ނަސާރާ ދީނުގައި ފާހަގަކުރާ ކްރިސްމަސް ފާހަގަކުރުމުގައި އެއްވެސް ގޮތަކުން މުސްލިމަކު ބައިވެރިވުމަކީ ޝިރުކުގެ އަމަލެއްކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.
ޑރ. މުހައްމަދު އިޔާޒު މިހެން ވިދާޅުވެފައި މިވަނީ ކްރިސްމަސް ފާހަގަކުރުމުގެ ގޮތުން ބަހައްޓާ ކްރިމަސް ގަސްތައް ރާއްޖޭގެ ބައެއް ގެސްޓު ހައުސްތަކުގައި ބަހައްޓަމުންދާ ކަމުގެ ޝަކުވާ ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.
ޑރ. އިޔާޒު ވިދާޅުވީ ކްރިސްމަހަކީ ޢީސާ ޢަލައިހިއްސަލާމަކީ ﷲގެ ދަރިކަލެއްކަމަށާއި، އެއީ އިލާހެއްކަމަށް ބުނެ، އެކަލޭގެފާނުގެ އުފަންދުވަސް ފާހަގަކުރުމުގެ ގޮތުން ބަޔަކު ކުރާ ޝިރްކުގެ ޢަމަލެއްކަމަށެވެ. އަދި މިފަދަ ކަމެއްގައި އެއްވެސް ގޮތަކުން ބައިވެރިވުމަކީ ޝިރްކުގެ ޢަމަލެއްކަމަށްވެސް އިޔާޒު ވިދާޅުވިއެވެ.
އިޔާޒު ވިދާޅުވީ ޝިރްކު ކުރުމަކީ ހުރިހާ ހެޔޮ ޢަމަލުތަކެއް ފޮހެލާ ކަމެއްކަމަށެވެ. އަދި ޑޮލަރު ކޮޅެއްގެ ބޭނުމުގައި ދީން ވިއްކާ ނުލުމަށް އިޔާޒު ގޮވާލެއްވިއެވެ.
ކްރިމަސް ފާހަގަކުރުމުގައި އެއްވެސް ގޮތަކުން ބައިވެރިވުމަކީ ޝިރުކުގެ އަމަލެއްކަމަށް އިޔާޒު ވިދާޅުވެފައިވާއިރު އއ. އުކުޅަހުގައި ބެހެއްޓި ކްރިސްމަސް ގަހެއް ފުލުހުން ގޮސް ވަނީ ނަގާފައެވެ.
އުކުޅަހު ގެސްޓްހައުސެއްގައި ކްރިސްމަސް ގަހެއް ބެހެއްޓުމުން އެރަށުގެ ޢާއްމުން ވަނީ އެކަމާމެދު ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި އެހެންދީންތަކުގެ ޢީދުތައް ފާހަގަ ކުރުމަކީ ޤާނޫނީ ގޮތުން މަނާކަމެކެވެ. އޭގެ ތެރެއިން ގެސްޓްހައުސްތައްވެސް އިސްތިސްނާއެއް ނުވެއެވެ.
އެކަމާ ގުޅިގެން ފުލުހުން ބުނީ އުކުޅަހުގެ ގެސްޓްހައުސެއްގައި ކްރިސްމަސް ފާހަގަކުރަމުންދާކަމުގެ މައުލޫމާތެއް ލިބުމުން އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލާ، އެ ގެސްޓްހައުސްގައި ހުރި ކްރިސްމަސް ގަސް ފުލުހުން އެ ގެސްޓްހައުސްގެ ގުދަނަށް ވައްދާފައިވާ ކަމަށެވެ.
އުކުޅަހު ކައުންސިލުން ބުނީ އެ ގެސްޓްހައުސް ހިންގަމުށް ދަނީ ބޭރު މީހެއް ކަމުން އެކަން އޭނާއަށް ކުރެވުނީ ގާނޫނީ ގޮތުން މަނާ ކަމެެއްކަން އޭނާއަށް ނޭނގި ކަމަށެވެ.
މީގެ ކުރިން މާފުށީ ގެސްޓްހައުސެއްގައި ބަހައްޓާފައި ހުރި ކްރިސްމަސް ގަހެއްވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.

ޢީސާ ޢަލައިހިއްސަލާމް އަކީ ﷲގެ ދަރިކަލެއްކަމަށާއި، އެއީ އިލާހެއްކަމަށް ބުނެ، އެކަލޭގެފާނުގެ އުފަންދުވަސް ފާހަގަކުރުމުގެ ގޮތުން ބަޔަކު ކުރާ ޝިރްކުގެ ޢަމަލެއް ކްރިސްމަސް އަކީ. މިފަދަ ކަމެއްގައި އެއްވެސް ގޮތަކުން ބައިވެރިވުމަކީ ޝިރްކުގެ ޢަމަލެއް.
— Dr.Mohamed Iyaz (@dr_iyaz) December 8, 2021
ކްރިމަސް ފާހަގަކުރުމުގައި އެއްވެސް ގޮތަކުން ބައިވެރިވުމަކީ ޝިރުކުގެ އަމަލެއްކަމަށް އިޔާޒު ވިދާޅުވެފައިވާއިރު އއ. އުކުޅަހުގައި ބެހެއްޓި ކްރިސްމަސް ގަހެއް ފުލުހުން ގޮސް ވަނީ ނަގާފައެވެ.
އުކުޅަހު ގެސްޓްހައުސެއްގައި ކްރިސްމަސް ގަހެއް ބެހެއްޓުމުން އެރަށުގެ ޢާއްމުން ވަނީ އެކަމާމެދު ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި އެހެންދީންތަކުގެ ޢީދުތައް ފާހަގަ ކުރުމަކީ ޤާނޫނީ ގޮތުން މަނާކަމެކެވެ. އޭގެ ތެރެއިން ގެސްޓްހައުސްތައްވެސް އިސްތިސްނާއެއް ނުވެއެވެ.
އެކަމާ ގުޅިގެން ފުލުހުން ބުނީ އުކުޅަހުގެ ގެސްޓްހައުސެއްގައި ކްރިސްމަސް ފާހަގަކުރަމުންދާކަމުގެ މައުލޫމާތެއް ލިބުމުން އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލާ، އެ ގެސްޓްހައުސްގައި ހުރި ކްރިސްމަސް ގަސް ފުލުހުން އެ ގެސްޓްހައުސްގެ ގުދަނަށް ވައްދާފައިވާ ކަމަށެވެ.
އުކުޅަހު ކައުންސިލުން ބުނީ އެ ގެސްޓްހައުސް ހިންގަމުށް ދަނީ ބޭރު މީހެއް ކަމުން އެކަން އޭނާއަށް ކުރެވުނީ ގާނޫނީ ގޮތުން މަނާ ކަމެެއްކަން އޭނާއަށް ނޭނގި ކަމަށެވެ.
މީގެ ކުރިން މާފުށީ ގެސްޓްހައުސެއްގައި ބަހައްޓާފައި ހުރި ކްރިސްމަސް ގަހެއްވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު