ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިމާރާތްކުރަން ފެށި ވިނަރެސް ފްލެޓްތައް ދޭން މިހާރު ކަނޑައެޅިފައިވާ ފަރާތްތަކުގެ އިތުރުން، ބާކީވާ ފްލެޓްތައް ވިއްކާނީ މާލޭގެ ރައްޔިތުންނަށް އެކަނިކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ވިނަރެސް ފްލެޓްތައް ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވަނީ ހިޔާ ފްލެޓް ދޫކޮށްލި 76 ފަރާތަކާއި ގުޅީފަޅުން ފްލެޓް ދޫކޮށްލި 91 ފަރާތަކަށެވެ. މީގެއިތުރުން ސީލައިފުން ފްލެޓް ގަތުމަށް ފައިސާ ދެއްކި ފަރާތްތަކުގެ ތެރެއިން އެޗްޑީސީން އެ ފައިސާ ރީފަންޑު ކޮށްދީފައިވާ ފަރާތްތަކަށް، ވިނަރެސް މަޝްރޫއުގެ ތެރެއިން ފްލެޓް ގަތުމަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.
ހައުސިންގ މިނިސްޓްރީން ބުނީ ކަނޑައަޅާފައިވާ ފަރާތްތަކަށް ފްލެޓް ދިނުމުންވެސް، ބާކީ ގިނަ އަދަދެއްގެ ފްލެޓް ހުންނާނެކަމަށެވެ. އަދި ބާކީ ހުރި ފްލެޓްތައް ގަނެވޭނީ މާލޭގެ ރައްޔިތުންނަށް ކަމަށް ޕްލޭނިން މިނިސްޓްރު މުހައްމަދު އަސްލަމް ވަނީ މިދިޔަ ހަފްތާގައި އެޗްޑީސީއަށް އަންގާފައިކަމަށް މައުލޫމާތު ލިބިފައިވެއެވެ. ނަމަވެސް ފްލެޓްތައް ވިއްކަން ހުޅުވާލާ ތާރީހެއް އެޗްޑީސީން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
ވިނަރެސް މަޝްރޫއުގެ 54 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި އަންނަ އަހަރުގެ މެދު ތެރެއަށް މުޅި މަޝްރޫއު އެއްކޮށް ނިންމާލެވެނޭކަމަށް އެޗްޑީސީން ބުނެއެވެ.
އިންޖީނިއަރިން ކޮމްޕެނީން ހަދަމުންދާ ވިނަރެސް އެޕާޓްމަންޓްތަކުގައި 3 ކޮޓަރީގެ ތަންތަނުގެ ބޮޑުމިނަކީ 902 އާއި 883 އަކަފޫޓެވެ. ވިނަރެސް މަޝްރޫއުގައި 13 ބުރީގެ 10 ޓަވަރުގައި 1،344 ފްލެޓް ހިމެނޭއިރު އެ ހުރިހާ އެޕާޓްމެންޓެއްގައިވެސް ތިން ކޮޓަރިއާއި ތިން ފާހާނާ އަދި ބެލްކަންޏެއް ހިމެނެއެވެ.
ވިނަރެސް ފްލެޓްތަކުގައި ހިމެނޭ މެރީނާ ވިއު ފްލެޓްތަކުގައި ހިމެނެނީ 172 އެޕާޓްމަންޓެވެ. މި ޔުނިޓްތަކުގެ އަގު އުޅެނީ 2.7 މިލިއަން ރުފިޔާއާ 2.6 މިލިއަން ރުފިޔާއާ ދެމެދުގައެވެ. އައުޓާ ވިއުގައި 372 އެޕާޓްމެންޓް ހިމެނޭއިރު އެތަންތަނުގެ އަގަކީ 2.7 މިލިއަން ރުފިޔާއާ 2.6 މިލިއަން ރުފިޔާއާ ދެމެދުގެ އަގުތަކެކެވެ. އިނާ ވިއުގައި ހިމެނެނީ 352 އެޕާޓްމަންޓެވެ. މި ޔުނިޓްތަކުގެ އަގު އުޅެނީ 2.6 މިލިއަން ރުފިޔާގައެވެ. މީގެއިތުރުން ސްޓޭންޑާޑް ވިއުގައި 448 އެޕާޓްމެންޓް ހިމެނޭއިރު މި ޔުނިޓްތައް ވިއްކާ އަގަކީ 2.5 މިލިއަން ރުފިޔާއެވެ.

ކިޔުންތެރިންގެ ހިޔާލު