ބިދޭސީން ގަވާއިދާއި ޚިލާފަށް ވިޔަފާރިކުރުން ހުއްޓުވުމަށް، އެފަދަ ކަންކަން މޮނިޓަރކުރުން ހަރުދަނާކުރަންޖެހޭ ކަަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް މިހެން ވިދާޅުވެފައި މިވަނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނަށް ސަރުކާރުގެ ފަރާތުން މުހިއްމު އިސްލާހުތަކެއް ގެނެސް ތަންފީޒުކުރަން ފަށާފައިވާ ދަނޑިވަޅެއްގައެވެ.
މި ގާނޫނުގެ ދަށުން ގެނެސްފައިވާ އެންމެ ބޮޑު އިސްލާހަކީ ދިވެހިން ނިވައިފަތްގަނޑަކަށް ހަދައިގެން ބިދޭސީން ވިޔަފާރިކުރުން ހުއްޓުވުމެވެ.
ގާނޫނަށް ގެނައި އެއިސްލާހާއި ގުޅޭގޮތުން މީޑިއާގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ ގާނޫނަށް ބަދަލު ގެނަޔަސް ބިދޭސީން އޮޅުވާލައިގެން ކުރާ ވިޔަފާރިތައް ހުއްޓުވުމަކީ ފަސޭހަކަމެއް ނޫންކަމަށެވެ. އަދި އެފަދަ މައްސަލަތަކަކީ ލޮލުން ފެނުނަސް ސާބިތު ކުރަން އުނދަގޫ މައްސަލަތައްކަމަށް ފައްޔާޒު ވިދާޅުވިއެވެ. އެހެންކަމުން އެކަމަށްޓަކައި ގަވާއިދެއް ހަދަމުންދާކަން ފައްޔާޒު ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ފައްޔާޒު ވިދާޅުވީ ގާނޫނާ ހިލާފަށް ބިދޭސީއަކު ވިޔަފާރިކުރާނަމަ، އެ ފަދަ ވިޔަފާރިތައް ކުރާ ތަންތަނަށް ވަދެ، ފިޔަވަޅު އަޅާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ތަސްދީޤުކުރެއްވީ މިދިޔަ ހޯމަދުވަހުއެވެ.
މި ބިލަކީ 2021 ނޮވެންބަރު 29 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 44 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.
މި އިޞްލާޙުގައި ޤާނޫނުގެ 8 ވަނަ މާއްދާގެ (ށ)ގައި، މި ޤާނޫނުގެ ދަށުން އަމިއްލަ ވިޔަފާރިއެއް ރެޖިސްޓްރީކުރެވޭނެ މުއްދަތުކަމަށް ބަޔާންކޮށްފައިވާ 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތު މި އިޞްލާޙުގައި 10 (ދިހައެއް) އަހަރަށް ބަދަލުކޮށްފައިވެއެވެ. އަދި އަމިއްލަ ވިޔަފާރިއެއްގެ ރަޖިސްޓްރީ އައު ކުރުމަށް ޤާނޫނުގައި ދީފައިވާ މުއްދަތު 90 (ނުވަދިހަ) ދުވަހުން، 1 (އެކެއް) އަހަރު ދުވަހަށް އިތުރުކޮށްފައިވެއެވެ.
މި ޤާނޫނަށް ގެނެވުނު އިސްލާޙުގައި، ސީދާގޮތުން ނުވަތަ ނުސީދާގޮތުން ބިދޭސީ ފަރާތަކަށް ވިޔަފާރީގެ މަންފާ ލިބިދިނުމަށްޓަކައި ވިޔަފާރިއެއް ހިންގުމަކީ، މި ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްދީފައިވާ އަމިއްލަ ވިޔަފާރިއެއްގެ ރަޖިސްޓްރީ ބާޠިލުކުރެވިދާނެ ޙާލަތެއްކަމަށް ބަޔާންކޮށްފައިވެއެވެ.
އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލުގައި ބަޔާންކޮށްފައިވާ އިޞްލާޙުތަކާ ގުޅިގެން އެކުލަވާލަންޖެހޭ ގަވާއިދުތަކާއި އިޞްލާޙުކުރަންޖެހޭ ގަވާއިދުތައް، މި މިބިލު ޤާނޫނަކަށްވެ ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު