އިސްލާމީ ހަޟާރާތުގެ ކުރި ބޯށިތައް ގާއިމްވަނީ ރާއްޖޭގެ ރަށްތަކުގައި ބިނާކުރާ މިސްކިތުގެ އަދަދުންތޯއޭ، ވިދާޅުވެ ގަމު ދާއިރާގެ މެމްބަރު މުހަންމަދު ވިސާމް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހަންމަދު ޝަހީމާއި ސުވާލު ކުރައްވައިފިއެވެ.

އެމްޑީޕީއަށް ތާއީދުކުރާ މީޑިއާގެ ވަސީލަތްތަކުގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް ފަހު އެމްޑީޕީގެ ޓިކެޓްގައި މަޖިލީހަށް ނުކުންނެވި ވިސާމް ރާއްޖެއާއި އިސްލާމީ ދުނިޔޭގައި ވެސް ފާހަގަ ކޮށްލެވޭ ދީނީ ޢިލްމުވެރިޔާ ޑރ. ޝަހީމަށް މިފަދައިން ފާޑުވިދާޅުވީ ރައީސް ޔާމިންގެ ވެރިކަމުގެ ފަސް އަހަރަކީ އިސްލާމީ ހަޟާރާތުގެ ކުރިބޯށިތައް ގާއިމުވެގެންދިޔަ ފަސް އަހަރު ކަމަށް ޝަހީމް ވިދާޅުވުމާއި ގުޅިގެންނެވެ. ޑރ. ޝަހީމް އެފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައި ވަނީ ސަލްމާން މިސްކިތާއި ދިވެހި ރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީއާއި ރާއްޖޭގެ ރަށެއްގައި ޔާމިންގެ ސަރުކާރުން ބިނާކުރި މިސްކިތެެއްގެ ފޮޓޯ ޝޯޝަލް މީޑިޔާގައި ހިއްސާކުރެއްވުމަށްފަހުއެވެެ.

އެކަމާ ގުޅިގެން ގަމު ދާއިރާގެ މެމްބަރު މުހަންމަދު ވިސާމް ވަނީ އިސްލާމީ ހަޟާރާތުގެ ކުރި ބޯށިތައް ގާއިމްވަނީ ރާއްޖޭގެ ރަށްތަކުގައި ބިނާކުރާ މިސްކިތުގެ އަދަދުންތޯ ސުވާލު ކުރައްވާފައެވެ. ވިސާމް ވިދާޅުވީ ރާއްޖޭގައި އެންމެ ފުރަތަމަ އިސްލާމިކް މިނިސްޓްރީ އެއް އުފެއްދީ އެމްޑީޕީގެ ސަރުކާރުގައި ކަމަށެވެ.

"ރައީސް ސޯލިހްގެ ވެރިކަމުގައި މިހާރުވެސް 12 މިސްކިތުގެ މަސައްކަތް އެބަ ހިނގާ." ރައީސް ސޯލިހްގެ ވެރިކަމުގައި ވެސް އިސްލާމީ ހަޟާރަތު ކުރިއަރުވައި ދީނީ ކަންކަމަށް ސަމާލުކަން ދޭކަން ހާމަކުރައްވަމުން ވިސާމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު