭއްވެވި ބައްދަލުވުމެއްގައި ދަރިވަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެބައްދަލުވުމުގައި ބައިވެރިވި ގްރޭޑް 7 ގައި ކިޔަވާ އަޑު އިވުމުން މަހުރޫމްވެފައިވާ ނާއިޝް ނަމަކަށް ކިޔާ ދަރިވަރަކު އޭނާ ފަދަ އަޑުއިވުމުން މަހުރޫމްވެފައިވާ ޒުވާނުންނަށް މަޖިލީހުގެ މަސައްކަތްތައް ދެނެގަނެވޭނެ ގޮތެއް ވާނެތޯ މަޖިލީހުގެ ރައީސް އަރިހުގައި ވަނީ ސުވާލުކޮށްފައެވެ.



ނަާއިޝްގެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވަނީ އެކަން އެގޮތަށް ކުރިއަށް ނުދާތީ މައާފަށް އެދިވަޑައިގެންފައެވެ. އަދި އެމަސައްކަތް ކުރައްވަން ވަރަށް ބޮޑަށް މަސައްކަތްޕުޅު ކުރައްވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގައި ފަހަކަށް އައިސް ސަރުކާރުން ބާއްވާ ބޮޑެތި ޖަލްސާތަކާއި ބައްދަލުވުންތައް އިޝާރާތުގެ ބަހުރުވައިން ގެނެސްދެއެވެ. އަދި ހުކުރު ހުތުބާވެސް އިޝާރާތުގެ ބަހުރުވައިން އަންނަނީ ގެނެސްދެމުންނެވެ.



ކިޔުންތެރިންގެ ހިޔާލު